މަޝްހޫރު އެތައް ބްރޭންޑެއްގެ ފޯނާއި އަދި އެކްސަސަރީސް ވިއްކަމުން އަންނަ ސެލްޒޯންއިން އެކުންފުނީގެ 4 ވަނަ އައުޓްލެޓް ހުޅުވައިފިއެވެ.

އެ އެކުންފުނީގެ 4 ވަނަ އައުޓްލެޓް މައްޗަންގޮޅީ ދިލްބަހާރު މަގުގައި ހުންނަ ރާގުންޑާ ގޭގެ އެއްވަނަ ފަންގިފިލާގައެވެ.

މި އިމާރާތުގައި ސެލްޒޯންގެ އިތުރުން މަޝްހޫރު އިހުސާން ފިހާރަ 3 ވެސް ހިންގައެވެ.

ސެލްޒޯންގެ މިފިހާރައިން މަޝްހޫރު އެކި ބްރޭންޑްތަކުގެ ފޯނާއި އެކްސަސަރީސް ލިބެން ހުންނާނެއެވެ. އަދި އެހެނިހެން އިލެކްޓްރޯނިކްސް ސާމާނުވެސް ލިބެން ހުންނާނެއެވެ.

އަދި މީގެ އިތުރުން މި ފިހާރައިން ފޯނާއި ޓެބްލެޓް ފަދަ ތަކެތި މަރާމާތު ކުރުމުގެ ހިދުމަތް ދެމުން ގެންދާނެއެވެ.

ސެލްޒޯންގެ އިން ބުނީ، ސެލްޒޯންގެ އެހެން ފިހާރަތަކެކޭ އެއްފަދައިން މި ފިހާރައިން ވެސް ސެލްޒޯންގެ ޑެލިވަރީ ހިދުމަތް ލިބޭނެ ކަމަށެވެ. އަދި މިއީ މިދުވަސްކޮޅު ކަސްޓަމަރުން ގޭގައި ތިބެގެން އޯޑަރުކޮށް މުދާ ލިބިގަތުމަށް ލިބިދޭ ފަސޭހައެއް ކަމަށް ސެލްޒޯނުން ބުންޏެވެ.

އަދި މީގެ އިތުރުން ސެލްޒޯން އިން ބުނިގޮތުގައި، "ވައިބަރ ވީޑިއޯ ކޯލް" އިން ގުޅައިގެން ކަސްޓަމަރުންނަށް ބޭނުންވާ ތަކެތި އޯޑަރު ކުރެވޭނެއެވެ. ސެލްޒޯނުގެ ވައިބަރ ނަންބަރަކީ 7779763 އެވެ.

ސެލްޒޯނުން ވިއްކާ ފޯނާއި އެކްސަސަރީސް މޯލްޑިވްސް އިސްލާމިކް ބޭންކް، ބީއެމްއެލް އިސްލާމިކް އަދި މޯލްޑިވްސް ފައިނޭންސް ލީސިންގ ކޮމްޕެނީ (އެމް.އެފް.އެލް.ސީ)ގެ ސްކީމްތައް މެދުވެރިކޮށް ނެގޭނެއެެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޢައިބާ

    ބޮޑެތި ވިޔަފާރިތަކާއި ތަންތަން ބަންދުކުރަމުންދާއިރު މިމީހުން ހަމަ ހަބޭސް ، ބާރަށް ކުރިއަށްދަނީ

    4
    2