ރާއްޖޭގައި ފުޅާ ދާއިރާއެއްގައި އޮންލައިން ވިޔަފާރިކުރާ "ލިބޭ" އިން ރާއްޖެއަށް ތަޢާރަފްކޮށް ވިއްކަމުންދާ "ލޭންސްލޭ" ބްރޭންޑުގެ ބަނޑު ހިންދުމަށް ޚާއްސަ "ސްލިމިންގް ކޮފީ"، ސޯސަންމަގުގައި ހުންނަ، "ޝޮޕް އެން ސޭވް" ފިހާރައިގައި ވިއްކަން ފަށައިފިއެވެ.

"ލިބޭ" އިން ރާއްޖޭގެ އެކި ރަށްތަކުގައި މި ކޮފީ ވިއްކަން ފަށާފައިވާއިރު، ގިނަ އަދަދެއްގެ ދިވެހިންގެ މެދުގައި ލޭންސްލޭ ކޮފީ ވަނީ މަދު ދުވަސްކޮޅެއްގެ ތެރޭގައި މަޤުބޫލުކަން ހޯދާފައެވެ. މި ކޮފީއަކީ ބަނޑު ހިންދުމުގެ އިތުރުން ބައްޓަން ރީތިކޮށް ޒުވާންކަން ދެމެހެއްޓުމަށް އެހީވެދޭ ކޮފީއެކެވެ.

"ލޭންސްލޭ - ސްލިމިންގް ކޮފީ" އަކީ ބަނޑު ހިންދާލައި ޒުވާންކަން ދެމެހެއްޓުމުގެ އިތުރުންވެސް އިތުރު އެތައް ބޭނުމެއް ހިފޭގޮތަށް ތައްޔާރުކޮށްފައިވާ އިތުބާރުހުރި ކޮފީއެކެވެ. އެގޮތުން މީހާ އިތުރަށް "ފިޓް" ކޮށްލާ ހަށިގަނޑުގައި ހަކަތަ އިތުރު ކޮށްދިނުމުގައިވެސް މި ކޮފީގައި ހިމެނޭ ބައިތައް މުޙިންމު ރޯލެއް އަދާކުރެއެވެ.

ބަނޑު ހިންދާ ކޮފީގެ ޚާއްޞަ ޕްރޮމޯޝަނެއް މިހާރު ފަށާފައިވާއިރު، މި ފިހާރަތަކުން ކޮފީ ބައްލަައިގަންނަ ފަރާތްތަކަށްވެސް އެ ޕްރޮމޯޝަންގައި ބައިވެރި ވެވޭނެއެވެ.

މިމަހުގެ 15 ވަނަ ދުވަހުން ފެށިގެން ހަތަރު މަސް ދުވަހުގެ މުއްދަތަށް ކުރިޔަށްގެންދާ މި ޕްރޮމޯޝަންގެ ދަށުން، ލޭންސްލޭ ސްލިމިންގް ކޮފީ ޕެކެއް ގަނެގެން އެއްލައްކަ ރުފިޔާގެ ފައިސާގެ އިނާމެއްގެ އިތުރުން ދެވަނައަށްދާ ފަރާތަކަށް އުމްރާ ދަތުރެއް އަދި ތިންވަނައަށްދާ ފަރާތަކަށް އައިފޯން 11 ޕްރޯ މެކްސް އެއް ހޯދުނުގެ ފުރުސަތު ލިބެއެވެ.

ގޭތެރެއަށް ބޭނުންވާ ގިނަ އަދަދެއްގެ ސާމާނާއި، ކާބޯތަކެތީގެ ސާމާނު ލިބެން ހުންނަ "ޝޮޕް އެން ސޭވް" އިން ޑެލިވަރީގެ ޚިދުމަތްވެސް މިހާރު ދެއެެވެ.

އެ ފިހާރައިން މައުލޫމާތު ދިން ގޮތުގައި، 9796020 އަށް، އޯޑަރު ކުރަން ބޭނުންވާ ތަކެތި ވައިބާ ކުރުމުން ސީދާ ގެއަށް ގެންގޮސްދޭނެ އެވެ. ހިލޭ ޑެލިވަރީ ހިދުމަތް ހޯދަން ބޭނުންވާނަމަ އޯޑަރު ކުރާ ތަކެތީގެ އަގު 100 ރުފިޔާއަށްވުރެ މަތި ވާން ޖެހޭނެއެވެ.

އޯޑަރު ކުރާތާ ލަސްވެގެން 45 މިނިޓް ތެރޭގައި ސީދާ ގޭގެ ދޮރުމައްޗަށް ތަކެތި ގެންގޮސްދޭނެ ކަމަށް ޝޮޕް އެން ސޭވް އިން މައުލޫމާތު ދެއެވެ.

އެ ފިހާރައިން ޑެލިވަރީ ހިދުމަތް ދެމުން ގެންދާނީ ކޮންމެ ދުވަހެއްގެވެސް ހެނދުނު 9:00 އިން ރޭގަނޑު 23:00 އަށެވެ.

ޝޮޕް އެން ސޭވްގެ އިތުރު ފިހާރައެއް މަޖީދީމަގުގައިވެސް ހުރެއެވެ. މި ފިހާރައަކީ ކޮސްމެޓިކްސް އަށް ޚާއްޞަ ފިހާރައެކެވެ. ފިހާރައެކެވެ. އަދި ސޯސަން މަގު ފިހާރައިން ހުރިހާ ބާވަތެއްގެ ތަކެތި ހެޔޮ އަގެއްގައި ލިބެން ހުންނާނެއެވެ.