އެސްޓީއޯގެ ދަށުން ހިންގާ މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެމްއެސް)ގެ ފުރަތަމަ ޝިޕިން ބޯޓު މުދަލާއެކު ރާއްޖެ އަތުވެއްޖެއެވެ.

"އައިބީރިއަން އެކްސްޕްރެސް" ނަމަކަށް ކިޔާ އެ ބޯޓު ރާއްޖެ އައިސްފައި ވަނީ މިއަދުގެ ވަގުތެއްގައެވެ.

މި ބޯޓުގެ ފުރަތަމަ ދަތުރުތައް އޮންނާނީ ސްރީ ލަންކާ އާއި ރާއްޖެއާ ދެމެދުގަ އެވެ. އަދި މި ބޯޓު އައިސްފައި ވަނީވެސް ސްރީލަންކާއިންނެވެ.

އެސްޓީއޯއިން މައުލޫމާތު ދިން ގޮތުގައި އެ ބޯޓުގައި ކާގޯ އާއި ކާޑުގެ ބާވަތްތައް ހުންނާނެއެވެ.

މީގެ ކުރިން އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ވިދާޅުވީ ރާއްޖޭގެ ޝިޕިން ލައިނެއް އޮޕަރޭޓް ކުރަން ފެށުމުން މުދަލުގެ އަގު ކުޑަ ކުރެވޭނެ ކަމަށެވެ. ހާއްސަކޮށް ނުރައްކާތެރި ހާލަތްތަކުގައި ވެސް މުދާ އުފުލޭނެ ކަމުގެ ޔަގީންކަން ލިބިގެން ދާނެ ކަމަށް ވެސް އަމްރު ވިދާޅުވިއެވެ.

ދިވެހި ސަރުކާރުން އާ ޝިޕިން ލައިނެއް އުފައްދާ، ޚިދުމަތް މިފެށީ ޝިޕިން ލައިނެއް އުފައްދާ ވާހަކަ ދައްކަމުން ގެންދާތާ އެތައް އަހަރެއް ފަހުންނެވެ.

ރާއްޖެއަކީ މީގެ އަހަރުތަކެއް ކުރިން ވަރުގަދަ ޝިޕިން ކުންފުންޏެއް އޮތް ގައުމެކެވެެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

 1. ޒާ

  މީ ކޯއްޗެއް؟ މީގެކުރިން މިޚަބަރު ޖެހިއިރު ލާފާހުރިފޮޓޯއިން ފެންނަނީ މިބޯޓެއްނޫން.

  7
  5
  • Anonymous

   އަމުރުމެނެއް ނޫން ތިބީ ބޯޓު ހަދަން ހަވާލުކުރިއިރު. އަމުރު ކުރިކަމަކީ އެސްޓީއޯ އިލެކްޓްރޯނިކް ވިއްކާލުން އެކަނި. ދެން މިސަރުކާރުން އާއްމުކޮށް ކުރާ ކަންތައް. ދޮގުހެދުމާ ފޮނިކެނޑުން.

 2. Anonymous

  ރައީސް ޔާމީންގެ މަސައްކަތް ކޮންމެ ދިމާއަކުން. މިއަދޖ ކިޔައިވެދެވެނީ ޔާމީން ޓެބް ހޯދައިދިނުމުން. ކޮވިޑް އަށް ފަރުވާ ދެނީ ޔާމީން ހެދި ހޮސްޕިޓަލުގައި އެކަނި. އެސްޓީއޯ އިން ތެލާ ކާނާ ގެނެވެނީ ޔާމީން ހޯދި ތެޔޮ ބޯޓާ ކާގޯ ބޯޓު އޮތުމުން އެކަމަކު ވަގަށް ގޮވުން ނޫން ކަމެއް ދިވެ ރައްޔިތުން ނުކުރޭ. އެވަރުގެ ވެރިއަކު ނާސިރު ނޫނީ ދިވެހި ގައުމު ދެކިފައި ނުވޭ.

  45
  15
 3. ުއުނދުޅި

  ޔާމީނައް ނުވި ކިތަންމެ ކަމެއް މިސަރުކާރުން ކުރާނެ
  ދެނެއް ޔާމީނު މިގައުމުގެ ވެރިކަމަކައް ނުގެނަނާނަން

  64
  72
  • ޙައުލާ

   ކޮއްކޯ، މިއީވެސް ޔާމީންގެ މަސައްކަތް. ދެން ލަލާ. ދެން ބޯޓެއްގެނަޔަސް އެއީ މިބޯޓު ވިހާ ދަރިއަކަށްވާނީ. މިސަރުކާރަށް އަލަށް ކުރެވޭނެ ކަމަކީ ގައުމުގެ މިނިވަންކަން ވިއްކުން.

   4
   1
 4. މޯދީ

  މިބޯޓް އިން އިންޑިޔާއިން ފިޔާ އަލުވި ކޮންޓެއިނަރ ގަ ގެންނަ ގޮތަށް ނިއްމާފައިވަނީ --------އޭރުން ފަސްޓް އިންޑިއަން އަށް ފުރުޞަތު ދެވުނީ ޔޯ !!!!!!

 5. ސަަަަަސަ

  އުދުޅި މިސަރު ކާރުއް ރައްޔިތުއްގެ ލޮލުގާއަދުއްއަޅުވާނެ
  ކިތައްމެ ކަމެއްގަ އަހަރެމެއްމޮޔެދިވެހިއްއައްޖަހާނައް
  ރިސޯޓުކުދިއްތަހުތުގަބަހައްޓައްބުނިސަރު ކާރަން
  އެ ކުދިއްލޮލައްވެސްނުފެނޭ
  މިވަރުއްވެސްނުވިސްނޭދިވެހިއްނަން[މަވެސްދިވެސްސެ

 6. ދިރާސާ

  ރައްޔިތުން ގުނބޯ ހެއްދުމުގެ ގޮތުން ކުރިކަމެއްކަމަށް ބެލެވެނީ. ކުޑަކުޑަ ބޯޓެއް ދެތިންކޮންޓެއިނަރ ހިފައިގެން
  އައުމުން އޭތި މެނޭޖުކުރުމުގެ ޚަރަދުވެސް ލިބޭނެކަމަކަށް
  ނުބެލެވެއެވެ މިހާދަތި ދުވަސް ވަރެއްގައި ފުލް ލޯޑެއް
  ނުގެނައުމުން ޝިޕިންގް ލައިންގެ މެނޭގިންގ އާމެދު
  ސުވާލު އުފެދެއެވެ.

  1
  1
 7. އެމަންޖެ

  ކަލޯ ތިޔަގަ ކޯއްޗެއް ތިޔަ ހުރީ. މުޅި ބޯޑު ހުހަކައްނު ތިޔަ އައީ.

 8. ާަަައަބުދުﷲ

  އުދުޅި އެބުނީތެދުވާހަ ކައެއް ޔާމީނު ނު ކުރި
  ކިތަންމެކ ކަމެން ކުރާނެ މާތް ކަލާގެ ނަހީ ކުރެއްކވި
  ހުރިހާ ކަމެ އުދުޅިއައް އެގޭނެ ދެންވެރިންނަ
  ވާނެމީހުނާ ދިރިތިބޭނެމީހުން

 9. ވގ ޔ

  މީ ކީ ވަގުންނައް ހިމާޔަތްދޭނެ ސަރު ކާރެއްނޫން ވަގުން ތިބެންޖެހޭނީ ކުޑަގޮޅީގަ