ރާއްޖެއިން ބޭރުން، ރާއްޖޭގެ މައި ވައިގެ ބަނދަރުކަމަށްވާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ކުރާ ދަތުރުތައްް ވަަރަށް ބޮޑުތަނުން މަދުވެއްޖެއެވެ.

ކޮވިޑް-19 މިހާރު މުޅި ދުނިޔޭގައި ފެތުރި، އެ ބަލީގެ ސަބަބުން ގިނަ އެއާލައިންތަކުގެ ދަތުރުތައް ވަނީ މެދުކަނޑާލާފައެވެ. އެކަމުގެ ސަބަބުން ފަތުރުވެރިކަމާށް ބަރޯސާ ވެފައިވާ ރާއްޖެއަށްވެސް ދަނީ ބޮޑެތި ގެއްލުންތަކެއް ވަމުންނެވެ.

ރާއްޖެއަށް އަންނަ ފަތުރުވެރިން ދުވަހެއް ދުވަހަކަށް ދަނީ ދަށެވެ. އެގޮތުން މިދިޔަ ހުކުރު ދުވަހު ރާއްޖެ އައިސްފައި ވަނީ 324 ފަތުުރުވެރިންނެވެ. މިދި ހޮނިހިރު ދުވަހު ރާއްޖެ އައިސްފައި ވަނީ 204 ފަތުރުވެރިންނެވެ.

ކޮވިޑް-19 ރާއްޖެއިން ފެނުމުގެ ކުރިން ދުވާލަކަށް ރާއްޖެއަށް 5000 ފަތުރުވެރިން އާދެއެވެ. ކޮވިޑް-19 ފެތުރެން ފެށިފަހުން، އެ އަދަދު 1600 އަށްވެސް އެރިއެވެ.

އެމްއޭސީއެލްގެ އޮފިޝަލަލު މިއަދު ވިދާޅުވީ، އެ އެއާޕޯޓް އެންމެ ބާރު ބޮޑު ދުވަހަކީ އާދީއްތަ އާއި ބުރާސްފަތި ދުވަސް ކަމަށެވެ. އަދި އިއްޔެ ދުނިޔޭގެ އެކި ގައުމުތަކުން ރާއްޖެ އަށް އަންނާނެ ކަމަށް 43 ފްލައިޓެއް ޝެޑިއުލް ކުރިއިރު، އޭގެ ތެރެއިން 27 ފްލައިޓް ކެންސަލް ވެފައިވާކަމަށް އޮފިޝަލް ވިދާޅުވިއެވެ.

އިއްޔެ ރާއްޖެއިން ބޭރުން ވެލާނާ އެއާޕޯޓަށް އޮޕަރޭޓްކޮށްފައި ވަނީ 16 ފްލައިޓެވެ.

ރާއްޖޭގެ އެތެރޭގެ އުދުހުންތަކާއި ގުޅޭގޮތުން މައުލޫމާތުދެމުން އޮފިޝަލް ވިދާޅުވީ، އިއްޔެ ކޮށްފައި ވަނީ 25 ޑޮމެސްޓިކް ދަތުރު ކަމަށެވެ.

ކޮވިޑް-19 އާ ގުޅިގެން އެމްއޭސީއެލް އިންވެސް ދަނީ ހަރުދަނާ ފިޔަވަޅުތަކެއް އަޅަމުންނެވެ. އެގޮތުން އެއާޕޯޓް ޑިސްއިންފެކްޓް ކުރުމުގެ މަސައްކަތްތައް މިހާރު ދަނީ ކުރަމުންނެވެ.

ރާއްޖެއިން ކޮވިޑް-19ގެ 13 ކޭސްއެއް ފެނިފައިވާއިރު، އޭގެ ތެރެއިން ތިން މީހަކު މިހާރު ވަނީ ރަނގަޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ހަންނާން

    މުޅި ޔޫރަޕުން އެއޮތީ ހުރިހާ ފުލައިޓަކަށް ދަތުރުނުކުރެވޭގޮތަށް ބަނދުކޮށްފަ، މެދުއިރުމަތީގެ ހުރިހާ ޤައުމެއްގައިވެސް ދަތުރުކުރުން މަނާކޮށްފަ، އޭޝިޔާގެވެސް ހުރިހާ ޤައުމެއް، ސުވާލުކުރާ މީހަކު އަހާލަދީބަލަ އިންޑިޔާއިން ކީއްކުރަންގެންނަ 300 މީހުންނެއްހޭ ކޮންމެ ދުވަހަކު. ރާއްޖޭގެ ކޮންތާކަށްހޭ އެމީހުން ތިގެންދަނީ، އެސްކާޝަންތަކާއި ހުރިހާ ހަރަކާތެއް ރާއްޖޭގަ މަނާކޮށްފަ އޮތް އިރު. އިންޑިޔާއިން 16 ފުލައިޓުގަ ކޮންމެ ދުވަހަކު ކޮންބައެއްހޭ ތިގެންނަނީ. ކިހާ ދެރަކަމެއްދެން މިއޮތީ ޖެހިފަ.

    16
  2. ރައްޔަތު މީހާ

    ގައުމަށް ވައިރަސް ވެއްދުމަށް ޖެހިލުމެް ނުވޭ.. މިހާތަނަށް ވައިރަސް ޖެހުނީވެސް މި ފައިސާވެރިންނަށް ލާހި ހޯދަ ދޭންވެގެން އެއަރޕޯޓު ބަންދު ނުކުރީމަ.. ރިސޯޓު ހިންގޭ.. ޗަންޕާ ފަގީރުވެދާނެތީ.. ޔުނިވަރސަލް ބަނޑައްޖެހިދާނެތީ.. ރިސޯޓު ބަންދުކުރެވެންނެތް...

