ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ވިއްކާ ފިޔާ އަލުވި އަދި ބިހުގެ އަގުތައް ހެޔޮކޮށް، އެ ތަކެތި ކޮންޓްރޯލްކޮށްގެން ވިއްކަން ފަށައިފިއެވެ.

އެ ކުންފުނީގެ އޮފިޝަލަކު "ވަގުތު"އަށް ވިދާޅުވީ، އެސްޓީއޯގައި ބިހާއި، ފިޔާ އަދި އަލުވީގެ ސްޓޮކް އެބަ ހުރި ކަމަށާއި، އެސްޓީއޯއިން ވިއްކާ މި ތަކެތީގެ އަގަކަށް ބަދަލެއް ނާންނަ ކަމަށެވެ.

"އެއީ މާކެޓްގައި ދިޔައީ ވަރަށް ބޮޑަށް އަގު އަރައިގެން ދެން، އެސްޓީއޯއަށް ވަކިން ބާރު ބޮޑުވި އަގުހެޔޮކޮށް ވިއްކަމުން ދާތީ، އެހެންވެ އެސްޓީއޯއިން ވިއްކާ އިރު، ކޮންޓްރޯލެއް ލާފައި އެ ވިއްކަނީ،" އެ ކުންފުނީގެ އޮފިޝަލް ވިދާޅުވިއެވެ.

އެގޮތުން މިހާރު އެސްޓީއޯއިން 12ރ، ފިޔާ އަދި އަލުވި ކިލޯއެއް ލިބޭނެއެވެ. އަދި ބިހެއް 1.30ރ. އަށް ލިބޭނެއެވެ.

"ދެން މީހަކަށް ވިއްކަނީ މެކްސީމަމް ޓްރޭއެއް އެއީ 30 ބިސް. އަދި ތިން ހަތަރު ފަހަރު ގޮސް އެކަކު ނެގުން ވެސް މިހާރު ވާނީ ކޮންޓްރޯލްކޮށްފައި. ދެން ފިޔާ ވެސް ކިލޯއެއް، އަލުވި ވެސް ކިލޯއެއް މި ނެގެނީ،" އެސްޓީއޯގެ އޮފިޝަލް ވިދާޅުވިއެވެ.

އެސްޓީއޯއިން މިގޮތަށް ވިއްކަން ފަށާފައިވާ އިރު، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފިޔަޔާއި، އަލުވީގެ އަގު ވަނީ އިންތިހާއަށް ބޮޑުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ާނޫސް ކިޔާމީހާ

    ކިޔުގައި ޖެހިގެން ތިޔައެއް ލިބޭނީ މާލެ ދެތިން މީހަކަށް. ތިކަންވެސް އަތޮޅުތެރެއަށް ހިއްސާވާގޮތަކަށް އިންތިޒާމު ނުކުރެވޭނަމަ ތިތަނަކީ ތައްޔިތުންނަށް ލުއި ފަސޭހަދޭން ކުރާކަމަކަށް ނުވާނެ. ނޫސްތަކުން ޖާގައެއް ލިބިދާނެ

    24
  2. ރަތުނާ

    ކިލޯއެއް. ކުރިޔަށް އޮތީ ރޯދަމަސް. އެކަމަކު ރައީސް މީހާ އަނގަ ފުރާލަ މިބުނަނީ ރާއްޖޭގެ ރައްޔިތުން ކައިފައި ބާކީވާ ވަރަށްވެސް ކާޑު އެބަހުއްޓޭ. އެހެންބުނި ކޮރޯނާ އައި ގުޅުވައިގެންވެސް. އެކަމަކު މިއުޅެނީ ސެނިޓޭއިޒަރ ފުޅިއެއް ނުލިބިގެން. އިސްތިއުފާ ދީފަ ގޭގަ އޮވޭ ނުވާކަންކަމަށް ބޯބާނައިގެން ނޫޅޭ

    21
    3
    • މިންނު

      ކަލޭމެން ދުވަހަކުވެސް ޝުކުރުވެރިއެއް ނުވާނެ

      7
      11
  3. އަހްމަދު

    ވެހޭތާ ފެންނަގާށެވެ. ނޫނީ ބަނޑަށް ޖެހިދާނެއެވެ 🙂

    12
  4. Anonymous

    މީތޯ ވިދާޅުވި ހުސްނުވާކާ އެއއ އްޗެހި ލިބޭ ގޮތަކީ؟
    އިސްތި އުފާދެ އްވާ

    13