ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ބާޒާރު ބްރާންޗު ފިޔަވައި ހުރިހާ ބްރާންޗެއް މި ހަފްތާގެ ތިން ދުވަހެއްގައި ހުޅުވަން އެ ބޭންކުން ނިންމައިފިއެވެ.

ބީއެމްއެލް އިން ނެރުނު އިއުލާނެއްގައި ބުނީ މާދަމާ އާއި އަންގާރަ ދުވަހާއި ބުރާސްފަތި ދުވަހު އެ ބޭންކްގެ ބްރާންޗުތައް ހުޅުވުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެ ތިން ދުވަހު ބީއެމްއެލްގެ ބްރާންޗުތައް ހުޅުވާފައި ހުންނާނީ ހެނދުނު 9:30 އިން މެންދުރު ފަހު، 12:30 އަށް ކަމަށް ވެސް އެ ބޭންކުން ބުންޏެވެ.

އެ ދުވަސްތަކުގައި ބީއެމްއެލްގެ ބްރާންޗުތައް ހުޅުވާފައި ހުއްޓަސް، ފައިސާ ޖަމާކުރުމާއި ފައިސާ ނެގުމާއި ފައިސާ ޓްރާންސްފާ ކުރުމުގެ ހިދުމަތް އޭޓީއެމް މެދުވެރިކޮށް ބޭނުން ކުރުމަށް ވެސް ބީއެމްއެލް އިން ވަނީ ރައްޔިތުންނަށް އިިލްތިމާސްކޮށްފައެވެ. ބިލަށް ފައިސާ ދެއްކުމާއި ކްރެޑިޓް ކާޑާއި ލޯނަށް ފައިސާ ދެއްކުމުގެ ހިދުމަތް ވެސް އޭޓީއެމުން ލިބޭނެ ކަމަށް ބީއެމްއެލުން ބުނެއެވެ. އަދިއެންމެ ފަހުގެ 10 މުއާމަލާތް ހިމެނޭ މިނީ ސްޓޭޓްމަންޓެއް ވެސް ނެގޭނެ ކަމަށް ބީއެމްއެލުން ބުނެއެވެ.

އަދި ވީހާވެސް ގިނަ ބަޔަކު އިންޓަނެޓް އަދި މޮބައިލް ބޭންކިންގެ ހިދުމަތް ބޭނުން ކުރުމަށް ވެސް ބީއެމްއެލް އިން ވަނީ އިރުޝާދުދީފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޙިޔާލު

    ކކކކކ ކީއްތަވާނީ ބައެއް ޚިދުމަތްތައް ބޭން ކް މުވައްޒަފުން މެދުވެރި ކޮށް ގޭގެއަށް ފޯރު ކޮށްދިނިއްޔާ ، މިސާލު: އާ ކުރާ ކޭސް ކާޑް ފަދަ ތަ ކެތި ގެއާހިސާބަށް ޑެލިވާ ކޮށްލެވިދާނެދޯ؟

  2. އޮންލައިންކޮށް ނަމްބަރު

    އަހަރެން ތި އޭޓީއެމް އަކަށް ރުފިޔާ ޑިޕޮސިޓްކުރިގަޑީގަ އައުޓްއޮފް ސާރވިސް އެރީ، އެރުފިޔާ އެކައުންޓަށް ޑިޕޮސިޓްނުވެގެން ގުޅީމަބުނީ ވޯކިން 2 ދުވަސްވާނޭ ޖަމާވާން... މިގޮތަށް 3 ވަރަކަށްފަހަރު ދިމާވެއްޖެ.. ކިތަންމެމުހިންމުވިޔަސް ކުރެވޭނެކަމެއްނެތިފަ ހުންނަންޖެހުނީ... މިހާރުކުރިޔަސް ނުވާނެކަމުގެ އެއްވެސް ޔަގީންކަމެއް ނޯވެ، ގިނަފަހަރަށް އައުޓް އޮފް ސާރވިސް އަރާފަ ހުންނަނީ... އިސްލާމިކް ބެންކުގަހެން އޮންލައިންކޮށް ނަމްބަރު ދޫކޮށްބަލަ ގައިދުރުކުރަން....