މާލޭ ވޯޓާ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) ގެ އެޕްލިކޭޝަން ބޭނުން ކުރާ ކަސްޓަމަރުންނަށް މިއަދުން ފެށިގެން ފެން ބިލް ފޮނުވަން ނިންމައިފިއެވެ.

އެމްޑަބްލިއުއެސްއީ އިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ އެކުންފުނީގެ މޯބައިލް އެޕްލިކޭޝަން ބޭނުންކުރާ މީހުންނަށް ބިލުތައް ތައްޔާރުކޮށް ފޯނަށް ނޮޓިފިކޭޝަން ފޮނުވޭނެކަމަށެވެ. އަދި އެޕްލިކޭޝަން މެދުވެރިކޮށް ބިލަށް ފައިސާ ދެއްކޭނެ ކަމަށްވެސް އެމްޑަބްލިއުއެސްސީއިން ބުންޏެވެ.

އެމްޑަބްލިއުއެސްސީން ބުނީ އެޕްލިކޭޝަން ބޭނުން ކުރާ ކަސްޓަމަރުންގެ ފޯނުތަކަށް ބިލް ފޮނުވަން ނިންމީ ރާއްޖޭގައި އޮތް ސިއްހީ ނުރައްކާތެރިކަމާއި ގުޅިގެން، ކަމަށް އެ ކުންފުނިން ބުނެއެވެ. އެގޮތުން މިފަދަ ގޮތަކަށް ކަންކަން ރޭވިއްޖެ ނަމަ ކުންފުނީގެ މުވައްޒަފުން ވީހާވެސް ބޮޑަށް ބޭރުގައި އުޅުން މަދުކޮށް ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް އެމްޑަބްލިއުއެސްއީ އިން ބުންޏެވެ.

އެމްޑަބްލިއުއެސްއީއިން ބުނީ މިވަގުތު ކަރުދާސް ބިލު ފޮނުވަން ހަމަޖެހިފައިވަނީ ހަމައެކަނި މޯބައިލް އެޕްލިކޭޝަން އަށް ރެޖިސްޓްރީ ވެފައި ނުވާ ގޭބިސީތަކަށް ކަމަށެވެ. އަދި މޮބައިލް އެޕަށް ރެޖިސްޓާ ވެފައިނުވާ ފަރާތްތަކަށް ބިލް ރައްދުކޮށްދެވޭނީ ގޭގެ ގްރައުންޑް ފޮލޯއާއި ހަމައަށް ކަމުގައި އެ ކުންފުނިން ހާމަކުރެއެވެ.

ކޮވިޑް-19 ގެ ސަބަބުން ގިނަ ކުންފުނިތަކުން ސަލާމަތީ ފިޔަވަޅުތަށް އަޅަމުންދާއިރު ބިލް ދައްކާ ގިނަ ކުންފުނިތަށް ވަނީ އޮންލައިންކޮށް ބިލްދެއްކޭނެ ގޮތްތަށް ކަސްޓަމަރުންނަށް ފަހިކޮށްދީފައެވެ.