ދިރާގުގެ ހޯމް ފިކްސްޑް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް މާރިޗު މަހުގެ ބާކީ އޮތް ދުވަސްތަކާ އަދި އެޕްރީލް މަހުގައި އެކްޓިވޭޓްކުރައްވާ އެޑް-އޮންއަކުން %50 ޑިސްކައުންޓް ދޭން ނިންމައިފިއެވެ.

ދިރާގުން ބުނީ، މިއީ ކޮވިޑް-19 އާ ގުޅިގެން ސްކޫލްތަކާއި ކޮލެޖްތަތައް ބަންދުކޮށް ގިނަ ބަޔަކު ގޭގައި ހުންނަން ޖެހުމުގެ ސަބަބުން އިންޓަނެޓްގެ ބޭނުން ވަރަށް މުހިންމު ވެފައިވާ ދަނޑިވަޅަކަށް ވާތީ ކަސްޓަމަރުންނަށް ލުއި ފަސޭހަ ކޮށްދިނުމުގެ ގޮތުން ދިރާގުން ނިންމި ނިންމުމެއް ކަމަށެވެ.

އެޑް-އޮންތައް އެކްޓިވޭޓްކޮށްލުމަށް ދިރާގު މޯބައިލް އެޕް އަދި ދިރާގު ވެބްސައިޓުގައިވާ "މައިއެކައުންޓް" ޚިދުމަތް ވެދުވެރިކޮށް ކުރެވޭނެއެވެ. އަދި ކަސްޓަމަރުން އިންޓަނެޓް ބޭނުންކުރެވޭ ވަރުގެ ނޮޓިފިކޭޝަން ހޯދުމަށް ފިކްސްޑް ބްރޯޑްބޭންޑް ޔޫސޭޖް ޕޯޓަލް މެދުވެރިކޮށް އެސްއެމްއެސް ނޮޓިފިކޭޝަން އެކްޓިވޭޓްކޮށްލެވޭނެއެވެ.

ކޮވިޑް-19 އާ ގުޅިގެން ދިރާގުން ދަނީ ކަސްޓަމަރުންނަށް އެކި ގޮތް ގޮތުން ލުއި ފަސޭހަކޮށްދިނުމަށް މަސައްކަތްކުރަމުންނެވެ. އެގޮތުން، ދިރާގުން ވަނީ ރެސިޑެންޝަލް ފިކްސްޑް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް %30 އިތުރު ޑޭޓާ މާރިޗު މަހުގައި ދީފައިއެވެ. އަދި މި އަންނަ މަހުގައި ވެސް ދޭން ވަނީ ނިންމާފައިއެވެ. ހަމަމިއާއެކު، ބިޒްނަސް ފިކްސްޑް ބްރޯޑްބޭންޑް އަދި ގެސްޓްހައުސް އިންޓަނެޓް ޕެކޭޖްތަކުގެ މަހުފީ އިން %25 ޑިސްކައުންޓް މާރިޗު އަދި އެޕްރީލް މަހު ދޭން ވަނީ ނިންމާފައިއެވެ.

ދިރާގުން އަބަދުވެސް ބަލަނީ ދިރާގުން ފޯރުކޮށްދޭ ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް ކަސްޓަމަރުންނަށާ މުޖުތަމައަށް ލުއިފަސޭހަކޮށް ދިނުމަށެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޑިކްޓޭޓަރ

    ކޮބާ އުރީދޫމީހުން ކީކޭބާ މާދަމާ ކިޔާނީ؟

  2. ރާބޮޑޭ

    ހުސްދޮގެވެ މަ މިހާރު މިމަހުގެ ބިލްދައްކައިފީމެވެ އެންމެ ލާރިއެއްވެސް ނުކަޑައެވެ ރައްޔިތުންނަށް އޮޅުވާލުމުގައިވެސް ޙައްދެއް ނެތެވެ

  3. ޒޫ

    ޢެޑް އޮންސް އަކީ ގިނަބަޔަކު ބޭނުންކުރާ ޚިދުމަތެއް ނޫން. މީިގެ ފައިދާ ގިނަ ބަޔަކަށް ނުކުރާނެ!