މާލޭގެ މަޝްހޫރު ފިހާރައެއް ކަމަށްވާ ވީބީ މާޓުން ފެށި ޑެލިވަރީ ހިދުމަތަކަށް ގިނަބައެއްގެ ތަރުހީބު ލިބިއްޖެއެވެ.

ވީބީ ބްރަދާސް އިން ބުނީ، އެ ކުންފުނިން ފެށި ޑެލިވަރީ ހިދުމަތަށް ގިނަބައެއްގެ ތަރުހީބު ލިބެން ފެށުމުން، 100 ރުފިޔާގެ ތަކެއްޗަށް އޯޑަރު ކުރުމުންވެސް ޑެލިވަރީ ހިދުމަތް ދޭން ފަށާފައިވާ ކަމަށެވެ. އެހެންކަމުން މިއީ ވީބީގެ 7000 އަށްވުރެ ގިނަ ކަސްޓަމަރުންނަށް ލިބިގެން ދުޔަ އުފާވެރި ހަބަރަކަށް ވެގެން ދާނެއެވެ.

ކޮވިޑް-19 އާ ގުޅިގެން ރައްޔިތުން ގޭގައި ތިބުމަށް ބާރު އެޅުމުގެ ގޮތުން އެ ކުންފުނީގެ ފިހާރަތަކުންވެސް ޑެލިވަރީ ހިދުމަތްތައް ދޭން ފެށީ މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެންނެވެ.

އެހެންކަމުން 100 ރުފިޔާއަށް ރުފިޔާއަށްވުރެ މަތިން އޯޑަރު ކުރާ ކޮންމެ މީހެއްގެ ގޭގެ ދޮރާއްޓާއި ހަމައަށް އޯޑަރު ކުރި ތަކެތި ގެންގޮސްދޭނެ އެވެ.

ވީބީ މާޓުން ކޮންމެ ދުވަހަކުވެސް ހެނދުނު 9:00 އިން ރޭގަނޑު 10:00 އާއި ހަމައަށް އެ ފިހާރައިން ތަކެއްޗަށް އޯޑަރު ކުރެވޭއިރު، މާލެ ސިޓީ ފުރަބަންދުކޮށްފައި ހުންނަ ގަޑިތަކުގައިވެސް އޯޑަރު ކުރެވޭނެއެވެ.

ވީބީ މާޓުން ތަކެތި އޯޑަރު ކުރަން ބޭނުންވާ ފަރާތްތަކުން އޯޑަރު ކުރަންބޭނުންވާ ތަކެތީގެ ލިސްޓް ލިޔުމަށްފަހު 9633855 އަށް ވައިބާ ކޮށްގެން ނޫނީ އެ ނަމްބަރަށް ގުޅައިގެން ނޫނީ އެސްއެމްއެސްއެއް ކުރުމުނެ އެ ހިދުމަތް ލިބިގެން ދާނެއެވެ. އެ މެސެޖުގައި އެ ތަކެތި ގަންނަން ބޭނުންވާ މީހެއްގެ ނަމާއި، ފޮނުވަން ބޭނުންވާ ގެއެއްގެ މައުލޫމާތާއި، ފޯން ނަމްބަރު ހިއްސާ ކުރުމަށް ވީބީ މާޓުން އެދެއެވެ.

އަދި ގަތް ތަކެއްޗަށް ނަގުދުކޮށް ފައިސާ ދައްކައިގެންނާއި، ބީއެލްއެމް ކާޑު މެދުވެރިކޮންނާއި، އަދި ބީއެމްއެލް ޓްރާންސްފާ މެދުވެރިކޮށްވެސް ފައިސާ ދެއްކޭނެއެވެ.

ވީބީ މާޓުން މިހާރުވެސް ދަނީ ބޮޑު ޕްރޮމޯޝަނެއް ފަށައިގެން ކުރިއަށެވެ. އެއީ އެ ފިހާރައިން 200 ރުފިޔާއަށްވުރެ މަތިން ފިޔަވާރިކޮށްގެން ކޮންމެ ދުވަހަކު 1000 ރުފިޔާގެ ގިފްޓް ވައުޗަރެއް ލިބޭ ޕްރޮމޯޝަނެވެ. އެ ޕްރޮމޯޝަންގައި މިގޮތަށް 200 ރުފިޔާއަށްވުރެ މަތިން ތަކެއްޗަށް އޯޑަރު ކުރާ ފަރާތްތަކަށްވެސް ބައިވެރިވެވޭނެއެވެ.

ވީބީ ބްރަދާސްގެ މައިގަނޑު މަގްސަދަކީ، އަތްފޯރާފަށުގެ ރަނގަޅު ކޮލިޓީއެއްގެ އުފެއްދުންތަކެއް އާންމުންނަށް ފޯރުކޮށްދިނުމެވެ.