ރާއްޖޭގައި ފުޅާ ދާއިރާއެއްގައި އޮންލައިން ވިޔަފާރިކުރާ "ލިބޭ" އިން ރާއްޖެއަށް ތަޢާރަފްކޮށް ވިއްކަމުންދާ "ލޭންސްލޭ" ބްރޭންޑުގެ ބަނޑު ހިންދުމަށް ޚާއްސަ "ސްލިމިންގް ކޮފީ"، އިހްސާން ފިހާރައިގައި ވިއްކަން ފަށައިފިއެވެ.

އެގޮތުން، އިހްސާން ފިހާރަ 1 (މާފަންނު އިޙުސާން ފިހާރަ)، އިހުސާން ފިހާރަ 2 (ގަލޮޅު އިހުސާން ފިހާރަ) އަދި އިހުސާން ފިހާރަ 3 (މައްޗަންގޮޅި އިހުސާން ފިހާރަ) އިން، ބަނޑު ހިންދާ ކޮފީ މިހާރު ލިބޭނެއެވެ.

"ލިބޭ" އިން ރާއްޖޭގެ އެކި ރަށްތަކުގައި މި ކޮފީ ވިއްކަން ފަށާފައިވާއިރު، ގިނަ އަދަދެއްގެ ދިވެހިންގެ މެދުގައި ލޭންސްލޭ ކޮފީ ވަނީ މަދު ދުވަސްކޮޅެއްގެ ތެރޭގައި މަޤުބޫލުކަން ހޯދާފައެވެ. މި ކޮފީއަކީ ބަނޑު ހިންދުމުގެ އިތުރުން ބައްޓަން ރީތިކޮށް ޒުވާންކަން ދެމެހެއްޓުމަށް އެހީވެދޭ ކޮފީއެކެވެ.

"ލޭންސްލޭ - ސްލިމިންގް ކޮފީ" އަކީ ބަނޑު ހިންދާލައި ޒުވާންކަން ދެމެހެއްޓުމުގެ އިތުރުންވެސް އިތުރު އެތައް ބޭނުމެއް ހިފޭގޮތަށް ތައްޔާރުކޮށްފައިވާ އިތުބާރުހުރި ކޮފީއެކެވެ. އެގޮތުން މީހާ އިތުރަށް "ފިޓް" ކޮށްލާ ހަށިގަނޑުގައި ހަކަތަ އިތުރު ކޮށްދިނުމުގައިވެސް މި ކޮފީގައި ހިމެނޭ ބައިތައް މުޙިންމު ރޯލެއް އަދާކުރެއެވެ.

ބަނޑު ހިންދާ ކޮފީގެ ޚާއްޞަ ޕްރޮމޯޝަނެއް މިހާރު ފަށާފައިވާއިރު، މި ފިހާރަތަކުން ކޮފީ ބައްލަައިގަންނަ ފަރާތްތަކަށްވެސް އެ ޕްރޮމޯޝަންގައި ބައިވެރި ވެވޭނެއެވެ.

މިމަހުގެ 15 ވަނަ ދުވަހުން ފެށިގެން ހަތަރު މަސް ދުވަހުގެ މުއްދަތަށް ކުރިޔަށްގެންދާ މި ޕްރޮމޯޝަންގެ ދަށުން، ލޭންސްލޭ ސްލިމިންގް ކޮފީ ޕެކެއް ގަނެގެން އެއްލައްކަ ރުފިޔާގެ ފައިސާގެ އިނާމެއްގެ އިތުރުން ދެވަނައަށްދާ ފަރާތަކަށް އުމްރާ ދަތުރެއް އަދި ތިންވަނައަށްދާ ފަރާތަކަށް އައިފޯން 11 ޕްރޯ މެކްސް އެއް ހޯދުނުގެ ފުރުސަތު ލިބެއެވެ.

ގޭތެރެއަށް ބޭނުންވާ ގިނަ އަދަދެއްގެ ސާމާނާއި، ކާބޯތަކެތީގެ ސާމާނު ލިބެން ހުންނަ "އިހުސާން ފިހާރައިން" ޑެލިވަރީގެ ޚިދުމަތްވެސް މިހާރު ދެއެެވެ.

