ގޭގައި އިނދެގެން ވިޔަފާރިކޮށްލުން މިއީ ފަސޭހަވެފައި، މި ދަނޑިވަޅުގައި ރައްކާތެރި ވެސް ގޮތެކެވެ. މިހާރު ދުނިޔެއަށް ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19ގެ ބިރުވެރިކަން ރާއްޖެއަށްވެސް ކޮށްފައިވާ އިރު، މިއީ ޔަގީނުން ވެސް ވިޔަފާރިކޮށްލަން އެންމެ ރައްކާތެރި ގޮތެެވެ.

އެގޮތުން މިހާރު ހުޅުމާލޭގައި ދިރިއުޅެމުންދާ ހުރިހާ ރައްޔިތުންނަށް އެ ރައްކާތެރިކަން ހޯދައި ދިނުމަށް ހާްއްސަ ވެބްސައިޓެއް ލޯންޗްކޮށްފައި ވަނީ، ހުޅުމާލޭގައި އެންމެ ޒަމާންވީ ފިހާރަ ކަމަށްވާ ފަހި ޕްލާޒާގެ ފަރާތުންނެވެ. ހުޅުމާލޭގެ ގިނަ ބަޔަކު ދަންނަ މުހައްމަދު ޝަރީފް ނުވަތަ ޝަރީފްބެގެ ނަމުން ނަން ދީފައިވާ ހާއްސަ އެ ވެބްސައިޓަކީ ޝަރީފްބެ އޮންލައިންނެވެ.

ޝަރީފްގެ އޮންލައިން ޕޭޖަކީ އާދައިގެ ޕޭޖެއް ނޫނެވެ. އެ ޕޭޖުން ފަހި ޕްލާޒާއިން ލިބެން ހުންނަ ހުރިހާ އެއްޗެއް އެ ދަނީ ލިސްޓް ކުރަމުންނެވެ. އެކަމުގެ މަސައްކަތް ކުރަމުން ދަނީ ހާއްސަ ޓީމަކުންނެވެ.

އަދި އެ ވެބްސައިޓުން އޯޑަރު ކުރާ ކޮންމެ މީހެއްގެ ގޭގެ ދޮރާއްޓައި ހަމައަށް ތަކެތި ގެންގޮސްދޭނެއެެވެ.

އެ ވެބްސައިޓު މެދުވެރިކޮށް ތަކެތި ގަންނަ ފަރާތްތަކުން ގަންނަ ތަކެެއްޗަށް ނަގުދަ ފައިސާއިންނާއި، އެކައުންޓަށް ފައިސާ ޖަމާކޮށްގެން އިތުރުން، ކޭޝް ކާޑު މެދުވެރިކޮށް ދެއްކޭނެއެވެ.

ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން ރޭގަނޑު 12:00 އަށް ޑެލިވަރީ ހިދުމަތް ދެމުންގެންދާއިރު، އެ ވެބްސައިޓު މެދުވެރިކޮށް އެ ފިހާރައިން ޑިސްކައުންޓް އަގުގައި އެ ދުވަހެއްގައި ލިބެން ހުންނަ ތަކެތި އެނގޭނެއެވެ. އަދި އެ ތަކެތި ގަތުމުގެ ފުރުސަތު ވެސް ލިބޭނެއެވެ.

ޝަރީފްބެ ވެބްސައިޓުން ވިޔަފާރި ކުރާ ފަރާތްތަކުގެ މުދާތައް ގޭގެ ދޮރާއްޓާއި ހަމައަށް ގެންގޮސް ދެނީ ސައިކަލުގައެވެ. އެހެންކަމުން އޯޑަރު ކުރާތާ ގަޑިއެއްހާ އިރު ތެރޭގައި އެ އައިޓަމެއް ގެއާއި ހަމައަށް ގެންގޮސް ދާނެއެވެ.

އެ ހިދުމަތާއި ބެހޭ ގޮތުން އިތުރު މަޢުލޫމާތު ސާފުކުރުމަށްޓަކައި 7370545 އަށް ގުޅައިގެން މައުލޫމާތު ސާފް ކުރެވޭނެއެވެ.

ފަހި ޕްލާޒާއަކީ ހުޅުމާލޭގައި ހުރިހާ ވައްތަރެއްގެ މުދާ އެއް ތަނަކުން ލިބެން ހުންނަ ހުޅުމާލޭގެ ވަރަށް ދުވަސްވީ ފިހާރައެކެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. Anonymous

    ޝުކުރިއްޔާ ޝަރީފް ބޭގެ ޚިދްމަތައް. ވ. ބޮޑު ފަސޭހައެއް

    13
    2
  2. ޟހދ

    މަގޯތި ސަލީމާ ތިކަން ކުރާތާ މިހާރު 10 އަހަރުވީ.

    7
    1
  3. Anonymous

    ތީ ސަޅި ކަމެއް

    7
    1
  4. ވަޒީރެއާލާ

    ސައިކަލް ގައި މުދާއުފުލުމަކީ ގާނޫނީގޮތުން މަނާކަމެއް. ކޮބާފުލުހުން. ފުލުހުންނަށް އެކަން ނޭގެނީތޯ؟ނޫނީ ނުފެންނަނީތޯ؟

    2
    6