ހެޕީ މާކެޓް ކޮމްޕެނީގެ ދަށުން ހިންގާ ހަތަރު ރިސޯޓު މުވައްޒަފުންވެސް ގެއަށް ފޮނުވާލަން ނިންމާފައި ވަނީ މުސާރަ (ޕޭ ލީވް)ލިބޭ ގޮތަށް ކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ.
އެ ކުންފުނީގެ ދަށުން ހިންގާ ހަތަރު ރިސޯޓަކީ ތުޅާގިރި އައިލެންޑް ރިސޯޓް އެންޑް ސްޕާ، އަންގާގަ އައިލެންޑް ރިސޯޓް އެންޑް ސްޕާ ސަފާރީ އައިލެންޑް ރިސޯޓް އެންޑް ސްޕާ، ޑްރީމްލޭންޑް ދަ ޔުނިކް ސީ އެންޑް ލޭކް ރިސޯޓް އެންޑް ސްޕާ އެވެ.
މީގެ ތެރެއިން ޑްރީމްލޭންޑް ފިޔަވާ ހުރިހާ ރިސޯޓްތަކެއް އޮޕަރޭޓް ކުރަމުން ދަނީ އަންގިރި ރިސޯޓްސް އޮޕަރޭޝަން އެންޑް މެނޭޖްމެންޓުންނެވެ. ޑްރީމްލޭންޑް ދަ ޔުނިކް ސީ އެންޑް ލޭކް ރިސޯޓް އެންޑް ސްޕާ އޮޕަރޭޓް ކުރަމުން ދަނީ އަންގިރި ޖޮއިންވެންވާޗްސް އިންނެވެ.
އެ ކުންފުނިން ރާއްޖޭގައި ހިންގާ ރިސޯޓްތަކުގެ މުވައްޒަފުންނަށް ޕޭ ލީވް ދޭން ނިންމާފައިވާއިރު، ބައެއް ރިސޯޓުތަކުން ދަނީ މުވައްޒަފުން ވަކިކޮށް، ބައެއް މުވައްޒަފުން ނޯ ޕޭއަށް ގެއަށް ފޮނުވާލަމުންނެވެ.
ކޮވިޑް-19 އާ ގުޅިގެން ރާއްޖެއަށްވެސް އެކަމުގެ އަސަރުތައް ކުރަމުން އަންނަ މި ދަނޑިވަޅުގައި ހެޕީ މާކެޓް ކުންފުނިން ޕޭ ލީވް ދޭން ނިންމިއިރު، އެ ރިސޯޓުތަކުގައި މަސައްކަތް ކުރާ މުވައްޒަފުން ޕޭ ލީވްއަށް ފޮނުވާލަން ނިންމާފައި ވަނީ އޭޕްރިލް ހަތަރު ވަނަ ދުވަހުއެވެ. އަދި އެ މުވައްޒަފުންގެ ޕޭ ލީވްގެ މުއްދަތަކީ ދެ މަސް ދުވަހެވެ.
އެ ދެ މަސް ދުވަހު މުވައްަޒަފުން ގޭގައި އާއިލާއާއެކު މަޑު ކުރުމަށް އެ ކުންފުނިން އެދެއެވެ.
އަދި އެ ކުންފުނީގެ ދަށުން ހިންގާ އެ ރިސޯޓުތަކުގެ މުވައްޒަފުންގެ މުސާރަ އެކީ ކޮންމެ މަހެއްގެވެސް ފަހުކޮޅު ޖަމާ ކުރަމުންދާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.
މިހާވަރު ނުވާނަމަ މިލިއަނުން ފައިދާވާ ވިޔަފާރި ކުރުމުގެ ބޭނުމެއް އެބައޮތްބާ
2 މަސް ދުވަހުގެ ޕޭލީވް ނިމުނީމަ ދެން ބާކީ މި އަހަރުގަ އޮތް ދުވަސްތަކު ކިހިނެތްތޯ ހަދާނީ. ދިހަ ބާރަ ރިސޯޓު ގެންގުޅޭމީހުންތަކުގެ ތެރޭން ރާ އްޖޭގަ ހަމަ އެންމެ ރިސޯޓެ އް ކުންފުންޏެ އްވެސް ނެތީތޯ 12 މަސް ދުވަހުގެ މުސާރަ އެކަނި ނަމަވެސް ދެވޭނެހާ. 20 އަހަރު ރިސޯޓު ހިންގި އިރުވެސް އެއއ އް އަހަރުގެ މު އައ އްޒަފުންގެ މުސާރަ ރަ އްކާ ކުރެވޭވަރުގެ ވިޔަފާރި އެއ އް ނުކުރެވެނީތޯ..؟
ޖަޒާކަﷲ ހައިރާން.
މީހަމަ ނަމޫނާބައެއް. މިބައި މީހުންގެ މުދަލުގައި ﷲބަރަކާތް ލައްވާ އިތުރު ކުރަށްވާށި އާމީން.
