އުރީދޫ މޯލްޑިވްސްގެ ސުޕަރނެޓް ކަސްޓަމަރުން ނަންގަވައިފައިވާ ޕްލޭންއަށް ހަމަޖެހިފައިވާ ޑޭޓާ ހަމަވުމުން، ދުވާލަކަށް 5 ޖީބީ ޑޭޓާ މުޅިން ހިލޭ ލިބޭނެ ކަމަށް މިއަދު އިއުލާނު ކޮށްފިއެވެ.

އުރީދޫން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، ކޯވިޑް-19 އާއި ގުޅިގެން ދިމާވެފައިވާ ގޮންޖެހުންތަކަށް ލުއި ފަސޭހަ ކޮށްދިނުމުގެ ގޮތުން، ދިވެހި ސަރުކާރާ ގުޅިގެން އުރީދޫއިން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.

އެ ގޮތުގެ މަތިން، މި އޮފަރ ތައާރަފް ކުރެވިފައި ވަނީ އާދައިގެ މަތިން ޑޭޓާ ބޭނުންކުރާވަރަށްވުރެ ގިނައިން ޑޭޓާ ބޭނުންކުރަންޖެހިފައި ވުމާއެކު، އިންޓަނެޓްގެ ޚިދުމަތް ފޯރުކޮށްދެއްވާ ފަރާތްތަކަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ވެފައިވާ އެދިލެއްވުމަކަށް ކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ.

އުރީދޫން ބުނީ، މި އޮފަރ ގެ މަގްސަދަކީ ކަސްޓަމަރުންނަށް އިންޓަނެޓް ބޭނުންކުރުމުގައި އަންލިމިޓެޑް ތަޖުރިބާއެއްދިނުން ކަމަށާއި، މިގޮތުން، ނަންގަވާފައިވާ ޕްލޭންއަށް ހަމަޖެހިފައިވާ ޑޭޓާ ހުސްވުމާއެކު، ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ހިލޭ ޑޭޓާ އެލަވަންސް އެކްޓިވޭޓްވެ، މެދުކެނޑުމެއްނެތި އިންޓަނެޓްގެ ޚިދުމަތް ކަސްޓަމަރުންނަށް ފޯރުކޮށްދެވޭނެ ކަމަށް އުރީދޫން ބުންޏެވެ.

ސުޕަރނެޓް ކަސްޓަމަރުން ނަންގަވާފައިވާ ޕްލޭންގެ ޑޭޓާ އެލަވަންސް ބޭނުންކުރެވުމާއެކު، 5 ޖީބީ ގެ އެލަވަންސް ކޮންމެ 24 ގަޑިއިރުން އެއްފަހަރު އަލުން އެކްޓިވޭޓްވެގެންދާނެ ކަމަށްވެސް އުރީދޫން ބުންޏެވެ.

މި އެލަވަންސްއަކީ ކޯވިޑް-19 އާއި ގުޅިގެން ސުޕަރނެޓް ކަސްޓަމަރުންނަށް ތައާރަފް ކޮށްފައިވާ %25 ހިލޭ ލިބޭ ޑޭޓާ އެލަވަންސްގެ އިތުރުން ލިބޭ އެލަވަންސްއެކެވެ. މި ޙާއްސަ އޮފރ އޭޕްރިލް މަހުން ފެށިގެން ކަސްޓަމަރުންނަށް ލިބިގެން ދާނެ ކަމަށް އުރީދޫން ބުންޏެވެ.

އެ ކުންފުނިން އިތުރަށް ބުނެފައި ވަނީ، އެ ކުންފުނިން ދަނީ އަގަކާ ނުލާ، ކޯވިޑް-19 ހުއްޓުވުމަށް ކުރަމުންދާ މަސައްކަތަށް އެހީ ވުމުގެ ގޮތުން އިތުބާރުހިފޭ ހަލުވި އިންޓަނެޓް ފޯރުކޮށް، ކަސްޓަމަރުންނަށް ލުއި ފަސޭހަ ކޮށްދިނުމަށް އިތުރު މަސައްކަތްތަކެއްވެސް ކުރަމުން ކަމަށެވެ.

