އެސްޓީއޯގެ މިދިޔަ އަހަރުގެ ފައިދާ އިން ހިއްސާއަކަށް 55 ރުފިޔާ ބަހަން އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ނިންމައިފިއެވެ.

އެ ކުންފުނިން އިއްޔެކޮށްފައިވާ އިއުލާނެއްގައި މިގޮތަށް ބުނެފައިވީނަމަވެސް، އެ ކުންފުނީގެ އަހަރީ ރިޕޯޓު އަދި ހާމަކޮށްފައެއް ނުވެއެވެ.

2016 ވަނަ އަހަރުގެ ފައިދާއިން މިިދިޔަ އަހަރު އެސްޓީއޯއިން ހިއްސާއަކަށް 51 ރުފިޔާ ވަނީ ބަހާފައެވެ.

އެސްޓީއޯ ގްރޫޕުން 2016 ވަނަ އަހަރު ފައިދާގެ ގޮތުގައި 6.9 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ. އަދި އެސްޓީއޯއަށް 2016 ވަނަ އަހަރު ސާފު ފައިދާގެ ގޮތުގައި 288 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ.

އެސްޓީއޯ އަކީ ތެލާއި ގޭހައި ބޭސް އަދި ކާޑުގެ ބާވަތްތައް އެންމެ ފުޅާ ދާއިރާއެއްގައި އެތެރެ ކޮށް ވިއްކާ ކުންފުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޙަފްޞާ / މާލެ

    އެކިއެކި ކުންފުނިތަކުން ހިއްސާދާރުންނަށް ފައިސާބަހާވާހަކަ އަޑުއިވުމުން އުފާވިޔަސް އެމްޓީޑީސީ ގެ ޙަލަތާމެދު ހިތާމަކުރަމެވެ.