ރާއްޖޭގެ އެންމެ ފުޅާދާއިރާއެއްގައި ވިޔަފާރިކުރާ ރެޑްވޭވުން ހުޅުމާލެއަށް ޑެލިވަރީ ހިދުމަތް މިއަދު ފަށައިފިއެވެ.

ރެޑްވޭވުން ބުނީ، މިއީ ކޮވިޑް-19 އާ ގުޅިގެން ކަސްޓަމަރުން ގޭގައި ތިބުމަށް އިތުރަށް ބާރު އެޅުމުގެ ގޮތުން ފެށި ކަމެއް ކަމަށެވެ. ރެޑްވޭވްގެ މި ހިދުމަތާއެކު އާއްމު ދިރިއުޅުމަށް ބޭނުން ކުރާ ހުރިހާ އެއްޗަކަށްވެސް އޯޑަރު ދިނުމުގެ މަގު މި ވަނީ ފަހިވެގެން ގޮސްފައެވެ.

އެ ކުންފުނީގެ ހުޅުމާލެ ފިހާރަތަކުން ކޮންމެ ދުވަހަކު ހެނދުނު 9:00 އިން ރޭގަނޑު 10:00 އަށް ޑެލިވަރީ ހިދުމަތް ދެމުން ގެންދާނެ އެވެ.

އެ ކުންފުނިން ބުނާގޮތުގައި، 100 ރުފިޔާއަށްވުރެ މަތިން ކުރާ ކޮންމެ އޯޑަރެއް ގެއާއި ހަމައަށް ގެންގޮސްދޭނެއެވެ. އަދި ނަގުދުކޮށް ފައިސާ ދައްކައިިގެންނާއި، ބީއެމްއެލް ކާޑު މެދުވެރިކޮށްވެސް ގަތް ތަކެއްޗަށް ފައިސާ ދެއްކޭނެއެވެ.

ރެޑްވޭވްގެ ޑެލިވަރީ ހިދުމަތް ހޯދުމަށް ޖެހޭނީ 9165326 އަށް ވައިބާ ކުރާށެވެ.

ރެޑްވޭވުން ދަނީ ކަސްޓަމަރުންނަށް ފަސޭހަކޮށް ހިދުމަތް ދިނުމަށްޓަކައި މާލޭގައިވެސް ޑެލިވަރީ ހިދުމަތްތައް ފެށުމަށް ރާވަމުންނެވެ. އަދި ވަރަށް އަވަހަށް ރެޑްވޭވްގެ ވެބްސައިޓް ލޯންޗް ކުރުމަށްވެސް ވަނީ ނިންމާފައެވެ.

"އަޅުގަނޑުމެން ތިބޭފުޅުންނަށްޓާކައި ޑެލިވަރީ ކުރުމަށް މަގުތަކަށް ނުކުންނައިރު، ތިބޭފުޅުން އަޅުގަނޑުމެންނަށްޓަކައި ގޭތެރޭގައި ތިއްބަވާށެވެ". ސަރުކާރުގެ ގިނަ ވުޒާރާތަކެކޭ އެއްފަދައިން ރެޑްވޭވުގެވެސް އިލްތިމާސްއަކީ މިއީއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އ

    މާލެގެ ގެތަކަށް ވެސް ޑެލިވަރީ ކޮށްދެއްވާ...

    1
    1
  2. މަރީ

    ވެބްސައިޓްތަކަށްވުރެ ވައިބާ މެދުވެރިކޮށް މާފަސޭހަ.