އެހެން ރިސޯޓް ތަކަށް ކީއްވެތޯ މިގޮތަށް ނެހެދެންވީ. ވަޒީފާގައި ތިބެ ޤުރުބާން ވީމާ ކޮބާތޯ އެޤުރުބާނީގެ އަގު.ޙާލުގައި ޖެހި އަތްމަތި ދަތިވި ދުވަހު އެހީތެރިވުމުގެ ބަދަލުގައި މުސާރަ ކޮޅުވެސްނުދީ. ކިހާދެރަ ކަމެއް ތޯ ސަރުކާރުން މިފަދަ ކުދިންނަށް އެހީގެ އަތެއް ދިއްކޮށްލުން ކީއްތޯ މިވެރިކަން ގެންނަށް ރިސޯޓު މުވައްޒަފުން ފޫގަޅައިލައިގެން އަންބާ ކިޔާލިހަނދާން އެބަހުރިތޯ.
ނައީމަކީ ހިތްހެޔޮ ރަނގަޅު މީހެއް...ހެޔޮރަހުމަތް ލައްވާށި
ފެއާމޮންޓް މޯލްޑިވްސް ސިއްރު ފެންފުށީ ގެ ހުރިހާ މުއައްޒަފުން ގެ މުސާރަ ތައް ކުޑަކޮއްފި! ކޮވިޑް 19 އާ ގުޅިގެން ރިސޯޓު 3 މަހައް ބަންދު ކޮށް 35 މުއައްޒަފުން ފިޔަވާ އެހެން ހުރިހާ މުއައްޒަފުން ކުރިއަށް މިއޮތް 3 މަހު މުސާރައިގެ ގޮތުގައި ދިނުމައް ނިންމާފައި ވަނީ ބޭސިކް މުސާރައިގެ %25! މި މުއްދަތުގެ ތެރޭ ގައި މެނޭޖްމެންޓުން ރިސޯޓުގައި ބައިތިއްބާ 35 މުއައްޒަފުން ނައް ދޭން ނިންމާފައި ވަނީ މުސާރައިގެ %80! އަދި ޕްރޮބޭށަން ގަ ތިބި ސްޓާފުން ފެއިލް ކޮށް ކޮންޓުރެކްޓު ހަމަވާ މުއައްޒަފުން ގެ ކޮންޓްރެކްޓު އާނުކުރަން ވަނީ ނިންމާފަ!
އަޅުޑަޑުގެސާހިބު މުހައްމަދުނައީމް އަ ކީއަބަދުވެސް މުވައްޒަފުންނަ އޯގާތެރި ހިތްތިރި މަޑުމާތިރި ހުލުގުހެޔޮ އަހުލާގު ރަގަޅު ފަސްވަގުތު ނަމާދު ކޮށް ﷲގެމަގުގައިސާބިތު ކަމާއެ ކު ވަރުގަދައަޒުމެއްގައި ހުންނެވިބޭފުޅެއް ދިވެހިފަސްގަޑުގަ މިފަދަތަނަވަސް ކަމެއް ﷲ ދެއްވާފަތިއްބެވި ބޭފުޅުންތެރޭގަ މި ކަހަލަ ބޭފުޅުންވަރައް މަދުވާނެ މާތްﷲ މަނި ކުފާނަށް ދިގުއުމުރު ފުޅަ ކާ އިތުރު މުއްސަދި ކަމާއި މުދާގިނަ ކުރަށްވައި ތަނަވަސް ކަން އިތު ކުރަށްވާދޭ އާއިލާއަށް އުފާވެރިދުވަސްތައް މިންވަރު ކުރައްވާދޭ އާމީން
މިއަދު ތިގޮތަށް ކަންތަ އް ކުރެއް ވީތީ ތިފަރާތަށް ޝުކުރު ދަންނަވަން ނަމެސް ހިތާމައަކީ ފާއިތުވި ދުވަސްތަކުގައި ތިރިސޯޓު ތަކުގައި އުޅޭ ވަރަށް ދެރަ ނިކަމެތީންގެ ދަރިން ނަށް އިސްމަޤަމުތަކު ގައި ހަވާލުވެ ތިއްބެވި ބައެއް މީހުން އިހުމާލު ވެފަވާކަން އެގޭ މީހެއް ގެހައިސިއްއަތުންތިފަރާތްތަކަށް ބުނެލަން އޮތީ ކުރިއަށް އޮތް ދުވަސްތަކުގައި އެގޮތައް އެކަން ނުވާނެ ކަމަށް އުމީދު ކުރަން އަދި އެމުވައް ޒަފުން ކުރާމަސަތްކަތު ގެ ޚައްޤުވާމިން ވަރު ެއެމުވައްޒަފުންނަށް ދިނުން އެދެމެވެ. މާތްﷲ ތިފަރާތްތަކަށް ކުރިއެރުން ދެއްވާށި އާމީން!
ޢެންމެ މުހިއްމު ރައުސްމާލަ ކީ މުވައްޒަފުން. މި ހަގީގަތް ގަބޫލުކުރާހާ ހިނދަ ކު އެ ކުންފުންޏަށް ވާނީ ފައިދާ. إن شاء الله.
ތިފަދަ ފަރާތްތައް ﷲދެއްކެވި ތެދުމަގުން ހިގާހާދުވަހަކު ކުރިއެރުން ދެއްވާނެ ކަން ހަމަޔަގީން މިފަދަ ދަތި ދަޑިިވަޅެއް ގައި އަޅުގަޑުމެންގެ ދަރީނަށް ތިދެއްވި އެހީއަކީ މިއަދު ނިކަމެތި ހާލުގައި ތިބި ބަޔަކަށް ވެދެއްވުނު ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް ޝުކުރިއްޔާ!
އިނޝާﷲ މުދަލުގައި ބަރަކާތް ލައްވާނެ