ހޮންޑާގެ އޯތަރައިޒް ޑިސްޓިބިއުޓަރ، ޝީޝާއިން އެންމެ ފަހުގެ އެއާބްލޭޑް 2020 ގެ 125ސީސީ ރާއްޖެއަށް ތައާރަފް ކޮށްފިއެވެ.

ރާއްޖޭގެ ބޮޑެތި ހުރިހާ އަތޮޅެއްގައި އައުޓްލެޓްތައް ހިންގަމުން އަންނަ ޝީޝާއިން އަލަށް މި ތައާރަފްކުރި އެއާބްލޭޑް ސައިކަލު މިހާރު އެ ހުރިހާ ރަށަަކުން ލިބިގެން ދާނެއެވެ.

ޝީޝާއިން ތައަރާފްކޮށްފައި ވަނީ އެ މޮޑެލްގެ ބްލެކް އެޑިޝަނާއި، ސްޓޭންޑާޑް އެޑިޝަނެވެ.

ޝީޝާއިން ބުނީ، އާ މޮޑެލްގެ މި ސައިކަލު ތައާރަފް ކުރުމާއެކު އެ ދެ ވައްތަރުންެސް ހާއްސަ ޑިސްކައުންޓެއް ދޭން ނިންމާފައިވާކަމަށެވެ. އެގޮތުން -/65000 ރުފިޔާއަށް ވިއްކަން ނިންމާފައިވާ އެއާބްލޭޑް ބްލެކް އެޑިޝަން ހާއްސަ ޑިސްކައުންޓުގެ ދަށުން ވިއްކަމުން ދާނީ -/56500 ރުފިޔާ އަށެވެ.

އަދި -/63500 ރުފިޔާއަށް ވިއްކަން ނިންމާފައިވާ އެއާބްލޭޑް ސްޓެންޑާޑް އެޑިޝަން ހާއްސަ ޑިސްކައުންޓުގެ ދަށުން ވިއްކަމުން ދާނީ -/55000 ރުފިޔާ އަށެވެ.

މި ހާއްސަ ޑިސްކައުންޓް ލިބޭ އޮފަރ އަންނަ މަހުގެ ދެ ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ދާނެއެވެ.

އެއާ ބްލޭޑްގެ އާ މޮޑެލްގެ ފީޗާސްތަކަށް ބަލާއިރު، މަޑި ދަށުގެ ޖާގަ ކުރީގެ މޮޑަލްއަށްވުރެ ބޮޑުވާނެއެވެ. އަދި ސައިކަލުގައި އެންޓި ތެފްޓް އެލާމެއް އިންނާނެއެވެ.

ޝީޝާއިން ތައާރަފް ކުރި ހޮންޑާ ބްރޭންޑްގެ އެންމެ ފަހުގެ އެއާބްލޭޑް. --- ވަގުތު އިމޭޖަސް: މުހައްމަދު އަފްޒަލް

އާ މޮޑެލް ސައިކަލުގައި އިންނާނީ ޑިޖިޓަލް މީޓަރެކެވެ. އެ މީޓަރަކީ ޑިޒައިން ރީތި ވުމާއިއެކު، ޑިސްޕްލޭ ކުރެވޭ މައުލޫމާތުތައް ގިނަ، ޕެޓްރޯލް ބޭނުންކުރެވޭނެ ކަމަށް ލަފާކުރެވޭ މިންވަރު ޑިސްޕްލޭ ކުރުވޭ މީޓަރެކެވެ. އަދި މީގެ އިތުރުން ބޭނުން ކުރެވޭ މިންވަރަށް ބަދަލެއް އަތުވެއްޖެ ނަމަ އެކަން އެ ޑިޖިޓަލް މީޓަރުން އަންގައިދެއެވެ.

މީގެ އިތުރުން، އާ މޮޑެލްގައި ސައިކަލުގެ ކުރިމަތި އަދި ފަހަތު ލައިޓް، ޑިޒައިން ކުރެވިފައި ވަނީ ޒަމާނީ، ރީތި ގޮތަކަށެވެ. އަދި ފަހަތު ނަންބަރު ބޯޑަށް އަލި އެޅޭގޮތައް ލައިޓެއްލާފައި އިނދެއެވެ.

