މާލެ ސިޓިގައި އެންމެ މަގްބޫލު ޕިއްޒާއަށް ހާއްސަ އެއް ރެސްޓޯރެންޓް ކަމަށްވާ ޕިއްޒާ މަމަަ މިއާ އިންވެސް ޑެލިވަރީގެ ހިދުމަތް ފުޅާކޮށްފިއެވެ.

އެ ކުންފުނިން ބުނީ، ކޮވިޑް-19 އާ ގުޅިގެން މާލެ ސަރަހައްދުގެ ހުރިހާ ރެސްޓޯރެންޓްތަކެއް ބަންދު ކުރުމަށް އެންގި އެންގުމަށް ތަބާވެ، އެ ރެސްޓޯރެންޓުން ވެސް ޕިއްޒާ ޑެލިވަރީ ހިދުމަތާއި، ޓޭކްއަވޭ ހިދުމަތް ފުޅާކޮށްފައިވާ ކަމަށެވެ.

Take away and Delivery available NOW!!📞 400-9090 | 778-0550

Posted by Pizza Mamma Mia on Tuesday, March 24, 2020

އެގޮތުން އެ ރެސްޓޯރެންޓުން މިހާރު ވެސް ތަފާތު ރަހަތަކުގެ ޕިއްޒާ އާއި ގާލިކް ބްރެޑް، އަދި ސަބްމެރިން ވެސް ޑެލިވަރީ ކޮށްދެއެވެ. އަދި ޓޭކްއަވޭގެ ގޮތުގައި ވެސް ލިބޭނެއެވެ.

އެ ރެސްޓޯރެންޓުގައި ޕިއްޒާ ތައްޔާރު ކުރަނީ ރާއްޖޭގައި ހުރި އެންމެ ތަޖުރިބާ ކާރު ޝެފެވެ. "ޕިއްޒާ މަމަ މިއާ" އިން ތައްޔާރުކުރާ ޕިއްޒާތައް މީރުވެފައި ތަފާތު ކަމުގެ ވާހަކަ އަބަދުވެސް ގިނަބަޔަކު ދައްކައެވެ.

Take away and Delivery available NOW!!📞 400-9090 | 778-0550

Posted by Pizza Mamma Mia on Tuesday, March 24, 2020

މާލެ އާއި ހުޅުމާލެއަށް އެންމެ އަވަސް ޑެލިވަރީ ހިދުމަތްތައް ދެމުން އަންނަ ޕިއްޒާ މަމަ މިއާ ވެފައި ވަނީ އެތައް ވައްތަރެއްގެ ޕިއްޒާ ތައްޔާރު ކުރާ ތަނެއްގެ ގޮތުގައެވެ. އެގޮތުން ވިއްސަށްވުރެ ގިނަ ވައްތަރުތަކުގެ ޕިއްޒާ އެ ރެސްޓޯރެންޓުން ތައްޔާރު ކުރެއެެވެ.

ޕިއްޒާ މަމަ މިއާއިން ޕިއްޒާ ޑެލިވަރީގެ ހިދުމަތް ހޯދުމަށް ގުޅަންވީ 4009090 އަށް 7780550 އަށެެވެ.