ރާއްޖޭގައި ފުޅާ ދާއިރާއެއްގައި އޮންލައިން ވިޔަފާރިކުރާ "ލިބޭ" އިން ރާއްޖެއަށް ތަޢާރަފްކޮށް ވިއްކަމުންދާ "ލޭންސްލޭ" ބްރޭންޑުގެ ބަނޑު ހިންދުމަށް ޚާއްސަ "ސްލިމިންގް ކޮފީ"، ހުޅުމާލޭގައި ހުންނަ "ފަހި ޕްލާޒާ" އިން ވިއްކަން ފަށައިފިއެވެ.

"ލިބޭ" އިން ރާއްޖޭގެ އެކި ރަށްތަކުގައި މި ކޮފީ ވިއްކަން ފަށާފައިވާއިރު، ގިނަ އަދަދެއްގެ ދިވެހިންގެ މެދުގައި ލޭންސްލޭ ކޮފީ ވަނީ މަދު ދުވަސްކޮޅެއްގެ ތެރޭގައި މަޤުބޫލުކަން ހޯދާފައެވެ. މި ކޮފީއަކީ ބަނޑު ހިންދުމުގެ އިތުރުން ބައްޓަން ރީތިކޮށް ޒުވާންކަން ދެމެހެއްޓުމަށް އެހީވެދޭ ކޮފީއެކެވެ.

"ލޭންސްލޭ - ސްލިމިންގް ކޮފީ" އަކީ ބަނޑު ހިންދާލައި ޒުވާންކަން ދެމެހެއްޓުމުގެ އިތުރުންވެސް އިތުރު އެތައް ބޭނުމެއް ހިފޭގޮތަށް ތައްޔާރުކޮށްފައިވާ އިތުބާރުހުރި ކޮފީއެކެވެ. އެގޮތުން މީހާ އިތުރަށް "ފިޓް" ކޮށްލާ ހަށިގަނޑުގައި ހަކަތަ އިތުރު ކޮށްދިނުމުގައިވެސް މި ކޮފީގައި ހިމެނޭ ބައިތައް މުޙިންމު ރޯލެއް އަދާކުރެއެވެ.

ބަނޑު ހިންދާ ކޮފީގެ ޚާއްޞަ ޕްރޮމޯޝަނެއް މިހާރު ފަށާފައިވާއިރު، މި ފިހާރަތަކުން ކޮފީ ބައްލަައިގަންނަ ފަރާތްތަކަށްވެސް އެ ޕްރޮމޯޝަންގައި ބައިވެރި ވެވޭނެއެވެ.

މިމަހުގެ 15 ވަނަ ދުވަހުން ފެށިގެން ހަތަރު މަސް ދުވަހުގެ މުއްދަތަށް ކުރިޔަށްގެންދާ މި ޕްރޮމޯޝަންގެ ދަށުން، ލޭންސްލޭ ސްލިމިންގް ކޮފީ ޕެކެއް ގަނެގެން އެއްލައްކަ ރުފިޔާގެ ފައިސާގެ އިނާމެއްގެ އިތުރުން ދެވަނައަށްދާ ފަރާތަކަށް އުމްރާ ދަތުރެއް އަދި ތިންވަނައަށްދާ ފަރާތަކަށް އައިފޯން 11 ޕްރޯ މެކްސް އެއް ހޯދުނުގެ ފުރުސަތު ލިބެއެވެ.

އެ ފިހާރައިން މިހާރު ވަނީ "އީ-ކޮމާސް ޕޯޓަލް" މެދުވެރިކޮށް ޚިދުމަތް ދޭން ފަށާފައެވެ. ޑެލިވަރީގެ ޙިދުމަތް ބޭނުންވާ ފަރާތްތަކުން، "ފަހި ޕްލާޒާ" ގެ އީކޮމާސް ޕޯޓަލް އަށްވަދެ އޯޑަރު ކުރުމުން، އޯޑަރ ކުރާ ތަކެތި ސީދާ ގެއަށް ގެންގޮސްދިނުމުގެ ޚިދުމަތް ދޭނެ ކަމަށް އެ މާޓުން ބުނެއެވެ. ނަމަވެސް މި ގޮތަށް ޑެލިވަރީ ކޮށްދޭނީ 200 ރުފިޔާ އަށް ވުރެ މަތީގެ ވިޔަފާރިތަކެވެ.

އެ ޙިދުމަތް ފޯރުކޮށްދޭން ނިންމާފައިވަނީ ކޮންމެ ދުވަހަކު ހެނދުނު 8:00 އިން ރޭގަނޑު 12:00އަށް ކަމަށާއި، އެ ހިދުމަތް ދޭނީ ކަސްޓަމަރުންގެ ސަލާމަތާއި ރައްކާތެރިކަމަށް އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް އަޅައިގެން ކަމުގެ ޔަޤީންކަން އެ މާޓުން ދެއެވެ.

އެ ޙިދުމަތާއި ބެހޭ ގޮތުން އިތުރު މަޢުލޫމާތު ސާފުކުރުމަށްޓަކައި 7370545 އަށް ގުޅައިގެން މަޢުލޫމާތު ސާފުކުރެވޭނެ ކަމަށްވެސް "ފަހި ޕްލާޒާ" އިން މަޢުލޫމާތު ދެއެވެ. މީގެ އިތުރުން، ޑެލިވަރީ ކުރާ ސްޓާފުންގެ ސާފުތާހިރުކަމަކީ "ފަހި ޕްލާޒާ" އިން އެންމެ އިސްކަންދޭނެ ކަންތަކުގެ ގޮތުގައި އެމާޓުން ފާހަގަކުރެއްވިއެވެ.