ޝީޝާއިން ވިއްކާ ސައިކަލުތަކުގެ މައުލޫމާތުތަކާއި، ދޭ ހިދުމަތްތަކުގެ މައުލޫމާތު އެންމެ ތާޒާ ކަންމަތީ ލިބޭނީ ވެބްސައިޓުންނެވެ. އެ ވެބްސައިޓުން ގޭގައި ތިބެގެން "ޝީޝާ އިންސްޓޯލްމަންޓް" ޕްލޭންސް ކަލްކިއުލޭޓް ކުރެވޭނެއެވެ. އަދި އިންސްޓޯލްމަންޓް އަށް އެޕްލައި ކުރެވޭނެ އެވެ.

ޝީޝާއިން ތައާރަފް ކުރި ހޮންޑާ ބްރޭންޑްގެ އެންމެ ފަހުގެ އެއާބްލޭޑް. --- ވަގުތު އިމޭޖަސް: މުހައްމަދު އަފްޒަލް

އަދި ސައިކަލު ސާރވިސް ކުރުމަށް ޝީޝާ ވެބްސައިޓް މެދުވެރިކޮށް ސާވިސް ބުކިންގް ހެދޭނެއެވެ.

އަދި ސައިކަލު ސާރވިސް ކުރުމަށް ޝީޝާ ވެބްސައިޓް މެދުވެރިކޮށް ސާވިސް ބުކިންގް ހެދޭނެއެވެ

މީގެ އިތުރުން ވެބްސައިޓް މެދުވެރިކޮށް ޝީޝާ ގައި ހުރި ސައިކަލުތައް ބަލާލުމުގެ ފުރުސަތު ލިބޭއިރު، އެ ސައިކަލުގެ ސްޕެސިފިކޭޝަން ބެލުމާއި ސައިކަލު ކޮންޕެއަރ ކުރެވޭނެ ގޮތްވެސް ވާނެއެވެ.

ޝީޝާ އިން މައުލޫމާތު ދޭގޮތުގައި، މިހާރުން ފެސިގެން މި ބްރޭންޑްގެ ސައިކަލް ގަންނަން ޝީޝާ އިން ލިބޭނެއެވެ. އަދި އެ ފުރުސަތު އެއްކޮށް ފައިސާ ދައްކައިގެން ސައިކަލު ނަގާ ފަރާތްތަކަށާއި، އިންސްޓޯލެމެންޓަށް ފައިސާ ދައްކައިގެން ނަގަން ބޭނުންވާ ފަރާތްތަކަށް އޮންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ލޯންގޭ

    ކޮންތާކުން އުފު ރާގެން މަ ގަންނަނީ އަޖައިބެއް 🤔

    14
    2
  2. Anonymous

    ކޮވިޑް 19 އާއި ހެދި ތި ގަންނާނެ ފައިސާ އެއް އަތަކު ނެތް

    26
    3
  3. Anonymous

    ޢަދިވެސް މިމީހުން އަމިއްލަ ޖީބް ފުރުމުގަ !!

    20
    3
  4. ކައްޕިތާން

    ޢަދިވެސް މިމީހުން އަމިއްލަ ޖީބު ފުރުމުގަ!! 😡😡

    16
    1
  5. Anonymous

    މާ އަގު ބޮޑު އަދިވެސް އަގުހެޔޮކުރޭ/ މިދަނޑިވަޅު ގަނެވޭނީ އޭރުން.

    21
    1
  6. Jaleel

    ރާކަނިމަސްވިއްކާ. ޢިކޮނޮމީގައި އެނބުރޭ ފައިސާ ދާދިއަވަހައް ހުސްވެނިމޭނެ.

    25
    1
  7. ދަރަނި ދަންތުރަ

    ތިމޮޑެލް އެހާ ރީއްޗެއްނޫން 2021 ނެރޭނެ ރީތި މޮޑެލްއެއް އޭރުން ގަންނާނީ މިހާރު ތިނެރުނީ ކުރިންނެރުނު އެއަރބުލޭޑު ސްޕޯޓުސް އެޑިސަން ރަނގަޅަށް ބަލާ ފަހަތް އިންނަނީ އެއްގޮތަކަށް ދެންނެރޭއިރު ފަހަތް ބަދަލް ކޮށްލާނެ މާރީތިވާނެ...

    1
    4