ދިރާގު-ޕޭ މެދުވެރިކޮށް ވިޔަފާރި ކުރާ ކަސްޓަމަރުންނަށް ހާއްސަ އޮފާތަކެއް ދިނުމަށް ނިންމާފައިވާ ކަމަށް ދިރާގުން ބުނެފިއެވެ.

ދިރާގުން ބުނީ މިހާރު ފެތުރެމުން އަންނަ ކޮވިޑް-19 ވައިރަހުން ރައްކާތެރިވުމަށް މީހުން އެއްވެ ނޫޅުމަށް ސަރުކާރުން އިލްތިމާސް ކުރަމުން އަންނަ އިރު، އެއްތަނަކަށް ގިނަ ބަޔަކު އެއްވެ ފައިސާ ދެއްކުމަކީ ރައްކާތެރި ގޮތް ނޫން ކަމަށް ފެންނާތީ ދިރާގު-ޕޭ އިން ފައިސާ ދައްކައިފި ނަމަ އިތުރު ކްރެޑިޓާއި ކޭޝް ބެކް އޮފާތައް ދިނުމަށް ނިންމާފައިވާ ކަމަށެވެ.

އެގޮތުން މި އެޕްލިކޭޝަން މެދުވެރިކޮށް 20 އިންސައްތަ އިތުރު ކްރެޑިޓް ހިލޭ ދިނުމަށް ނިންމާފައިވާ ކަމަށް ދިރާގުން ބުންޏެވެ.

ދިރާގު ޕޭ މެދުވެރިކޮށް ރީލޯޑު ކުރެވޭނީ 500ރ. އާ ހަމައަށެވެ. އަދ ދިރާގު ޓީވީއަށް އެ އެޕްލިކޭޝަން ބޭނުންކޮށްގެ ފައިސާ ދައްކާ މީހުންނަށް އަންނަ މަހުގެ ބިލުން ފަސް ޕަސެންޓު ހިލޭ ދިނުމަށް ނިންމާފައިވާ ކަމަށް ދިރާގުން ވަނީ ބުނެފައެވެ.

އަދި ދިރާގު ޕޭ އިން ވިޔަފާރި ކުރާ ފަރާތްތަކަށް ކުރިއަށް އޮތް ހަތަރު ހަފްތާއާ ހަމަޔަށް އިތުރު ފައިސާ ލިބޭނެ ކަމަށް ދިރާގުން ވަނީީ ހާމަކޮށްފައެވެ. ދިރާގުން ބުނީ އަންނަ ޖޫން މަހުގެ ނިޔަލަށް ދިރާގު ޕޭ އިން ވިޔަފާރި ކުރާ ފަރާތްތަކުގެ ވޮލެޓަށް މަދުވެގެން ހަފްތާއަކު 50 ރުފިޔާ ޖަމާވާނެ ކަމަށެވެ.

ދިރާގުޕޭ އަކީ ކަސްޓަމަރުންނަށް ފަސޭހަކާމާއި، ރައްކާތެރިކަމާއެކީ ބާޒާރުކުރުމާއި ފައިސާގެ މުއާމަލާތް ހިންގޭނެ ޒަމާނީ ޚިދުމަތެކެވެ. ދިރާގު ޕޭ ގެންގުޅުމަށް ކޮންމެހެން ދިރާގު ކަސްޓަމަރަކަށްވެސް ވާކަށް ނުޖެހޭނެއެވެ.

ދިރާގުން އަބަދުވެސް ބަލަނީ އިނޮވޭޝަނާއި ޓެކްނޮލޮޖީގެ ޒަރިއްޔާއިންނާއި ދިރާގުން ފޯރުކޮށްދޭ ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް ކަސްޓަމަރުންނަށާ މުޖުތަމައަށް ލުއިފަސޭހަކޮށް ކަސްޓަމަރުންގެ ޑިޖިޓަލް ތަޖްރިބާ އިތުރަށް ފުރިހަމަކޮށް ދިނުމެވެ.

 

ކިޔުންތެރިންގެ ހިޔާލު