މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން މުދާ އިމްޕޯޓް ކުރާ ފަރާތްތަކަށް ލުއިތަކެއް ދޭން ނިންމައިފިއެވެ.

އެކަން ހާމަކޮށްފައި ވަނީ މިހާރު ދަރުބާރު ގޭގައި ކުރިއަށްގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

އެ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ އަންޑާސެކެރެޓަރީ މަބްރޫކް އަަޒީޒް ވިދާޅުވީ، އިމްޕޯޓަރުންނަށް ލުއިތަކެއް ދިނުމަށް އެމްޕީއެލް އިން މިއަދު ނިންމާފައިވާ ކަމަށާއި، އެގޮތުން މާލެ އާއި ހުޅުމާލޭގައި ޑެމަރޭޖް ނަގާ ވަރު 20 ޕަސެންޓުުން ދަށްކޮށް، ކުޅުދުއްފުއްޓާއި، ހިތަދޫގައި ސްޓޯރޭޖްގެ ޑެމަރޭޖް 50 ޕަސެންޓް ދަށް ކުރުމަށް ނިންމާފައިވާ ކަމަށެވެ.

މީގެ އިތުރު ހިލޭ މުދާ ބެހެއްޓޭ ދުވަސް، ދެ ދުވަހަށް އިތުރުކޮށް، ބޮންޑެޑް ވެއާހައުސްތަކުގެ ލައިސަންސް ފީން 50 ޕަސެންޓް ތިރިކޮށްދޭން ނިންމާފައިވާކަމަށް މަބްރޫކް ވިދާޅުވިއެވެ.

އަދި މި މައުލޫމާތު ފަހުން އެމްޕީއެލް އިން ހިއްސާ ކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މަލަކަސް

    ބަލަ އެމްޕީއެލް އިން ރައްޔަތުންނައްދޭ ހިދު މަތޭ ކިޔާއިރު ލަދުގަންނައްޖޭހޭނެ؟ފުރަތަމަ ރީސްޓިކާ އަދިސައިޑުލޯޑަރާ ގެޑުރައިވަރުން ފައިސާ؟؟