ގޭތެރެއަށް ބޭނުންވާ ގިނަ އަދަދެއްގެ ސާމާނާއި، ކާބޯތަކެތީގެ ސާމާނު ލިބެން ހުންނަ "އިހުސާން ފިހާރައިން" 100 ރުފިޔާގެ ވިޔަފާރި ކޮށްގެން ޑެލިވަރީގެ ޚިދުމަތް ހޯދުމުގެ ފުރުސަތު މިހާރު ލިބިގެންދާތީ އެކަމަށް އެތައް ބައެއްގެ ތަރުޚީބު ލިބެން ފަށައިފިއެވެ.

ރާއްޖެއިން ކޮވިޑް-19 ފެނުމާ ގުޅިގެން މީހުން ގިނައިން އެއްވެ އުޅޭ ތަންތަނަށް އެއް ނޫޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފައި ވާތީ ކަސްޓަމަރުންނަށް ގޭގައި ތިބެގެން ފަސޭހަ ކަމާއެކު ބޭނުންވާ ސާމާނު ލިބޭނެ މަގު ފަހިކޮށްދިނުމަށް އިހުސާން ފިހާރައިން ދަނީ ފަސޭހަކަމާ އެކު ގޭގޭއަށް ބޭނުންވާ ތަކެތި ހެޔޮ އަގުގައި ލިބޭނެ އިންތިޒާމް ހަމަޖައްސަމުންނެވެ.

އިހުސާން ފިހާރައިން ޑެލިވަރީ ކުރާނީ ކޮންމެ ދުވަހެއްގެ ވެސް ހެނދުނު 09:00 އިން ރޭގަނޑު 10:00 އަށެވެ. އަދި ހަވީރު 05:00 އިން ރޭގަނޑު 08:00 އަށް މާލެ ފުރަބަންދު ކޮށްފައި އޮތްކަމަށް ވިޔަސް، ސަރުކާރުން ކަނޑައަޅުއްވާފައިވާ އުޞޫލާއި އެއްގޮތަށް، އެ ވަގުތު ތަކުގައިވެސް ޑެލިވަރީ މެދު ނުކެނޑި ކުރިއަށް ދާނެކަމަށް އެ ފިހާރައިން މައުލޫމާތު ދެއެވެ.

އިހުސާން ފިހާރަ އިން ބުނި ގޮތުގައި 7291003 ނަންބަރަށް ބޭނުންވާ ތަކެތީގެ ލިސްޓާއި ގޭގެ އެޑްރެސް ޖެހުމަށް ފަހު ވައިބާ ކުރުމުން ޑެލިވަރީ އޯޑަރު ކުރެވުނީއެވެ.

އަދި އޯޑަރު ކުރާތާ ގިނަވެގެން 35 މިނިޓް ތެރޭގައި ޑެލިވަރީ ކޮށްދޭ އިރު، އެ ފިހާރަ އިން ގަންނަ ތަކެތީގެ އަގުގެ އިތުރަށް، ޑެލިވަރީއަށް އެއްވެސް އަގެއް ނުނަގާކަން ފާހަގަކޮށްލެވެއެވެ.

އެއީ މި ޚިދުމަތަށް ކަސްޓަމަރުންގެ މިހާ ބޮޑު މަގުބޫލުކަމެއް ލިބިގެން ދިޔަ އެއް ސަބަބެވެ.

އިހުސާން ފިހާރައިން ދޭ ޚިދުމަތް އަވަސް ވުމާއި، ފައިސާ ދެއްކުމުގައި ވެސް އެއްވެސް މައްސަލަތަކެއް ދިމާ ނުވާކަމީ މި ހިދުމަތަކީ ބަރޯސާވެވޭނެ ހިދުމަތަކަށްވާ އެއްސަބަބެވެ.

އެގޮތުން، އިހުސާން ފިހާރައިން ޑެލިވަރީ ކުރާ ތަކެއްޗަށް ކޭޝް މެދުވެރިކޮށާއި، އޮންލައިން ޓްރާންސްފާ މެދުވެރިކޮށް އަދި ކާާޑު މެދުވެރިކޮށް ވެސް ފައިސާ ދެއްކޭނެ އިންތިޒާމް ވަނީ ހަމަޖައްސާދީފައެވެ.

އިހުސާން ފިހާރައިގައި ލިބެން ހުންނަ ބައެއް ތަކެތި

މީގެއިތުރުން އިހުސާން ފިހާރައިން މިހާރު ތާޒާ ކުރުނބާ ލިބެން ހުރި އިރު، ކުރުނބާ ޑެލިވަރީކޮށް ދިނުމުގެ ޚިދުމަތް ވެސް ލިބޭނެކަން އެ ފިހާރައިން ފާހަގަކުރެއެވެ.

އިހުސާން ފިހާރައިގެ އައުޓްލެޓްތަކުން ކާބޯތަކެތީގެ ބާވަތްތަކުގެ އިތުރުން، ގޭތެރޭގައި ބޭނުން ކުރާ އެކި ބާވަތުގެ ސާމާނު ލިބެން ހުރެއެވެ. އަދި ހިފާ ގެންގުޅޭ ސާމާނުގެ އިތުރުން ކުޑަކުދިން ކުޅެން ބޭނުން ކުރާ ތަފާތު އެކި ބާވަތުގެ ކުޅޭ އެއްޗެއްސާއި، އުނގެނުމަށް ބޭނުން ކުރެވޭނެ ތަފާތު އެއްޗެހި ވެެސް އެތަނުން ލިބެއެވެ.

މީގެ އިތުރުން ކާބޯތަކެތީގެ ގިނަ ބާވަތްތަކާއި، ތާޒާ ތަރުކާރީ އާއި މޭވާގެ ބާވަތްތަކާއި، މަހުގެ ބާވަތްތައް ފާހަގަކޮށްލެވެއެވެ. އޭގެ ތެރޭގައި ގަނޑުކުރި ކުކުޅާއި މަހުގެ ބާވަތްތަކުގެ އިތުރުންވެސް ދިވެހިން އާއްމުކޮށް ބޭނުންކޮށް އުޅޭ ކާނާގެ އެކި ބާވަތްތައްވެސް އެތަނުން ލިބެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ސާބަހޭ!

    ވިޔަފާރި ކުރިއަރާނީ ހިތްވަރެއް ވެސް ހުރެގެންނެވެ!

    4
    1
  2. ލާރާ

    އެއްޗިހިލުގެ އަގުތައް އެނގޭގޮތަށް ހުންނަނަމަ ވަރައް ފަސޭހަވީސް.އެއްޗިހިލުގެ އަގުނޭގި ގަންނަށް ވަވައްއުނދަގޫ.އެންމެންނަކީ މުއްސަނދިންނެއްނޫން ދޯ ހުރިއަގެއްދީފަ ގަންނާކަށް.

    8
    1
  3. ޟީ

    ދެނޯ؟