އެސްޓީއޯއަށް ބިސް، ފިޔާ އަލުވީގެ އާ ސްޓޮކެއް އަތުވެއްޖެއެވެ.

އެސްޓީއޯއިން މިއަދު ވަނީ، އެ ކުންފުނިން ވިއްކާ އެ ތަކެތީގެ އަގުތައްވެސް ހާމަކޮށްފައެވެ. އެގޮތުން އެ ކުންފުނިން ފިޔާ ކިލޯއެއް 15 ރުފިޔާ އަށް އަދި އަލުވި ކިލޯއެއް 12 ރުފިޔާ އަށެވެ. ބިހެއް ވިއްކުމަށް ހަމަޖެހިފައިވަނީ ދޮޅު ރުފިޔާގެ އަށެވެ.

އެސްޓީއޯއިން ބުނީ، އެ ކުންފުނިން ބިސް ކޭހެއް ވިއްކަމުން ދާނީ 290 ރުފިޔާއަށް ކަމަށާއި، ފިޔާ ބަސްތާއެއް ވިއްކަމުން ދާނީ 325 ރުފިޔާއަށް ކަމަށެވެ. އަދި އަލުވި ބަސްތާއެއް ވިއްކަމުން ދާނީ 250 ރުފިޔާއަށް ކަމަށްވެސް ބުނެފައި ވެއެވެ.

އަދި މި ތަކެތި ރީޓެއިލްކޮށް ލިބެން ހުންނާނީ އެސްޓީއޯގެ ސުޕަމާރޓުން ކަމަށާއި، އިންޑަސްޓްރިއަލް ވިލެޖުގައި ހުންނަ އެސްޓީއޯގެ ގުދަނުން ހޯލްސޭލުކޮށް މި ތަކެތި ލިބޭނެ ކަމަށް އެސްޓީއޯއިން ވަނީ ބުނެފައެވެ.

އެސްޓީއޯ އިން ފިޔާ އަދި ބިސް، އަލުވި ވިއްކާ އަގުތައް އިއުލާނުކޮށްފައިވާއިރު، ފިޔާ އަލުވި، ބިސް އަދި ރީނދޫ މުގުގެ އަގު ކޮންޓްރޯލްކޮށް ގަވައިދާ ހިލާފަށް އަގުބޮޑުކޮށް އެތަކެތި ވިއްކާ ފަރާތްތައް ޖޫރިމަނާ ކުރުމަށް އިކޮނޮމިކް މިނިސްޓްރީން ވަނީ ނިންމައިފައެވެ.

ކިޔުންތެރިންގެ ހިޔާލު