ދިވެހިން އެތަށް އަހަރެންވަންދެއް އެ ބްރޭންޑެއްގެ ކޮލިޓީ ދެކި ތަޖުރިބާކޮށްފައިވާ، ޝާޕް ބްރޭންޑް މުޅިންއާ މޮޑެލްތަކެއް އަނެއްކާވެސް ރެޑްވޭވުން ރާއްޖޭގެ ބާޒާރަށް ތައާރަފް ކޮށްފިއެވެ.

ރެޑްވޭވް އިން ބުނީ މިފަހަރު ތައާރަފްކޮށްފައި ވަނީ ޝާޕް ބްރޭންޑުގެ އެޑްވާންސް އިންވާޓާ "ފްރަންޓް ލޯޑް" ދޮންނަމެޝިން ކަމަށެވެ. އެއީ މުޅި ރާއްޖެއަށްވެސް އަލަށް ތައާރަފްކުރެވިގެން ދިޔަ ޝާޕްގެ ރޭންޖެކެވެ. އެއީ ގިނަ ކަސްޓަމަރުންގެ އެދުމުގެ މަތީން ރާއްޖޭގެ ބާޒާރަށް ތައާރަފްކޮށްފައިވާ މޮޑެލް އެއް ކަމަށް ރެޑްވޭވް އިން ބުނެއެވެ.

މިގޮތުން ތައާރަފް ކުރެވިފައިވަނީ ޖަޕާންގެ ޓެކްނޮލޮޖީއިން ފަރުމާކުރެވިފައިވާ މޮޅު އިންވާޓަރ މޮޓޯރު ހިމެނޭ ދޮންނަމެޝިނެކެވެ. އަދި މީގެ އިތުރުން އެ މެޝިނަކީ ކަރަންޓު އަދި ފެނުގެ ޚަރަދު ކުޑަ މެޝިނެކެވެ. ކޮންމެ ވައްތަރެއްގެ މެޓީރެއަލްއެއްވެސް ދޮވެލުމުގެ ޤާބިލްކަން ލިބިފައިވާ އެ މެޝިނަކީ އަޑުމަޑު މެޝިނެކެވެ.

ޝާޕް ބްރޭންޑުގެ އެ ދޮންނަ މެޝިން ރެޑްވޭވުން ލިބޭނީ ސާވިސް ވޮރަންޓީއާއި ވެސް އެކުގައެވެ. ސާވިސް ފޯރުކޮށްދޭނީ ރެޑްވޭވް ގެ ސާވިސް ޓީމުންނެވެ. ޝާޕްގެ އިތުރު ރޭންޖުތަކެއް ރެޑްވޭވްގެ ރޯދަ ސޭލްގެ ތެރެއިން ތައާރަފު ކުރެވިގެންދާނެ ކަމަށް ރެޑްވޭވް އިން ބުނެއެވެ.

ރެޑްވޭވްއަކީ ގިނަ އަދަދެއްގެ މުދާ އެއްތަނަކުން ކަސްޓަމަރުންނަށް ހެޔޮއަގުގައި ފޯރުކޮށްދެމުންދާ ކުންފުންޏެކެވެ. އަދި މިހާރު ރެޑްވޭވްގައި ކުރިއަށްދާ ރޯދަސޭލްގައި 500 އިން މަތީގެ ހުރިހާ ވިޔަފާރިއަކަށް ލިބޭ ކޫޕަނުން 100،000 ރުފިޔާ އަދި އިތުރު އިނާމު ހޯދުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ފާތުމަ

    ތިހުރިހަާ އެއްޗެއް ލިޔުނުއިރު އަގު ޖަހާލިނަމަ ދޯ

  2. މޮހޮދު

    ބަލަ ފާތުމާ އަގު އެހެރީ ޖަހާފައޭ، ރަނގަޅަށް ފޮޓޯ ބަލާލަބަލަ.