އެމްޑަބްލިއުއެސްސީގެ 23 ވަނަ އަހަރީ ދުވަހުގެ ޖަލްސާ - ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

ރާއްޖޭގައި ފުރަތަމަ ފަހަރަަށް ޕްރިމިއަމްފެނެއް ނެރުމަށް އެމްޑަބްލިވްއެސްސީން މަސައްްކަތް ކުރަމުންދާކަމަށް އެ ކުންފުނިން ބުނެފިއެވެ.

އެ ކުންފުންޏަށް 23 އަހަރު ފުރުމުގެ ގޮތުން ރޭ ބޭއްވި ހަފްލާގައި ވާހަކަދައްކަވަމުން އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ފަޒުލް ރަޝީދު ވިދާޅުވި، ފުރަތަމަ ފަހަރަަށް ޕްރިމިއަން ފެނެއް މާލޭގައި ނެރުމަށް އެމްޑަބްލިވްއެސްސީން މަސައްކަތް ކުރަމުންދާކަމަށާއި، މިފަދަ ދިވެހި އުފެއްދުންތަކަކީ ރާއްޖޭގެ އުފެއްދުންތެރިކަމުގެ ސިނާއަތްއާ ހަރުފަތްތަކަަށް ގެންގޮސްދޭނެކަމެއް ކަމަށެވެ.

"އަޅުގަނޑުގެ އުއްމީދަކީ ތާޒާ އަދި ޕްރިމިއަމް ބްރޭންޑްގެ މި ލޯންޗް ކުރެވޭ ފެނަކީ އިންޓަނޭޝަނަލީ ވިއްކޭނެ ޕްރޮޑަކްޓަަށް ހެދުން. އަދި މިކަމަށް މަގުފަހި ކުރުމަށްޓަކައި ކުރަން ޖެހޭ މަސައްކަތްތައް މިއަދު އެމްޑަބްލިވްއެސްސީގެ މުވައްޒަފުން ކުރިއަށްގެންދާކަން ފާހަގަކޮށްލަން" އެމްޑީ ވިދާޅުވިއެވެ.

ފަޒުލް ވިދާޅުވީ، ފުޅީގާ ފެންބަންދުކުރުމުގެ މަސައްކަތް އިތުރަށް ފުޅާ ކުރުމުގެ ގޮތުން މި އަހަރު ތެރޭގައި 12000 ފުޅި އެފެއްދޭ ޒަމާނީ ފެންވަރުގެ ފުޅި ބަންދުކުރާ ބޮޓްލިންގް ލައިނެއް ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ފަޒުލް ވިދާޅުވީ، ކުޅުދުއްފުށީގައި ގަޑިއިރަކު 10000 ފުޅި އުފެއްދޭ ބޮޓްލިންގް ލައިނަކާއި. ދުވާފަރުގައި ގަޑިއަކު 5000 ފުޅި އުފެއްދޭ  ބޮޓްލިންގް ލައިނެއްގެ ކުރިއަށް އޮތް މަހެއް ނޫނީ ދެ މަހެއްގެ ތެރޭގައި ނިމެނޭ ކަމަށެވެ.

"ރ، ދުވާފަރު އަދި ކުޅުދުއްފުށީގައި މި އެޅޭ ބޮޓްލިންގް ޕްލޭންޓްތަކުގެ ސަބަބުން ރާއްޖޭގެ އުތުރުގެ ހުރިހާ އަތޮޅުތަކަށް ފަސޭހަކަމާއެެކީގައި ފުޅީގާ ބަންދުކުރެވިފައިވާ ފެން ހެޔޮއަގުގައި ލިބޭނެ އިންތިޒާމް ހަމަޖެހިގެންދާނެ". ފަޒުލް ވިދާޅުވިއެވެ.

ފަޒުލް ވިދާޅުވީ، މި ބޮޓްލިންގް ލައިންތަކުގެ ސަބަބުން ތާޒާ ފެނުގެ އުފެއްދުންތަކުން އިތުރުކުރެވި ކުރިއަށް އޮތް މުސްތަގުބަލުގައި ފުޅި އުފައްދަން ބޭނުން ކުރެވޭ ޕްރިފޯމްގެ ޑިމާންޑް އިތުރުވެގެންދާނެތީވެ، މި އަހަރު ތެރޭގައި އިތުރު ޕްރިފޯމް ލައިނެއް ކޮމިޝަން ކުރެވޭތޯ މަސައްކަތްކުރަމުންދާ ކަމަށެވެ. އަދި ފުޅި އުފައްދަން ބޭނުންވާ ކުރާ ޕްރިފޯމްގެ ބަރުދަން ލުއި ކުރުމަށްޓާކާވެސް ގިނަ ގުނަ މަސައްކަތްތަކެއް ކުރަމުންދާކަމަށް ފަޒުލް ވިދާޅުވިއެވެ.