    ހިތްވަރު ކޮށްފަ ގޭގަ ތިބޭ އަހަރުމެން ވިޔަފާރި ކުރާނަން "ރިސޯޓު އޯނަރުން" ބުނާ ކަހަލަ.. އަލީވަހީދުގެ އަގައިން..

    އަހަރުމެން މިސްކިތައް ދިއުން މަނަލީ?

    ކޮރޯނާ ނުޖެހޭ ތަ މިކަންކަމަށް ބައްދަލުވުން ބޭއްވީމަ..؟

    ﷲ ގެ ގެކޮޅަށް ގޮސް ދުއާ ކުރީމަ ނަމާދު ކުރީމަ ހުކުރު ކުރީމަ ނޫންތަ ސަލާމަތްކަން އޮތީ..؟

    އަސްބާބު ތަކުގައި ހިފައި ތާހިރުވެ، މާސްކު އަޅައިގެން ހަމަ އެންމެން ނަމާދު ކޮށް ދުޢާކުރަން ވީނޫންތަ؟

    އެކަމަކު މިމީހުން މިބަލަނީ އެހެންގޮތްގޮތުން ސަލާމަތް ކަން ހޯދަން.. މިފަދަ ވަބާއެއް ކުރިމަތި ވީމަ ވެސް އިސްލާހެއް ނުވީ..؟

    11
  3. ރައީސުގެ މީހާ

    ޑޮކްޓަރުން ނާއި ދިވެހި ގައުމު މިބިރުވެރިކަމަށް ވައްޓާލީ

    ޓޫރިޒަމް މިނިސްޓަރ އެއާރޕޯޓު ބަނދުކުރަން ދެކޮޅުހެދީ އޭނާ.. ޗަންޕާ ލާރިގަނޑެއް ދީގެރން..
    ޔުނިވާރސަލް ބަނޑަޖެހިދާނެތީ..

    އަދިވެސް އޭނާ އެބުނަނީ ޑޮކްޓަރުން ކެއްކޮށްލާ އަހަެރން ވަރަށް ހެޔޮވާނެ..

    އަސްލު މައްސަލަޔަށް އެޑްރެސް ނުކުރޭ!

    މިބުނަނީ މީހުން ގޭގަ ތިބޭށޭ.. މިސްކިތް ބަންދުކުރާ ށޭ އެއީ ޔޭ ބަލިޖެހޭ ގޮތަކީ..

    ބަލި އަންނަގޮތް ހުއްޓުވަން ނޫލޭ..އަރަތެއް... ޓެކްސް ފައިސާ ބެކާރު ގޮތުގައި؟

    12
    1
  4. ފިރުޝާން

    އަދިވެސް ތިއުޅެނީ ފްލެޓް ނައިސްގެން.. މޮޔަފުޅުވީތޯ..

    ބަލަގަ ވައިރަސް ޔައުނީ އެޖެންޑާ19 ނޫނީ ކޮވިޑް19 އަންނީ ހަމަ ތި ފްލައިޓް ތަކުންނޭ..

    އަލީވަހީދު މުއްސަނދިވާން މަހުޖަނުން އަތުން ފައިސާ ހޯދައިގެން ލޮކްޑައުން ނުކުރީމަ ދޯ މިނުރައްކަލާ ކުރިމަތިމިވީ

    ފުރަތަމަވެސް އެހެންގައުމުގަކުން ހެދިހެން އެއާރޕޯޓު ބަންދުކުރިނަމަ ހީ ޑޮކްޓަރުންނަށް މިބުރައެއް ދައލުތަް ފައިސާ ގެ ބުރައެއް.. އަދި މީހުންނަށް ނަމާނުކޮށް ދިތބޭކަށް ނުޖެހުނީސް..

    އަދިވެސް މިދުވަނީ ދޮންމީހުން ފަހަތުން ޑޮލަރު ފަހަތުން... އެކަމަކު ނޭގޭ މިދެވެނީ ކޮރޯނާ ފަހަތުން ކަމެއް.. ވައްﷲ އައުލަމް

    9
    1
  5. Anonymous

    އެކަތިވެސް ގެންނާކަށް ނުޖެހޭ. ކިހާދެރަކަމެއް. ބަލިފެތުރޭ އިރުވެސް ދަތުރުތައް ނުހުއްޓަން

    13
    1
  6. މުބީނު މާރނީ

    ދެރައީ ޑޮކްޓަރުންނާއި ނަރުހުން ނާއި އެހެން މުވައްޒިފުން އިބޫ ގެ ޕޮލިސީ ކަމަށްވާ، "ހަނގުރާމަ އެއްވިއްޔާ މީހުން ވެސް މަރުވާނެ" ހިންގަން ހަދައިގެން ގުރުބާން ވާނެތީ. މިހާރު ޕިލިޕީންސް ގައި ވެސް 3 ޑޮކްޓަރުން މަރުވެއްޖެ. އަދި ރައްޔިތުންނަށް މިބަލި ޖެހޭނެ ވަރު ނުވެސް އިނގޭ ! މިއީ ގާނޫނީ މައްސަލާ އެއް. އިނގިހުރެ އެއަރޕޯޓް ބަންދު ނުކުރީމާ އިބޫ އަށް ދައުވާ ކުރެވެން ޖެހޭނެ. ބޭރުގެ އެހީ އިން މިދުވަސް ކޮޅަށް ޑޮލަރ ހޯދެންޖެހޭނެ.