އެމްޓީސީސީން ހިއްސާއަކަށް ދެ ރުފިޔާ ފަސްދޮޅަސް ލާރި ބަހަން ނިންނަމައިފިއެވެ.

މިގޮތަށް އެމްޓީސީސީން ނިންމީ ރޭ ބޭއްވި އެ ކުންފުނީގެ އަހަރީ އާއްމު ޖަލްސާގައެވެ. އެ ޖަލްސާގައި ފަސް ރުފިޔާގެ ކޮންމެ ހިއްސާއަކަށް 2.6 ރުފިޔާ ބެހުމަށް ފާސްކުރީ ޖަލްސާގައި ބައިވެރިވި 501 ހިއްސާދާރުންގެ ތެރެއިން 450 ހިއްސާދާރުންގެ ވޯޓާ އެކުގައެވެ. އެއީ ޖަލްސާގައި ބައިވެރިވި 89 ޕަސަންޓު ހިއްސާދާރުންގެ އަގުލަބިއްޔަތެވެ.

މީގެ ކުރީގައި އެމްޓީސީސީގެ ހިއްސާއެއްގެ މޫނުމަތީ އަގަކީ 50 ރުފިޔާ ނަމަވެސް އެކުންފުނިން މިދިޔަ އަހަރު ވަނީ ހިއްސާއެއްގެ އަގު ފަސް ރުފިޔާއަށް ކުޑަކޮށްފައެވެ. އަދި މީގެ ކުރިން ހިއްސާދަރުން ގަނެފައި އޮތް ކޮންމެ ހިއްސާއަކީ 10 ހިއްސާ ކަމަށް ކަނޑައަޅާފައެވެ.

އެމްޓީސީސީގެ ސީއީއޯ އިބްރާހިމް ޒިޔަތު ވިދާޅުވީ ގޮތުގައި މިއީ މިދިޔަ އަހަރާ އަޅާ ބަލާއިރު ގާތްގަނޑަކަށް ދެގުނަ އަދަދެކެވެ.

އެމްޓީސީސީގެ ހިއްސާ ބެހިފައިވާ ގޮތަށް ބަލާއިރު ކުންފުނީގެ 64.20 އިންސައްތަ ހިއްސާ އޮންނަނީ ދިވެހި ސަރުކާރުގެއެވެ. އަދި ކުންފުނީގެ 4.65 އިންސައެްތަ ހިއްސާ މޯލްޑިވްސް ނޭޝަނަލް ޝިޕިންގް ލިމިޓެޑަށް އޮންނައިރު އާންމު ހިއްސާދާރުން ކޮންޓްރޯލުކުރަނީ ކުންފުނީގެ 31.15 އިންސައްތަ ހިއްސާއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ދިސްވޭ

    މަހާޖައްރާފް އަކީ ސަރުކާރުން ލޯން ދޫކޮށްގެން ނަމަވެސް އެމްޓީސީސީ އަށް ގަންނަން މުހިއްމު އުޅަނދެކެވެ. ހަމަ އެކަނި މަހާ ޖައްރާފް އިން މާލެ ސަރަހައްދުގައި ހުރި ފަޅު ތައް ހިއްކާ ކުއްޔަށް ދިން ނަމަވެސް އެމްޓީސީސީ އަށް މަހަކު 1 ބިލިއަން ރުފިޔާގެ ފައިދާ އެއް ލިބޭނެއެވެ. އެމްޓީސީސީން ބައްލަވަންވީ ސަރުކާރުގައި އެދިގެން ތިލަފުށި އިރުން އޮތް ބޮޑު ފަޅު އެމްޓީސީސީ އަށް 1000 އަހަރަށް ނަގައިގެން އެތަން ހިއްކައިގެން އެތަނުގައި ހުރި ބިން ތައް އަކަފޫޓަކަށް މަހަކު 1 ރުފިޔާ އެމްޓީސީސީ އަށް ލިބޭ ގޮތަށް ކުއްޔަށް ދޭން މާލެ ރިސޯރޓްސް ތަކުގެ މާލެ އޮފީހާއި ގުދަން ހެދުމަށް ޓަކައި. އެެއިރުން އެތަން ބަދަލުވާނީ ރިސޯރޓްސް ތަކުގެ އޮގްޒިލަރީ ސަޕޯރޓް ދޭ ތަނެއްގެ ގޮތުގައި ނޫންތޭ. ރާއްޖޭގައި އެއް މިލިއަން ރިސޯރޓްސް ހުންނަ އިރު އެ ރިސޯރޓްސް ތަކުގެ މާލެ އޮފީސް އަޅާނެ ތަން ނުހުންނާނެއޭ އެހެންވީއިރުން މިކަމަށް އެންމެ ރަނގަޅީ މިދެންނެވުނު ލޮކޭޝަންއޭ.