"ކުރިއަށް އޮތްތާގައި އަޅުގަނޑުމެން މި ބޭނުން ކުރާ ޕްރިފޯމް ލުއި ކުރުމުގެ ނަތީއްޖާއަކަށްވެގެން ދާނީ އަހަރެއްގެ މައްޗަށް އަންދާޒާ ކުރެވޭގޮތުގައި އަހަރެއްގެ މައްޗަށް އަންދާޒާ ކުރެވޭގޮތުގައި 10 ނޫނީ 15 ވަރަކަށް މިިލިއަން ރުފިޔާ ސަލާމަތްވެގެން ދިޔުން". ފަޒުލް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ރާއްޖެއިން ބޭރަށް ފެން ވިއްކުމަށްވުރެ މާލޭގަ ދިރިއުޅޭ މީހުންނަށް ގައިން ތާހިރުވާނެ ފެން ފޯރުކޮށްދީބަލަ، ހުކުރުދުވަހުވެސް މިތިބެންޖެހެނި ފާހާނަ ނުކުރެވި ފެންނުވެރިފަ، ނުވިތާކަށް ކައްކާނެ ގޮތެއްވެސް ނެތިފަ، މިކަންތައްތައް އިސްލާޙުކުރިއްޔާ ކީއްތަވަނި

  2. ފަސްމަންޒަރު

    އެންމެއާދައިގެލޮނުފެންފޮދުވެސްމިއުޅެނީނުލިބިގެން.. ދެންކޮންސަޅިބާސާއެއް

  3. މިހާރު ވެސް ދުވަސް ދުވަސް ކޮޅުން މާލޭގަ ފެނުގެ ޝޯޓޭޖު ޖެހޭ. އެހެންވީމަ ތި ރިސޯސެއް ބޭނުން ކޮއްގެން ފުރަތަމަ ރާއްޖޭގެ ފެން ފޯރުކޮށްދިނުން ހަރުދަނާ ކުރޭ. އެއަށް ފަހު ބޭރަށް ވިއްކާ

  4. ކޮންމެ ކުރިއެރުމަކަށް ޝުކުރު ޙައްޤެވެ. ނަމަވެސް ދޭތެރެދޭތެރެއިން ރާއްޖޭގެ ގިނަ ރަށްތައް ފެނަށް ޖެހެއެވެ. މާލޭގެ އުސް ޢިމާރާތްތަކަށް އެކަށީގެންވާ ގޮތަކަށް ފެން ފޯރުކޮށެއް ނުދެއެވެ. ބޯފެން ފޯރުކޮށްދިނުމުގައި ތިޔަ ކުންފުނި ކާމިޔާބެއްނޫނޭ ބުނަންޖެހެނީ އޯޑަރުކޮށްލުމުން އަބަދުވެސް އަންނަ ހަފްތާގައި ގުޅާށޭ ބުނާތީއެވެ. އެހެންވީމާ ރާއްޖެތެރެއާއި މާލެއަށް ފެން ފޯރުކޮށް ނުދެވޭއިރު ރާއްޖެއިން ބޭރަށް ފެން ވިއްކާވާހަކަ ދެއްކީމަ ބުނެވޭނީ ތިއުޅުއްވަނީ ނުފޯރާފޮތިން ފޫގަޅަން ނޫންތޯއެވެ. އޭރުން ނިވައެއް ނުވާނެ އިނގޭތޯއެވެ.

  5. "ޕްރިމިއަމްފެެނެއް"، "ޕްރިމިއަން ފެނެއް" ކޮން ގޮތެއްބާ ރަނގަޅީ؟؟

    މިއީ ކިތައްމީހުން ވެގެން ލިޔެފައިވާ ލިޔުމެއްބާ..

    ވަގުތު ނޫސްވެރިންނަށް ސަލާން.

  6. ޜާއްޖެއައް ބޭނުން ވާވަރައް ފެންނުހެދިގެން އުޅޭއިރު ތީސަޅިކަމެއް
    މިހާރުވެސް މިއުޅެނީ ފެން ގަންނަންވެސް ނުލިބިގެން