މިފްކޯ އިން މަސްވެރިންގެ އަތުން މަސް ގަތުމަށް ފަހު، ނުދީ ހުރި 40 މިލިއަން ރުފިޔާ ދިނުމަށް އެ ކުންފުނިން ނިންމައިފިއެވެ.

މިފްކޯގެ މެނޭޖިން ޑިރެކްޓަރ އިސްމާއިލް ފައުޒީ ވިދާޅުވީ މަސްވެރިން 17 ދުވަސް މަތިން ކިރުވާފައިވާ މަހަށް ފައިސާ ނުދީ އެބައޮތް ކަމަށާއި، އެމަހަށް އަގު ދިނުމުގެ ގޮތުން 40 މިލިއަން ރުފިޔާ މިއަދު އެ ކުންފުންޏަށް ލިބިފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ އެއީ 20 މިލިއަން ރުފިޔާ މަދު އަދަދެއް ކަމަށާއި، އެ 17 ދުވަހުގެ މަތިން 60 މިލިއަން ރުފިޔާގެ މަސް ވަނީ މަސްވެރިން ކިރުވާފައިވާ ކަމަށެވެ.

އަދި ބާކީ 20 މިލިއަން ރުފިޔާ ވެސް މަސްވެރިންނަށް ދިނުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށް އިސްމާއިލް ވިދާޅުވިއެވެ.

އިސްމާއިލް ވިދާޅުވި ގޮތުގައި ބާކީ ހުރި ފައިސާ ލިބޭނީ އަންނަ ބުރާސްފަތި ދުވަހުއެވެ.

އިސްމާއިލް ވަނީ މަސްވެރިކަން ރަނގަޅު ނަމަވެސް މިހާރު ހަލުވިކަމާ އެކު މުޅި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފެތުރެމުން އަންނަ ކޮވިޑް-19 ވައިރަހާއި ގުޅިގެން މަސްކިރުވުމަށް ދަތި ކަމެއް ހުރިކަން ފާހަގަކުރައްވައިފައެވެ.

އަދި މިހާރު ދުވާލެއްގެ މައްޗަށް 300 ޓަނުގެ މަސް ދިވެހި މަސްވެރިން ބާނަމުން އަންނަ ކަމަށާއި، ނަމަވެސް މަސް ގަތުމަށް "ލޯޑު ބޮޑު ވަނީ" މަސް ގަންނަނީ ހަމައެކަނި މިފްކޯ އިން ކަމަށް ވާތީ ކަމަށް އޭނާ ވިދާޅުވިއެވެ

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޢިސްމާއިލްބެ

    މިދަނޑިވަޅުގަ މަހައްދިއުން ހުއްޓުވާފަ ދިވެހި ކޮންެމެ މަސްވެރިއާއިލާ އަކަށް މަހަކު ވަކި އަދަދަކަށް ސަރުކާރުން ފައިސާ ދިނުން މާ މުހިންމު

  2. އެމަންޖެ

    އަޅެފަހެ މިފުކޯއިންދޭ އެއްޗެއްތަ އެއީ، މަސްވެރިން ބާނާފަ ކިރި މަހުގެ އަގެއްނޫންތަ ތިޔަ ދެވެނީ...ސަރުކާރުން ރައްޔިތުންނައް މިއީ އެއްޗިސްދޭ ގޮތަކީ.