މިއަދުން ފެށިގެން މާލެ ސިޓީ ތިން ގަޑިއިރަަށް ފުރަބަންދު(ލޮކްޑައުން) ކުރަން ހެލްތް ޕްރޮޓެޝަން އެެޖެންސީ (އެޗްޕީއޭ)ން ނިންމާފައިވާއިރު، އެ ވަގުުތުތަކުގައި ޝަރީފްގެ އޮންލައިން ވެބްސައުޓު މެދުވެރިކޮށް ތަކެތި އޯޑަރު ކުރައްވާ ފަރާތްތަކަށް ޑެލިވަރީ ހިދުމަތްދެމުންގެންދާނެ ކަމަށް ފަހި ޕްލާޒާއިން ބުނެފިއެވެ.

ޝަރީފްގެ އޮންލައިން ވެބްސައިޓު މެދުވެރިކޮށް ހުޅުމާލޭ ކޮންމެ ތަނަކަށްވެސް ޑެލިވަރީ ހިދުމަތް ދެމުން ގެންދާނެއެވެ. އެ ވެބްސައިޓުގައި ހުޅުމާލެ އެންމެ ދުވަސްވީ ފިހާރައިން ފަހި ޕްލާޒާއިން ވިއްކަމުންދާ ހުރިހާ ތަކެއްޗެއް ހުންނާނެއެވެ.

މާލެ ސީޓީ ފުރަބަންދު ކުރަން ނިންމާފައި ވަނީ މިއަދުން ފެށިގެން ކޮންމެ ދުވަހެއްގެ ހަވީރު ހަވީރު 17:00 އިން 20:00 އަށެވެ. މިވަގުތުތަކުގައި ޑެލިވަރީ ހިދުމަތް ދިނުމަށް ފަހި މާޓުންވެސް ވަނީ އެޗްޕީއޭގެ ހާއްސަ ހުއްދައެއް ނަގާފައެވެ. އަދި އެ ހުއްދައާއެކު އެކަމުގައި އޮންނަ އުސޫލުގެ ތެރެއިން ކުރިއަށް ގެންދަން ފަހި މާޓުން ވަނީ ނިންމާފައެވެ.

އެ ވެބްސައިޓް މެދުވެރިކޮށް ތަކެތި ގަނެވޭނީ ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން ރޭގަނޑު 11:00 އަށެވެ.

އެ ވެބްސައިޓު މެދުވެރިކޮށް ތަކެތި ގަންނަ ފަރާތްތަކުން ގަންނަ ތަކެެއްޗަށް ނަގުދަ ފައިސާއިންނާއި، އެކައުންޓަށް ފައިސާ ޖަމާކޮށްގެން އިތުރުން، ކޭޝް ކާޑު މެދުވެރިކޮށް ދެއްކޭނެއެވެ.

އެ ހިދުމަތާއި ބެހޭ ގޮތުން އިތުރު މަޢުލޫމާތު ސާފުކުރުމަށްޓަކައި 7370545 އަށް ގުޅައިގެން މައުލޫމާތު ސާފް ކުރެވޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު