ރާއްޖެއަށް ކޮލެޓީ ޕްރޮޑަކްޓްތައް ގެނެސްދިނުމުގައި އޮތޮރައިޒް ޑިސްޓްރިބިއުޝަން ނަގައިގެން ހެޔޮ އަގުގައި، އެ ޕްރޮޑަކްޓްސްތައް ވިއްކަމުން އަންނަ ނިއު އެޑިޝަނުން ކޮންމެ ދުވަހަކު ހިލޭ ވަޝްމީ ސެނިޓައިޒާއެއް ހިލޭ ލިބޭ ގިވް އަވޭއެއް ތައާރަފް ކޮށްފިއެވެ.
ނިއު އެޑިޝަނުން މައުލޫމާތު ދީފައިވާގޮތުގައި މިޕްރޮމޯޝަންގައި ގިނަ އަދަދެއްގެ ސެނިޓައިޒާ ހިލޭ ބަހަން ނިންމުމުގެ މަގްސަދަކީ ގިނަ ކަސްޓަމަރުންނަށް ސެނިޓައިޒަރ ލިބުން ދަތިވެފައިވާ ވަގުތު ސެނިޓައިޒާ ފޯރުކޮށްދިނުމެވެ އަދި ގިނަ ބަޔަކަށް ވަޝްމީ ތަޖުރިބާކޮށްލަން ދިނުމެވެ. މިދުވަސްކޮޅަކީ ސެނިޓައިޒާ ލިބުން ވަރަށް ދަތި ދުވަސްކޮޅެކެވެ، އަދި އެތައް ރައްޔިތުންނެއް ސެނިޓައިޒާރ ބޭނުންވެފައިހުރި ދުވސްކޮޅެކެވެ.
މިޕްރޮމޯޝަންގައި ބައިވެރިވެ ހިލޭ ސެނިޓައިޒަރއެއް ހޯދުމުގެ ފުރުސަތުގައ ބައިވެރިވުމަށް ކޮންމެދުވަހަކު ނިއު އެޑިޝަނުން ކުރާ ގިވްއަވޭ ޕޯސްޓުގައި ލައިކްކޮށް، ޝެއާކޮށް ރައްޓިއްސެއް ޓެގްކުރުމުން ބައިވެރިވެވޭނެއެވެ. މިޕްރޮމޯޝަން ކުރިޔަށް ދާނީ 3 އޭޕްރިލްގެ ނިޔަލަށެވެ.
ނިއު އެޑިޝަނުން ބުނެފައިވަނީ ކޮލިޓީ ރަންގަޅު ޕްރޮޑަކްޓް ގެނައުމަކީ އަބަދުވެސް އަމާޒެއް ކަމަށެވެ، އަދި ވަޝަމީ ސެނިޓައިޒަރ އަކީ ވަރަށް ކޮލިޓީ މޮޅު، ގުދުރަތީ މާއްދާތައް ހިމެނޭގޮތައް އުފައްދާފައިވާ ސެނިޓައިޒާއެކެވެ. އަދި ކޮވިޑް 19 އިން ރައްކާރެރިވުމަށް %70 އަލްކޮހޯލް ހިމަނައިގެން އުފައްދާފައިވާ މޮޅު ޕްރޮޑަކްޓެކެވެ. މީގެ އިތުރުން ވަޝްމީ ސެނިޓައިޒާގެ ތިން ބާވަތް ހިމެނެއެވެ، އެއީ ފްރެޝް، ނެޗުރަލް އެލޯވެރާ އަދި ކެމޮމީލް އެވެ.
ކޮވިޑް19 އާއި ގުޅިގެން ގޭގައި ތިބުމަށް ވަނީ ސަރުކާރުގެ އިދާރާތަކުން އެދިފައެވެ، އަދި ނިއު އެޑިޝަނުން އެއްބާރުލުން ދިނުމުގެ ގޮތުން ސެނިޓައިޒާ ގަތުމަށް އެކައުންޓް ޓްރާންސްފާކޮށްގެން ގަނެވުމާއެކު ހިލޭ ޑިލިވަރީ ކޮށްދިނުމުގެ ޙިދުމަތް ވަނީ ފަށާފައެވެ. އަދި މިކަމަށް ބޮޑު ތަރުހީބެއް މިހާރު ދަނީ ލިބެމުންނެވެ.
ނިއު އެޑިޝަނުން ސެނިޓައިޒާ އޯޑަރު ކުރެއްވުމަށް ގުޅުއްވާނީ 9972727 އަދި 9672727 އަށެވެ.
ކޮވިޑް-19 އާއި ގުޅިގެން ދުނިޔޭގެ ބާޒާރުގައި ޕްރޮޑަކްޓްސް އުފެއްދުމަށް ބޭނުންވާފަދަ ރޯމެޓީރިއަލްސް އުފެއްދުން ހުއްޓުމާއި ގުޅިގެން ގިނަ ފެކްޓަރީތަކެއް ވަނީ ބަންދުކޮށްފައެވެ، އަދި އުފެއްދިފައި ސްޓޮކްގައި ހުރި ސެނިޓައިޒާ ފަދަ ޕްރޮޑަކްޓްގެ އަގު ފެކްޓަރީތަކުގައިވެސް ވަނީ ބޮޑުވެފައެވެ. އަދި ސެނިޓައިޒާ ފަދަ ޕްރޮޑަކްޓް މަދުވުމުގެ ސަބަބުން ގިނަ ގައުމުތަކެއްގައި ވަނީ ސެނިޓައިޒާ އެކްސްޕޯޓްކުރުންވެސް މަނާ ކޮށްފައެވެ. ނިއު އެޑިޝަނުން ބުނެފައިވަނީ މަދަނޑިވަޅުގައި ދިވެހިންނަށް ސެނިޓައިޒާ ހޯދައިދިނުމަކީ ނިއުއެޑިޝަން އެންމެ ހާސިލް ކުރަން ބޭނުންވި އެއް މަގްސަދު ކަމުގައެވެ.
ނިއު އެޑިޝަންއަކީ ރާއްޖެއަށް އިންޓަނޭޝަނަލް ކޮލެޓީ އެތައް ޕްރޮޑަކްޓްތަކެއް ގެނެސްދެމުން އަންނަ ބައެކެވެ. އެގޮތުން ނޯޓް ކޮސްމެޓިކްސް، ލޭޔާ ޝޮޓް، ކަންޓޫ،ބާތް އެންޑް ބޮޑީ އަދި ލިލީޑޯ ޕެރިސް ފަދަ މަޝްހޫރު ޕްރޮޑަކްޓްސްތައް ރާއްޖެއަށް ފޯރުކޮށްދެމުން އަންނަ އެއް ބަޔަކީ ނިއު އެޑިޝަންއެވެ.
ނިއު އެޑިޝަންއިން ބުނެފައިވަނީ، ނިއު އެޑީޝަން ހޯލް ސެންޓަރުން ސެނިޓައިޒާން މިހާރު ހޯލްސޭލްކޮށް ގަންނަން ބޭނުން ފަރާތްތަކަށް އެފުރުސަތުވެސް ހުޅުވާލާފައެވެ އަދި ބޯޓަށް ހިލޭ ޑެލިވަރީ ކޮށްދެއެވެ.
ތޭންކްސް ވެރީ މަޗް
ގަނެފިން ވ ފައްކާ. ގެއަށްް ޑިލިވަރީކޮށްދިން . ޝުކުރިއްޔާ މިވަގުތު ތިފަދަ ޙިދުމަތެއް ދޭތީ
މުސާރަ ލިބުނީމަ އެއްނު ކަމެއްވާނީ