މިއަދުން ފެށިގެން ރެޑްވޭވްގެ ހުރިހާ ފިހާރަތަކުން ފިޔާ އަދި ބިސް އަގުހެޔޮކޮށް ލިބިގެންދާނެ ކަމުގައި ރާއްޖޭގައި ފުޅާދާއިރާއެއްގައި ސުޕަރމާކެޓް ހިންގަމުންދާ ރެޑްވޭވުން ބުނެފިއެވެ.

އެގޮތުން ރަތް ފިޔާ ކިލޯއެއް 15 ރުފިޔާ، ހުދު އަލުވި ކިލޯއެއް 15 ރުފިޔާ އަދި ހުދު ބިހެއް 1.5ރުފިޔާއަށް ލިބިގެންދާނެއެވެ.

ރެޑްވޭވުން ބުނިގޮތުގައި، މާރކެޓުގައި ވިޔަފާރިވެރިންނަށް ބޮޑު އަގުތަކެއްގައި ޒަރޫރީ ކާނާގެ ގޮތުގައި ކަސްޓަމަރުންދެކޭ މިފަދަ އައިޓަމްތައް ވިއްކަން ފުރުސަތު ލިބެނީ، ކަސްޓަމަރުން އަގަށް ބެލުމެއް ނެތި ވިޔަފާރި ކުރައްވާތީއެވެ.

މިދުވަސްވަރަކީ މާލީގޮތުން ގިނަ ފަރާތްތަކަކަށް ދަތިވެފައިވާ ދުވަސްވަރެކެވެ. ވުމާއިއެކު ވިޔަފާރިކުރުމުގައި އަގަށް ބަލާނަމަ، 500ރުފިޔާ އިން 100ރުފިޔާ ސަލާމަތް ކުރެވިދާނެއެވެ. މިގޮތަށް ހެޔޮ އަގުގައި ތަކެތި ވިއްކަމުންދާ ފިހާރަތައް އެބަހުއްޓެވެ.

ރެޑްވޭވްގެ އިރުޝާދަކީ އަދި އިލްތިމާސަކީ ކަސްޓަމަރުން އެ އަގުހެޔޮ ފިހާރަ ހޯދުމެވެ.

ރެޑްވޭވްއަކީ ގިނަ އަދަދެއްގެ މުދާ އެއްތަނަކުން ކަސްޓަމަރުންނަށް ހެޔޮއަގުގައި ފޯރުކޮށްދެމުންދާ ކުންފުންޏެކެވެ. އަދި މިހާރު ރެޑްވޭވްގައި ކުރިއަށްދާ ރޯދަސޭލްގައި ކުރައްވަވާ ކޮންމެ 500 ރުފިޔާއަށް ލިބޭ ކޫޕަނުން 100،000 ރުފިޔާ އަދި އިތުރު އިނާމު ހޯދުމުގެ ފުރުސަތުވަނީ ހުޅުވާލެވިފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. ޔާމިން

  ސާބަހޭ ސަލީ މޫ.

  14
  1
 2. ާަާާެެެެަަަަަަަަަްްް އަންދު

  ރެޑްވޭވް ފިހާރަ ތަަކުން އަބަދުވެސް އާންމު ރައްޔަތުންނަށް ލުއި ގޮތްތައް ފޯރުކޮއްދެމުން ދާކަމީ އެމީހުންގެ ވިޔަފާރި ފުޅާވުމުގެ އަސްލު ކަމަށް ގިނަ ބަޔަކު ޤަބޫލު ކުރޭ! ޙާއްސަ ކޮށް ރޯދަ މަސްމަހުގައި އެފިހާރަތަކުން ކަސްޓަމަރުންނަށް ފޯރުކޮށްދެމުންދާ އިޙްލާސްތެރި ޙިދްމަތްތަކަކީ ކަސްޓަމަރުން ނުހަނު ޝުކުރުވެރި ކަމާއެކު ބަލައިގަންނަ ޙިދްމަތްތަކެއް. މިފުރުސަތުގައި އެތަނުގެ ހުރިހާ މުއައްޒަފުންނަށް އަދި ޙާއްސަކޮށް ވެރިފަރާތް އަޅުގަނޑުމެން އެންމެން ދަންނަ "ރެޑްވޭވް ސަލީމް" އަށް އިތުރު ކުރި އެރުމާއި ފާގަތިކަން މިންވަރު ކޮއްދެއްވާށި! އާމީން.

 3. ރަޝީ

  މުދާބައްލަވައިގަންނަވާފަރާތްތަކަށްހޯމްޑެލިވަރީގެޚިދްމަތްދެއްވާއިރުމިކަހަލަދުވަސްވަރެއްގަވެބްސައިޓެއްހެއްދެވުމަކީވަރަށްރަގަޅުކަމެއް.