އިހުސާން ފިހާރައިން މިގޮތަށް ނިންމާފައި މިވަނީ، ރާއްޖެއިން ކޮވިޑް 19 ފެނުމާއި ގުޅިގެން މީހުން ގިނައިން އެއްވެ އުޅެ، ތަންތަނަށް އެއް ނުވުމަށް އެޗްޕީއޭއިން އިލްތިމާސްކޮށްފައި ވާތީ ކަސްޓަމަރުންނަށް ގޭގައި ތިބެގެން ފަސޭހަ ކަމާއި އެކު ބޭނުންވާ ސާމާނު ލިބޭނެ މަގު ފަހިކޮށްދިނުމަށެވެ.

މިވަގުތު ޑެލިވަރީގެ ޚިދުމަތް ދެނީ މާރޗް 31 ގެ ނިޔަލަށް ކަމަށްވީނަމަވެސް އެ މުއްދަތު އިތުރުކުރަން ޖެހިއްޖެ ހާލަތެއްގައި އެކަން ކުރާނެ ކަމަށް އިހުސާން ފިހާރައިން ބުނެފައިވެއެވެ.

އިހުސާން ފިހާރައިން ޑެލިވަރީ ކުރާނީ ކޮންމެ ދުވަހެއްގެ ވެސް ހެނދުނު 09:00 އިން ރޭގނަޑު 10:00 އަށެވެ.

7291003 މި ނަމްބަރަށް ބެނުންވާ ތަކެތީގެ ލިސްޓާއި، ގޭގެ އެޑްރެސް ޖެހުމަށް ފަހު ވަރިއިބަރ ކުރުމުން ޑެލިވަރީ އަށް އޯޑަރ ކުރެވުނީއެވެ. އެހެންކަމުން، ގޭގައި ތިބެގެން މި ކޮފީ ބައްލަވައިގަންނަ ފަރާތްތަކަށްވެސް، އިޙުސާން ފިހާރަ މެދުވެރިކޮށް، މި ކޮފީ މިހާރު ފޯރުކޮށްދޭނެ އެވެ.

އިހުސާން ފިހާރައިން ޑެލިވަރީ ކުރާތަކެއްޗަށް ކޭޝް މެދުވެރިކޮށާއި، އޮންލައިން ޓްރާންސްފަރ މެދުވެރިކޮށް އަދި ކާާޑު މެދުވެރިކޮށް ވެސް ފައިސާ ދެއްކޭނެ މަގު އެ ފިހާރައިން ވަނީ ފަހިކޮށްދީފައެވެ.

އިހުސާން ފިހާރައިގެ އައުޓްލެޓްތަކުން ކާބޯތަކެތީގެ ބާވަތްތަކުގެ އިތުރުން، ގޭތެރޭގައި ބޭނުން ކުރާ އެކި ބާވަތުގެ ސާމާނު ލިބެން ހުރެއެވެ. އަދި ހިފާ ގެންގުޅޭ ސާމާނުގެ އިތުރުން ކުޑަކުދިން ކުޅެން ބޭނުން ކުރާ ތަފާތު އެކި ބާވަތުގެ ކުޅޭ އެއްޗެއްސާއި، އުނގެނުމަށް ބޭނުން ކުރެވޭނެ ތަފާތު އެއްޗެހި ވެެސް އެތަނުން ލިބެއެވެ.

މީގެ އިތުރުން ކާބޯތަކެތީގެ ގިނަ ބާވަތްތަކާއި، ތާޒާ ތަރުކާރީ އާއި މޭވާގެ ބާވަތްތަކާއި، މަހުގެ ބާވަތްތައް ފާހަގަކޮށްލެވެއެވެ. އޭގެ ތެރޭގައި ގަނޑުކުރި ކުކުޅާއި މަހުގެ ބާވަތްތަކުގެ އިތުރުންވެސް ދިވެހިން އާއްމުކޮށް ބޭނުންކޮށް އުޅޭ ކާނާގެ އެކި ބާވަތްތައްވެސް އެތަނުން ލިބެއެވެ.