ކޮވިޑް-19 އާ ގުޅިގެން ޓާކިޝް އެއާލައިން އިން ރާއްޖެ އަށް ކުރާ ދަތުރުތައް ވަގުތީ ގޮތުން ހުއްޓާލަން ނިންމައިފިއެވެ.

ޓާކިޝް އެއާލައިންސް އިން ބުނީ މިއަދުން ފެށިގެން އަންނަ އޭޕްރީލް 17 ވަނަ ދުވަހުގެ ނިޔަލަށް އެ އެއާލައިނުން ރާއްޖެ އަށް ކުރަމުން އަންނަ ދަތުރުތައް ހުއްޓާލާނެ ކަމަށެވެ. އެގޮތަށް ހަމަޖެއްސީ ޓާކިޝް އެއާލައިންސްގެ ޑިމާންޑަށް އައިސްފައި އޮތް ބަދަލުގެ ސަބަބުން ކަމަށް އެލާއިނުން ބުންޏެވެ.

މީގެކުރިން، ޓާކިޝް އެއާލައިންސް އިން ކޮންމެ ދުވަހަކު ތުރުކީގެ އިސްތަންބޫލާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާ ދެމެދު ދަތުރުތައް ބާއްވައެވެ.

ކޮވިޑް-19 އާ ގުޅިގެން އެއާލައިންތަކަށް ލިބެމުންދާ ގެއްލުންތަކާ ހުރެ، އެ އެއާލައިންތަކުން ދުނިޔޭގެ އެކި ގައުމުތަކަށް ކުރަމުން އަންނަ ދަތުރުތައް ދަނީ ހުއްޓާލަމުންނެވެ.

އެގޮތުން، އިއްތިހާދު އެއާވޭސް އާއި އެމިރޭޓްސް އިން ވަނީ ރާއްޖެ އަށް ކުރާ ދަތުރުތައް ވަގުތީ ގޮތުން ހުއްޓާލައިފައެވެ.