ރާއްޖޭގައި ފުޅާ ދާއިރާއެއްގައި އޮންލައިން ވިޔަފާރިކުރާ "ލިބޭ" އިން ރާއްޖެއަށް ތަޢާރަފްކޮށް ވިއްކަމުންދާ "ލޭންސްލޭ" ބްރޭންޑުގެ ބަނޑު ހިންދުމަށް ޚާއްސަ "ސްލިމިންގް ކޮފީ"، މާވެޔޮ މަގުގައި ހުންނަ "ފަތަހަ މޯލް" އިން ވިއްކަން ފަށައިފިއެވެ.

"ލިބޭ" އިން ރާއްޖޭގެ އެކި ރަށްތަކުގައި މި ކޮފީ ވިއްކަން ފަށާފައިވާއިރު، ގިނަ އަދަދެއްގެ ދިވެހިންގެ މެދުގައި ލޭންސްލޭ ކޮފީ ވަނީ މަދު ދުވަސްކޮޅެއްގެ ތެރޭގައި މަޤުބޫލުކަން ހޯދާފައެވެ. މި ކޮފީއަކީ ބަނޑު ހިންދުމުގެ އިތުރުން ބައްޓަން ރީތިކޮށް ޒުވާންކަން ދެމެހެއްޓުމަށް އެހީވެދޭ ކޮފީއެކެވެ.

"ލޭންސްލޭ - ސްލިމިންގް ކޮފީ" އަކީ ބަނޑު ހިންދާލައި ޒުވާންކަން ދެމެހެއްޓުމުގެ އިތުރުންވެސް އިތުރު އެތައް ބޭނުމެއް ހިފޭގޮތަށް ތައްޔާރުކޮށްފައިވާ އިތުބާރުހުރި ކޮފީއެކެވެ. އެގޮތުން މީހާ އިތުރަށް "ފިޓް" ކޮށްލާ ހަށިގަނޑުގައި ހަކަތަ އިތުރު ކޮށްދިނުމުގައިވެސް މި ކޮފީގައި ހިމެނޭ ބައިތައް މުޙިންމު ރޯލެއް އަދާކުރެއެވެ.

ބަނޑު ހިންދާ ކޮފީގެ ޚާއްޞަ ޕްރޮމޯޝަނެއް މިހާރު ފަށާފައިވާއިރު، މި ފިހާރަތަކުން ކޮފީ ބައްލަައިގަންނަ ފަރާތްތަކަށްވެސް އެ ޕްރޮމޯޝަންގައި ބައިވެރި ވެވޭނެއެވެ.

މާރޗް މަހުގެ 15 ވަނަ ދުވަހުން ފެށިގެން ހަތަރު މަސް ދުވަހުގެ މުއްދަތަށް ކުރިޔަށްގެންދާ މި ޕްރޮމޯޝަންގެ ދަށުން، ލޭންސްލޭ ސްލިމިންގް ކޮފީ ޕެކެއް ގަނެގެން އެއްލައްކަ ރުފިޔާގެ ފައިސާގެ އިނާމެއްގެ އިތުރުން ދެވަނައަށްދާ ފަރާތަކަށް އުމްރާ ދަތުރެއް އަދި ތިންވަނައަށްދާ ފަރާތަކަށް އައިފޯން 11 ޕްރޯ މެކްސް އެއް ހޯދުނުގެ ފުރުސަތު ލިބެއެވެ.

ފަތަހަ މޯލް އަކީ، ފަތަހަ ކުންފުނީގެ އެންމެ ބޮޑު ފިހާރަ އެވެ. ފަތަހަ ކުންފުނީގެ ފިހާރަތަކުން އާއްމު ދިރިއުޅުމަށް ބޭނުންވާ ހުރިހާ ސާމާނެއް ލިބެން ހުންނާނެއެވެ. އޭގެ ތެރޭގައި، ދިވެހިންގެ މަސައްކަތްތެރިކަން ފެނިގެން ދާނެ ގިނަ ސާމާނާއި، ގޭތެރެއަށް ބޭނުންވާ ގާތްގަނޑަކަށް ހުރިހާ ސާމާނެއް އެ ފިހާރަތަކުން ލިބެން ހުންނާނެއެވެ.

