އެސްޓީއޯގެ ޝިޕިން ލައިންގެ ފުރަތަމަ ބޯޓު މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެމްއެސް) އަންނަ އާދީއްތަ ދުވަހު ރާއްޖެ އަންނާނެ ކަމަށް އެސްޓީއޯއިން މިއަދު ބުނެފިއެވެ.
މި ބޯޓުގެ ފުރަތަމަ ދަތުރުތައް އޮންނާނީ ސްރީ ލަންކާ އާއި ރާއްޖެއާ ދެމެދުގަ އެވެ. މި ބޯޓު މިހާރު އޮތީ ސްރި ލަންކާގައެވެ.
މިހާރު އެސްޓީއޯއިން ވަނީ ޝިޕިންގ ލައިނަށް ހާއްސަ ކުންފުންޏެއް އުފައްދާފައެވެ. އެއީ މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެމްއެސް) ކިޔާ ކުންފުންޏެކެވެ. އެ ކުންފުނީގެ އޮފީސްވެސް މިހާރު ވަނީ ހުޅުވާފައެވެ.
އެ އޮފީސް ހުންނާނީ އެސްޓީއޯ ޓްރޭޑް ސެންޓަރުގެ ތިން ވަނަ ފަންގިފިލާގައެވެ.
އެސްޓީއޯގެ އޮފިޝަލަކު "ވަގުތު"އަށް ވިދާޅުވީ، އެ ބޯޓު އަންނާނީ ކޮލަމްބޯއިން މާލެ ކަމަށާއި، އެ ބޯޓު އަންނަ އާދީއްތަ ދުވަހު ރާއްޖެ އަންނާނެ ކަމަށެވެ.
އެ އޮފިޝަލް ވިދާޅުވިގޮތުގައި، އެ ބޯޓު އައުން ލަސްވެފައި ވަނީ، ކޮން ސަބަބަކާއި ހެދިކަން ސީދާ ދަންނަވަން ދަތި ކަމަށެވެ.
"އެހެން ނަމަވެސް ފުރަބަންދު (ލޮކްޑައުން)ގައި އެ ގައުމު އޮތުމުން މުދާ އަރުވަންވެސް ވަރަށް ކުޑަ ވަގުތުކޮޅެއްތާ ލިބޭނީ، އެހެންވެ އެ ދަތިކަމެއް އެ އުޅެނީ، އެހެންވެ އެގްޒޭކްޓް ޑޭޓު ބުނެފައިވެސް، ލަސްވީ"، އެ އޮފިޝަލް ވިދާޅުވިއެވެ.
އޭނާ ފާހަގަކުރެއްވިގޮތުގައި، އެ ބޯޓު އަންނައިރު، ކާގޯ އާއި ކާޑުގެ ބާވަތްތައްވެސް އަންނާނެ އެވެ.
ދިވެހި ސަރުކާރުން އާ ޝިޕިން ލައިނެއް އުފައްދާ، ޚިދުމަތް މިފެށީ ޝިޕިން ލައިނެއް އުފައްދާ ވާހަކަ ދައްކަމުން ގެންދާތާ އެތައް އަހަރެއް ފަހުންނެވެ.
މިވަނީ އޮޅުވާލާފަ، ބޯޓްއަކީ އެސްޓިއޯއިން ޗާޓަރ ކޮށްގެން އޮޕަރޭޓްކުރާ ބޯޓެއް، މިޑީލްގައިވަނީ ވިޔަފާރި ރަގަޅުވެއްޖެނަމަ ބޯޓް ގަންނަގޮތަށް.. ބޯޓްގެ ރެޖިޝްޓްރީ އޮތީ އެސްޓިއޯގެ ނަމުގައިތޯ ނޫސްވެރިން ސުވާލްކުރުން މުހިންމު.... ރައްޔިތުންނަށް އޮޅުވާ ނުލައްވާ...
އަހަރެމެން ބަލަން ތިބޭނަން ތިޔަ މޮޅު ފޮޓޯ ތަކުން ކެއްކެނީ ކޮން ޑޮންޑޮނެއް ތޯ ބަލަން.
ކިތަންމެ މޮޅު ފޮޓޯ އެއް ލިޔަސް ލޯބި ލޯބި ބިޔަ މާސިންގާ މަހާ އެންމެ މަހާ ޖައްރާފު ވަރެއް ނުވާނެ އިނގޭ!
އެއޮށް ބިޔަ ބޮޑު އަގު ބޮޑު މަހާ ޖައްރާފު ބޭކާރު ކޮށްލި ބަޔަކަށް ތިޔަ ގެންނަ އާގުބޯޓުން ކުރެވޭނެ ކަމެއް ނޯންނާނެ
ސާބަހޭ އަހަރެންގެ ރަ އިސް އިބޫ ސޯލިހު
ތީ ތަރަ އްގީ އަކީ. 30 އަހަރާ ގަ އުމުދަވާލި 5 އަހަރުގަވެސް ނުބަ އްދަލު.
ފޮޓޮއިން ތިފެންނަނީ އެހެން ބޯޓެއް އިނގޭތޯ
ތިޔައީ ބައެއް ބޯޓެއް