އެއްފަހަރާ 6 މީހުންނަށް ކުޅެވޭ ގޮތަށް ފަރުމާކޮށްފައިވާ "ހެކްސެގަން" ކެރަމް ބޯޑު، "ފަތަހަ" އިން ތަޢާރަފުކޮށްފިއެވެ.

ފަތަހަ އިން މަޢުލޫމާތު ދިން ގޮތުގައި 6 މީހުންނަށް ކުޅެވޭ ގޮތަށް ފަރުމާކޮށްފައިވާ ކެރަމް ބޯޑަކީ މި އަހަރު ރަމަޟާން މަހަށް ޚާއްޞަކޮށްގެން ތަޢާރަފު ކުރި ބޯޑެކެވެ.

ކެރަމަކީ ރަމަޟާން މަހާއި ދިމާކޮށް ދިވެހިންގެ މެދުގައި ވަރަށް ފޯރިއާއެކު ކުޅެމުންދާ ކުޅިވަރެކެވެ. ކޮންމެ އަހަރަކު ވެސް ވަރަށްބޮޑު ތަރުޙީބެއް މި ކުޅިވަރަށް ލިބެމުންދާއިރު، މިހާރު މުޅި ދުނިޔެއަށް ދިމާވެފައި މިވާ ކޮވިޑް-19 އާއި ގުޅިގެން ސަރުކާރު އޮފީސްތަކާއި ސްކޫލް ފަދަ ތަންތަން ބަންދުކުރުމާއި ވިދިގެން ގޭގައި މަޑުކުރުމަށް ސަރުކާރުން ލަފާދީފައިވާތީ، ގޭގައި ތިބޭ އިރު ޢާއިލާއާއެކު ވަގުތު ހޭދަކުރާ ގަޑިތަކުގައި ކުޅުމަށް ގިނަ ބަޔަކު ދަނީ މި ބޯޑު ގަންނަމުންނެވެ.

https://www.facebook.com/fathahamall/photos/pcb.2265674587060551/2265673937060616/?type=3&theater&_rdc=1&_rdr

މި އަހަރު ރޯދަމަހަށް، ފަތަހައިން ގެނައި ފުލް ކޮންޓެއިނަރގެ ކެރަމްބޯޑު ތަކުގެ ތެރެއިން މިހާރު ހުރީ ހަމައެކަނި ހެކްސަގަން ބޯޑާއި އެންމެ ކުދި ސައިޒުގެ ބޯޑެވެ. ގެނައި ސައިޒުތަކުގެ ތެރޭގައި ބޮޑު ކެރަމް ބޯޑުގެ ސައިޒަކީ "32 އެވެ. އަގަކީ -/450 (ހަތަރު ސަތޭކަ ފަންސާސް) ރުފިޔާ އެވެ. އަދި މެދު ކެރަމް ބޯޑުގެ ސައިޒަކީ "26 އެވެ. އަގަކީ -/375 (ތިންސަތޭކަ ހަތްދިހަ ފަސް) ރުފިޔާއެވެ. މި ދެ ސައިޒުގެ ބޯޑުވެސް މިހާރު ވަނީ ހުސްވެފައެވެ.

ޢާއްމުކޮށް މި ހުންނަނީ 4 މީހުންނަށް ކުޅޭވޭ ގޮތަށް ފަރުމާކޮށްފައިވާ ބޯޑެވެ. ނަމަވެސް މި ފަހަރު މި ތަޢާރަފުކުރި ބޯޑަކީ ގިނަ ވެގެން 6 މީހުންނަށް އެއް ފަހަރާ ކުޅެވޭ ގޮތަށް ފަރުމާކޮށްފައިވާ "ހެކްސަގަން" ބައްޓަމަށް ހަދާފައިވާ ބޯޑެކެވެ. މި ބޯޑުގެ ބޮޑުމިނުގައި "34 ހުންނަ އިރު، އަގަކީ -/2650 (ދެހާސް ހަސޭތަކަ ފަންސާސް) ރުފިޔާއެވެ. އަދި ގަންނަ ކޮންމެ ކެރަމް ބޯޑަކާއެކު ފޮތިބަޔާއި ބޮޑު ފޮތި ލިބޭނެއެވެ.

މި އަހަރު ރަމަޟާން މަހަށް ޚާއްޞަކޮށްގެން ގެނައި ކެރަމް ބޯޑުގެ ތެރެއިން މިހާރު ލިބެން ހުންނާނީ ކުދި ސައިޒުގެ (ބޮޑުމިނުގައި "21) ކެރަމް ބޯޑާއި ހެކްސަގަން ކެރަމް ބޯޑެވެ. ކުދި ސައިޒުގެ ކެރަމް ބޯޑުގެ އަގަކީ -/265 (ދުއިސައްތަ ފަސްދޮޅަސް ފަސް) ރުފިޔާއެވެ.

ފަތަހަ އިން ބުނި ގޮތުގައި ރަމަޟާން މަސްތެރޭގައިވެސް ކެރަމް ބޯޑުގެ އައު ސިޕްމަންޓެއް ރާއްޖެ ގެންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. hahaha

    social distance hadhan eba jehey.... ekakah kulhevey carom board eh neytha...

  2. ތާސް ބައި

    އަހަރުމެން ބޭނުމީ 52 ގަނޑަށް ވުރެ ގަނޑު ގިނަ ތާސްބައެއް

  3. އެނޯ

    އަތުފަތު ނުޖެހި ވިކި ހުސްވާނެ އެއްޗެއް. ދުނިޔޭގެ އެންމެން ނުހަނު ސީރިއަސްވި ދަނޑިވަޅު ބަލާފަ ތިޔައޮތީވާ މޮޅު ކަމެއް.

    11
    1
  4. ނުގަންނާނަން

    ރަމަޟާން މަހު ތިކަހަލަ ކުޅިވަރަށް ގޮސް ވަގުތު ބޭކާރު ގޮތުގައި ހޭދަކުރުމަށްވުރެ ޤުރުއާން ކިޔެވިއްޔާ މާ ރަނގަޅުވާނެ.

    38
  5. ކޮތަރު

    ޠޫފާނެއްފަދަ ބަލިމަޑުކަމެއް މުޅިދުނިޔެއަށް ފެތުރި އިންސާނުން ގޮތްހުސްވެފަ ތިއްބާ، މުސްލިމުން އަހަރުގެ އެހެން މަސްތަކާއި ޚިލާފަށް އަޅުކަމުގައި ގިނަވަގުތު ޝާމިލްވެއުޅޭ ބަރަކާތްތެރި ރަމަޟާންމަސް ކުރިމަތިވުމުން ހަމީހުންނަށާ ބާރަމީހުންނަށް އެއްފަހަރާ ކުޅެވޭ ކެރަމް ބޯޑާއި ކުޅިވަރުގެ ސާމާނުތައް ގެނަސް ވިއްކާނަގާ.

    24
  6. ހުވަދޫ

    ޜޯދަ މަހު ގިނަ ގިނަ އިން ގްރުއާން ކިޔަވަން ވާނެއެވެ::