މިއަދު ހަވީރު މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓް ކެނޑުނީ މައި ނެޓްވޯކުގެ ކޭބަލަށް ދިމާވި މައްސަލައަކާއި ގުޅިގެން ކަމަށް ސްޓެލްކޯ އިން ވިދާޅުވެއްޖެއެވެ.

ސްޓެލްކޯ އިން ނެރުނު ބަޔާނެއްގައި ވިދާޅުވީ ބޮޑުތަކުރުފާނު މަގު މައްޗަންގޯޅި އާއި މާފަންނު ހިމެނޭ ސަރަހައްދު ކޮނުމުގެ ތެރޭގައި އެ ކުންފުނީގެ 11 ހާސް ވޯލްޓްގެ މައި ނެޓްވޯކުގެ ކޭބަލަށް ދިމާވި މައްސަލައަކާއި ގުޅިގެން މިއަދު ހަވީރުން ފެށިގެން މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓުގެ ހިދުމަތް މެދުކެނޑިފައިވާ ކަމަށެވެ.

ކަރަންޓު ކެނޑުނު ހިސާބުތަކަށް މިއަދު ހަވީރު 5:00 އާއި 6:00 އާއި ދެމެދުގެ ވަގުތެއްގައި ކަރަންޓު ފޯރުކޮށްދީފައިވާއިރު ސްޓެލްކޯ އިން ވަނީ މިރޭގެ ބައެއް ގަޑިތަކުގައި ލޯޑް ޝެޑް ކުރަން ޖެހިދާނެ ކަމަށްވެސް ވިދާޅުވެފައެވެ.

ކަރަންޓު ކެނޑުމުގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވެދާނެ ދަތިތަކަކަށް ސްޓެލްކޯ އިން ވަނީ މައާފަށް އެދިފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އިއުލާންކިޔާމީހާ

    ތިޔަނޫންދުވަހެއްނާދޭ .. ދެންބުނާނީ ގޮންޖެހުންތައްހުންނަނީއޭ ...

  2. ތިމަންނަ

    ހަމަ ތިޔާ ގޮތަށް ބައެއްފަހަރު ލާރިކޮޅު މާފުކޮށްދޭނަމަ ހާދަ ރަގަޅޭ