ސަރުކާރުގެ އެދިލެއްވުމާއި އެކު، އުރީދޫ އިން ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުންދާ ކަންކަމުގެ ތެރޭގައި:
- ކޯވިޑް-19 ޓާސްކްފޯރސް ސެންޓަރުތަކަށް ހިލޭ އިންޓަނެޓް ފޯރުކޮށްދިނުން
- މަޖުބޫރީ އެކަހެރިކަމުގަ އާއި ކަރަންޓީންގައި ތިބި މީހުންނަށް ހިލޭ އިންޓަނެޓް ފޯރުކޮށްދިނުން
- މާލީ ދަތިތަކާ ކުރިމަތިވެފައިވާ ކަސްޓަމަރުންނަށް ހާއްސަ ޕްލޭނެއް ތައާރަފް ކުރުން

އުރީދޫން ވަނީ މީގެ ކުރިން އެ ކުންފުނީގެ ޕޯސްޓްޕެއިޑް އަދި ޕްރީޕެއިޑް ކަސްޓަމަރުންނަށްވެސް 25% ބޯނަސް ޑޭޓާ ލިބޭ ހާއްސަ އޮފަރ އެއް ތައާރަފްކޮށްފައެވެ.

އަދި ކޯވިޑް-19 އިން ރައްކާތެރިކަން ހޯދުމަށް ކުދިންގެ ކިޔެވުމާއި، ކުންފުނިތަކުން ދުވަހުން ދުވަހަށް ކުރަންޖެހޭ މަސައްކަތްތަކާއި، މީޓިންގްތައްވެސް ޑިޖިޓަލްކޮށް ކުރިޔަށް ގެންދަން ޖެހިފައިވުމާއެކު، ދިމާވާ ދަތިތަށް ލުއިކޮށްދިނުމުގެ މަގްސަދުގައި އުރީދޫ މޯލްޑިވްސްއިންދަނީ އިތުރަށްވެސް މަސައްކަތްކުރަމުން ކަމަށްވެސް އެ ކުންފުނިން ވިދާޅުވިއެވެ.

މޯބައިލް ޑޭޓާ ބޭނުންކުރެވޭ މިންވަރު މަދުކުރުމަށް ފަސޭހައިން އެޅިދާނެ ފިޔަވަޅުތައް:

• ހުޅުވާފައި ހުންނަ އެޕުތައް ލެއްޕުން (ކްލޯޒްކުރުން)
• މުހިއްމުނޫން ބޭނުން ނުކުރާ އެޕުތައް ފޮހެލުން
• ބެކްގްރައުންޑް ޑޭޓާ ބޭނުންނުކުރާ ގޮތަށް ފޯނުގެ ސެޓިންގ ބަދަލުކުރުން
• ނެޓްފްލިކްސް، ޔޫޓިއުބް ފަދަ އެޕުތަކުން ސްޓްރީމް ކުރާ ފެންވަރު ދަށްކުރުން
• ޔޫޓިއުބް، ފޭސްބުކް، އަދި އިންސްޓަގްރާމުން އަމިއްލައަށް ވީޑިއޯ ޕްލޭ ނުކުރާގޮތް ހެދުން
• ޓީވީ ބެލުމުގެ ފުރުސަތު އޮތް ހާލަތްތަކުގައި ސްޓްރީމް ނުކޮށް ޓީވީ އިޙްތިޔާރު ކުރުން

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ްްޔ

    ކީޥެ ޕޮޒިޓިޥޥިދިޥެޙި މީހާ ގެ ކޮޓަރިީގާ ބޭއް ވީ އަނެއް ދިޥެހި މީހާއެޥެ.

  2. MAG

    ކޮބަާ ފަސޭހަ ނެޓް ބޭނުން ކުރާ މީހުންނަށް

  3. އައްމަޑޭސަމީރު

    ހުރިހާ ކަސްޓަމަރުންނަށްވެސް މިވަގުތު ލުއިލިބެންޖެހޭނެ

  4. ޢަލީ

    ރަށްރަށުގެތިބި މީހުންބޭނުނއކުރާ ފަސޭހަ ބބ އަށް އލުޔެއ އްނުލިބޭނެތަ

  5. ހަފްސާ

    ނެޓު ނުލިބޭ