މާލޭގައި އެންމެ ދުވަސްވީ ފިހާރަތައް ހިންގަމުން އަންނަ، ގިނަބައެއްގެ އިތުބާރު ހޯދާފައިވާ ފަތަހައިގެ ބޮޑު ފިހާރަ ފަތަހަ މޯލް އިން މިހާޜު ވަނީ ޑެލިވަރީ ހިދުމަތްވެސް ފަށާފައެވެ.

ފަތަހަ ކުންފުނިން ބުނީ، ފަތަހަ މޯލް ފޭސްބުކް ޕޭޖަށްމެސެޖްކޮށްގެންނާއި، އެ ފިހާރައިގެ ހޮޓްލައިން 9446609 އަށް ޑެލިވަރީއަށް ބޭނުންވާ އައިޓަމެެއް ނޫނީ އައިޓަމްތަކެއްގެ ނަންތައް ޖެހުމަށްފަހު ފޮނުވާލުމުން މާލެ ނޫނީ ފެރީ އާއި ބޯޓު ފަހަރުތަކަށް ޑެލިވަރީ ކޮށްދެމުން ދާނެ ކަމަށެވެ.

އަދި ޑެލިވަރީގެ ހިދުމަތް ބޭނުންވާ ފަރާތުގެ މައުލޫމާތު، (ނަން، ފޯން ނަމްބަރު، ޑެލިވަރީކޮށްދޭންވީ ތަނުގެ މައުލޫމާތު، ފައިސާ ދައްކަން ބޭނުންވާ ގޮތް) ލިޔުމަށްފަހު ފޭސްބުކް ޕޭޖަށް މެސެޖް ކޮށްގެންނާއި، އަދި 9446609 އަށް މެސެޖް / ވައިބާކޮށްގެން ވެސް ޑެލިވަރީ ހިދުމަތް ލިބިގެން ދާނެ ކަމަށް ފަތަހަ ކުންފުނިން މައުލޫމާތު ދެއެވެ.

ފަތަހަ ކުންފުނިން ކޮންމެ ދުވަހެއްގެެވެސް ހެނދުނު 9:00 އިން ރޭގަނޑު 11:00 އާއި ހަމައަށް ޑެލިވަރީ ހިދުމަތް ދެމުން ދާނެއެވެ. އަދި މާލެ ސިޓީ ފުރަބަންދުކޮށްފައި ހުންނަ ވަގުތުތަކުގައިވެސް ފަތަހަ ކުންފުނިން ޑެލިވަރީ ހިދުމަތް ދެމުން ގެންދާނެއެވެ. އަދި ޑެލިވަރީ ހިދުމަތް ހޯދާ ފަރާތްތަކުން ވަގުތުން ނަގުދުކޮށްވެސް ފައިސާ ދައްކައިގެން އަދި އޮންލައިންކޮށް ޓްރާންސްފާވެސް ކުރެވޭނެއެވެ.

ފަތަހަ އިން ޑެލިވަރީ ހިދުމަތް ދެމުންގެންދާނީ 100 ރުފިޔާއަށްވުރެ މަތިން އޯޑަރު ކުރާ ތަކެއްޗެވެ.

ފަތަހަ ކުންފުނީގެ ފިހާރަތަކުން އާއްމު ދިރިއުޅުމަށް ބޭނުންވާ ހުރިހާ ސާމާނެއް ލިބެން ހުންނައިރު، އޭގެ ތެރޭގައި، ދިވެހިންގެ މަސައްކަތްތެރިކަން ފެނިގެން ދާނެ ގިނަ ސާމާނާއި، ގޭތެރެއަށް ބޭނުންވާ ގާތްގަނޑަކަށް ހުރިހާ ސާމާނެއް އެ ފިހާރަތަކުން ލިބެން ހުންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ސަނަމްޕޫރީ

    އަސްލުވެސް ބަނޑު ހިިނދޭތަ؟

    • ފަލަަޑޭ

      މަވެސް މި ހިތަށް އަރަނީ ތިހެން.