ކުރިއަށް އޮތް ބަރަކާތްތެރި ރަމަޟާން މަހަށް އަމާޒުކޮށްގެން ސިބްކޯ އިން އަގުހެޔޮ ބާސްމަތީ ހަނޑުލެއްކަމުގައިވާ އަލް މަޝާލް ބާސްމަތީ ބާޒާރަށް ނެރެފިއެވެ.

ސިބްކޯގެ މެނޭޖަރ މާކެޓިންގ އެންޑް ކޮމިއުނިކޭޝަންސް ހާނީ ނަޢީމް ވިދާޅުވީ، ހަނޑުލަކީ ދިވެހިންގެ ބޭނުންކުރާ މައިގަނޑު ކާޑުގެ ބާވަތެއްކަމަށްވެފައި، ކޮލިޓީ ހިފެހެއްޓިފައިވާ އަގުހެޔޮ ހަނޑުލެއްގެ ގޮތުގައި އަލް މަޝާލް ލިބިގެން ދިއުމަކީ އެންމެންވެސް އުފަލާއެކު ބަލައިގަންނާނެ ކަމެއް ކަމަށެވެ.

"މި ވަގުތު ދުނިޔެއަށާއި ރާއްޖެއަށް ދިމާވެފައިވާ ހާލަތުގައި ކުރިއަށްއޮތް ބަރަކާތްތެރި ރަމަޟާން މަހުގެ ސަބަބުން ހިތްތަކަށް ކޮންމެސްވަރެއްގެ ތަސައްލީއެއް ލިބޭނެކަމަށް އުންމީދުކުރާކަމަށާއި ޚަރަދުތައް ކުޑަކުރުމުގެ ގޮތުން ފަހަށް ރައްކާކުރުމުގެ ވިސްނުން ގެންގުޅޭނެކަމަށް".ހާނީ ނަޢީމް ވިދާޅުވިއެވެ.

މި ހަނޑުލަކީ ޕާކިސްތާންގެ އުފެއްދުމެކެވެ. މި ބާވަތުގެ ހަނޑުލުން 5 ކިލޯ ބަސްތާ އަދި 1 ކިލޯގެ ޕެކެޓް މި ވަގުތު ސުޕަރމާކެޓް، މިނީ މާޒު އަދި ފިހާރަތަކުން ލިބޭނެކަމަށާއި ހޯލްސޭލް އަދި ރީޓޭލްކޮށް ބައްލަވައިގަންނަވަން ބޭނުންވާ ފަރާތްތަކަށް
ސިބްކޯ ބާޒާރު ފިހާރައިން މިހާރު ލިބެން ހުންނާނެ ކަމަށް ހާނީ ނަޢީމް ފާހަގަކުރެއްވިއެެވެ.

ސިބްކޯއިން އިން ދަނީ ކުރިއަށް އޮތް ހަފްތާއެއްގެ ތެރޭގައި ސިބްކޯ ފުވައްމުލަށް އަދި އައްޑޫ ބްރާންޗުންވެސް މި ހަނޑޫ ވިޔަފާރިވެރިންނަށާއި ކަސްޓަމަރުންނަށް މާލެއެކޭ އެއް އަގެއްގައި ލިބޭނެ އިންތިޒާމްތައް ހަމަޖައްސަމުންނެވެ.

ކުރިއަށް އޮތް ރަމަޟާން މަހާއި ދިމާކޮށް ސިބްކޯއިން އަންނަނީ ރޯދަ ހަދިޔާގެ ނަމުގައި އިތުރު ޕްރޮޑަކްޓްތަކެއް ހިމެނޭ ވަރަށް ހާއްސަ ގިފްޓް ޕެކެއް ހާއްސަ އަގެއްގައި ނެރުމުގެ މަސައްކަތް ކުރަމުންނެވެ.

އޭގެ ތެރޭގައި އަލްމަޝާލް ބާސްމަތީ، ޑެއިރީ ޗޭމްޕް ގެރިކިރު އަލްމުދިޝް ޓޮމާޓޯ ޕޭސްޓްގެ އިތުރުން މަހު ބަދިގޭގައި ބޭނުންކުރެވޭ ބޭނުންތެރި މުދާ ހިމެނޭނެއެވެ.

ސިބްކޯއިން ބުނީ، އެއީ ވަރަށް ޚާއްޞަ އަގަގެއްގައި އާއިލާތަކަށް ބޭނުންތެރި އަގުވަޒަންކުރެވޭ ގިފްޓް ޕެކަކަަށް ވާނެ ކަމަށެވެ.

ސިބްކޯ އަކީ ރާއްޖޭގެ ބާޒާރުގައި މަޝްހޫރު އަލްމުދިޝް ހިކިކިރާއި އަލްމުދިޝް ޓޮމާޓޯ ޕޭސްޓް، ފަލަކް ބާސްމަތީ ހަނޑޫ، ކުޑަކުދިންނަށް ޚާއްޞަ ނެޕީއެއްކަމުގައިވާ މަމީ ޕޮކޯ ޕޭންޓްސް، ޑިއުރަސެލް ބެޓަރި އާއި ޓެޓްލީ ޓީ، ވޮންޑާ ކޮފީ ފަދަ ބްރޭންޑްތަކުގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓަރކަން ފާހަގަކޮށްލަން ޖެހެއެވެ.