"ޑްރީމްސް ޕިއްޒާ"އަކީ ރާއްޖޭގައި ޕިއްޒާގެ ޚިދުމަތްދޭ ތަންތަނުގެ ތެރެއިން، އެންމެ އަވަހަށް އެންމެ ތާޒާކަމާ އެކު އެންމެ މީރު ޕިއްޒާ ފޯރުކޮށްދޭ އެއް ތަނެވެ. ކުޑަ ދުވަސްކޮޅުގެ ތެރޭގައި ވެސް ޑްރީމްސް ޕިއްޒާއިން ވަނީ އާއްމުންގެ އިތުބާރާއި ލޯބި ހޯދައިފައެވެ.

އެހެންނަމަވެސް ކޮވިޑް-19 ގެ ހާލަތާ ގުޅިގެން، "ޑްރީމްސް ޕިއްޒާ"އިން މީގެ ތިން ދުވަސް ކުރިން "ޑްރީމްސް ޕިއްޒާ"ގެ ޚިދުމަތް ވަގުތީ ގޮތުން މަޑު ޖައްސާލުން ވެގެން ދިޔައީ، "ޑްރީމްސް ޕިއްޒާގެ" ކަސްޓަމަރުން ވަރަށް ބޮޑަށް މާޔޫސް ކުރުވި ކަމަކަށެވެ.

މި ދަނޑިވަޅަކީ ގޭގައި ތިބުމަށް ކަމާބެހޭ ފަރާތްތަކުން އިލްތިމާސް ކޮށްފައިވާވުމުންނާއި އަދި ކެއިން ބުއިމުގެ ޚިދުމަތްދޭ ތަންތަނުގައި ތިބެގެން ކެއުމާއި ބުއިން މަނާކޮށްފައިވާވުމުން ކަސްޓަމަރުންގެ އެދުމުގެ މަތިން މިއަދުން ފެށިގެން "ޑްރީމްސް ޕިއްޒާގެ" ޚިދުމަތް ދޭން އަނެއްކާ މިވަނީ ނިންމައިފައެވެ.

އެހެންކަމުން ކުރިއެކޭވެސް އެއްގޮތަށް، ޕިއްޒާ ގަންނަން ބޭނުންވާ މީހުން 7211717 ގުޅާ އޯޑަރު ކުރަމުން ގެންދަންވީއެވެ. އެކަމަކު "ޑްރީމްސް ޕިއްޒާ" މީރުވެގެން އުޅޭ މީހުންނަށް ލިބޭ ހަމައެކަނި އުފާވެރި ޚަބަރަކީ މިއީއެއް ނޫނެވެ.

"ޑްރީމްސް ޕިއްޒާ"ގެ އިތުރުން "ޑްރީމްސް ޑައިނާ" އިން ލިބެން ހުންނަ ހުރިހާ ކާނާގެ ބާވަތްތަކެއް ޑެލިވާކޮށް ދިނުމަށް ނިންމާފައިވުމަކީ ފާހަގަކޮށްލެވޭ އިތުރު ކަމެކެވެ. އޭގެ ތެރޭގައި ފިޝް އެންޑް ޗިޕްސް، ފްރައިޑް ރައިސް އަދި ސްޕެގެޓީ ފަދަ ތަފާތު ރަހަ ހުންނަ، މީރު ކާނާގެ ބާވަތްތައް ހިމެނެއެވެ.

ދެންވެސް އޮތީ ހަމަ ކަސްޓަމަރުންނަށް އުފާވެރި ޚަބަރެކެވެ.

މީގެ ކުރިން، ޑްރީމްސް ޕިއްޒާގެ ޚިދުމަތް މެދުކަނޑާލާފައި މިވަނީ، ޑްރީމްސް ޕިއްޒާއިން ކަސްޓަމަރުންނަށް ހާއްސަ ޕްރޮމޯޝަނެއް ވެސް ފަށާފައިވާ ދުވަސްވަރެއްގައެވެ. ޕިއްޒާ އެއް ގަނެލައިގެން 30،000ރ. ފައިސާގެ އިނާމެއް ލިބޭ މި ޕްރޮމޯޝަން އަނެއްކާ ވެސް ކުރިއަށް ގެންދަން "ޑްރީމްސް ޕިއްޒާއިން" ވަނީ ނިންމާފައެވެ. އެހެންކަމުން ކަސްޓަމަރުން ގަންނަ ކޮންމެ ޕިއްޒާ އާއެކު ކަސްޓަމަރަށް ކުރިއެކޭ ވެސް އެއްގޮތަށް ކޫޕަނެއް ލިބޭއެވެ.

މި ޕްރޮމޯޝަންގެ ގުރުއަތު ނެގުން މޭއި މަހުގެ ތެރޭގައި އޮންނާނެއެވެެ. ޑްރީމްސް ޕިއްޒާގެ އެންމެ ޚާއްސަ އެއް ކަމަކީ، އެ ކުންފުނިން ކަސްޓަމަރުންނާއި ބާއްވާ ޚާއްސަ ގާތްކަމެވެ. އެގޮތުން ކައިރި ކައިރީގައި ޚާއްސަ އިނާމްތައް ހިމެނޭ ޕްރޮމޯޝަންތައް މިވީ ކުޑަ ދުވަސްކޮޅުގެ ތެރޭގައި ވެސް އެ ކުންފުނިން ވަނީ ހިންގައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ރައްޔަތު މީހާ

    ކާއެއްޗެހިވިއްކެ އެހެންކަންކަން ކުރެވޭ.. ޖަލްސާ ބޭއްވޭ.. ވިޔަފާރި ކުރެވޭ.. ރިސޯޓު ހިންގޭ.. ފޮލިޓިކަލް ކަންކަން ކުރެވެ

    އަހަރުމެން މިސްކިތައް ދިއުން މަނަލީ<

    ކޮރޯނާ ނުޖެހޭ ތަ މިކަންކަމަށް ބައްދަލުވުން ބޭއްވީމަ..؟

    ﷲ ގެ ގެކޮޅަށް ގޮސް ދުއާ ކުރީމަ ނަމާދު ކުރީމަ ހުކުރު ކުރީމަ ނޫންތަ ސަލާމަތްކަން އޮތީ..؟

    އަސްބާބު ތަކުގައި ހިފައި ތާހިރުވެ، މާސްކު އަޅައިގެން ހަމަ އެންމެން ނަމާދު ކޮށް ދުޢާކުރަން ވީނޫންތަ؟

    އެކަމަކު މިމީހުން މިބަލަނީ އެހެންގޮތްގޮތުން ސަލާމަތް ކަން ހޯދަން.. މިފަދަ ވަބާއެއް ކުރިމަތި ވީމަ ވެސް އިސްލާހެއް ނުވީ..؟

    13
  2. ލ.

    ރާއްޖެތެރެ އަށް ވެސް ކޮށް ދޭނަމަ!

    3
    1
    • ސަަތޭކަ އެކާވީސް

      އަހަރެމެން އުޅެނީ އަތޮޅުތެރޭގައި. ތިބޭފުޅާ އަދިވެސް ތިއުޅެނީ ރާއްޖެ ތެރޭގައި އުތާ.

      1
      3
  3. ޑްރީމްސް

    މިތަނުގެ ވަޅޯމަހުގެ ޕިއްޒާ ހަމަ ހަބޭސް އަދި ނުކަން އެވަރެއް ހަމަ ހަބޭސް

  4. ޙާހާ

    ކައިޒީންތަ އަންނަނީ ޑެލިވަރީ ހިފައިގެން؟