ކޮވިޑް-19 އާ ގުޅިގެން މިދިޔަ މާޗް މަހުގެ ދައުލަތަށް ލިބުނު އާމްދަނީ ބޮޑުތަނުން ދަށްވެފައިވާ ކަމަށް މީރާ އިން ބުނެފިއެވެ.

މީރާ އިން ނެރުނު ބަޔާނެއްގައި ބުނީ މިދިޔަ މަހު އެ ތަނަށް 1.1 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށެވެ. މިއީ މި އަހަރުގެ މި މުއްދަތުގައި ލިބޭނެ ކަމަށް އަންދާޒާ ކުރި އަދަދަށް ވުރެ 20.3 ޕަސެންޓް ދަށް އަދަދެއް ކަމަށް ވެސް މީރާ އިން ބުންޏެވެ. މިދިޔަ ފެބްރުއަރީ މަހު ދައުލަތަށް އާމްދަނީގެ ގޮތުގައި ލިބުނީ 1.4 ބިލިއަން ރުފިޔާއެވެ.

މާޗް މަހު ލިބުނު އާމްދަނީ އަކީ މިދިޔަ އަހަރުގެ މާޗް މަހަށް ވުރެ 26.9 ޕަސެންޓް ދަށް އަދަދެއް ކަމަށް ވެސް މީރާ އިން ބުންޏެވެ.

މީރާ އިން ބުނި ގޮތުގައި މާޗު މަހުގެ އާމްދަނީ ދަށްވި މައިގަނޑު ސަބަބަކީ ކޮވިޑް-19 އާ ގުޅިގެން ސަރުކާރު ބަންދުކުރުމުގެ ސަބަބުން އެ މުއްދަތުގެ ތެރޭގައި އައިސްފައިވާ ޓެކުހުގެ ސުން ގަޑިތައް ލަސްވުމާއި، މި އަހަރު ރާއްޖެ އަށް ޒިޔާރަތްކުރި ޓޫރިސްޓުންގެ އަދަދު 11.1 ޕަސެންޓަށް ދަށްވުމެވެ.

މިދިޔަ މަހުގެ އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާ ކުރަނީ ޖީއެސްޓީއެވެ. ޖީއެސްޓީގެ ގޮތުގައި 637.67 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް މީރާ އިން ބުންޏެވެ. މިއީ ދައުލަތުގެ އާމްދަނީގެ 57.3 ޕަސެންޓެވެ. ދެވަނަ އަށް އެންމެ ބޮޑު އާމްދަނީއެއް ލިބުނީ ޓޫރިޒަމް ލޭންޑް ރެންޓުގެ ގޮތުގައި 131.64 މިލިއަން ރުފިޔާއެވެ.

މީގެއިތުރުން، ބީޕީޓީގެ ގޮތުގައި 81.38 މިލިއަން ރުފިޔާ ލިބުނު އިރު ގްރީން ޓެކުހުގެ ގޮތުގައި 74.04 މިލިއަން ރުފިޔާ ލިބުނު ކަމަށް މީރާގެ ބަޔާނުގައިވެއެވެ. މި މުއްދަތުގައި އެއާޕޯޓު ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 59.17 މިލިއަން ރުފިޔާ ލިބުނު އިރު އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި ލިބިފައިވަނީ 128.68 މިލިއަން ރުފިޔާއެވެ. މި މުއްދަތުގައި ދައުލަތަށް އާމްދަނީގެ ގޮތުގައި 49.2 މިލިއަން ޑޮލަރު ލިބުނެވެ.

 

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ސަބްރީ

    މިވެސް ދެން ޚަބަރެއް.. ރައްޔިތުންގެ ހެޔޮވެރިކަމުގަ ވިޔަފާރިތަށް ފުނޑާލަން ނޫޅޭ ތި މީރާގެ ކޮމިސަނަރުން ވެސް ވެއްޖެ ބަލައިގެން އުޅެން. އާ ކޮމިސަނަރުންގެ ކަނތައް މާ ނުބައި. ވާނުވާ ވެސް އިނގޭ ހެން ހިއެއް ނުވޭ އެވެރިންނަށް... ދެ އަތް ޖީބަށް ޖަހައިން ހިނގިޔަސް ބޮޑުވީ ކީ ނޫން. މީހާ ބޮޑުވާކަން އިނގެނީ ކުރާ ކަންތަކުގެ ހަރުދަނާ ކަމުން... މިވެރިން ހީވަނީ އަކުންބަކުން ކުޅޭހެން...

  2. ޕަޕެޓް

    މި މީރާ މީހުން ވެސް މިހާރު ސިޔާސީ ވެއްޖެ މާބޮޑަށް ވެސް. އާ ކޮމިޝަނަރުން ލީ ތަން ބޮޑު ތަނުން ބަދަލުކޮށް ހިންގާލަން. އެކަމަު މި ފެންނަނީ ފިނޭންސް މިނިސްޓރީ ގެ ޕަޕެޓުންތަކުގެ ގޮތުގައި... އަނެއްކޮޅުން ވަކި ބަޔެއްގެ ވިޔަފާރި ކުރިއަރުވަން ކޮޅުދޭ ތަނެއްގެ ގޮތުގައި.. ކުރިން މި ވެރިން މާ ނައްޓަ ނައްޓައިން އުޅުނީ މިހެން ވަކި ބަޔެއްގެ މުށުތެރެއަށް މީރާ ނުލެވުނީމަ.

  3. ސަރުދާރު

    ތިޔަހެން ދައްވަމުން ދެން ދާނީ... އެއީ ލިބޭ އެއްޗެއް ދެކޮޅުޖެހޭތަން ނުފެންނަން ފެށީމާ ދައްކާ ގިނަމީހުން ވެސްނުދައްކާނެ... އަނެއްކޮޅުން ވަކިބަޔަކު ނުދެއްކިޔަސް ވަރިހަމަވެފަ މީރާއަށް މިހާރު އޮންނަނީ.. މި ގައުމުގަ ހަމަ އެކަނި ހުރި ކޮރަޕްޓް ނުވެ ހުރި ތަނުގެ ހާލތުވެސް މިއަދު މިވަނީ ބަދަލު ވެފައި....މީ ހިތާމަ ހުރި ކަމެއް.

  4. ޕްރެސް

    ތިޔަހެން ދައްވަމުން ދެން ދާނީ... އެއީ ލިބޭ އެއްޗެއް ދެކޮޅުޖެހޭތަން ނުފެންނަން ފެށީމާ ދައްކާ ގިނަމީހުން ވެސްނުދައްކާނެ... އަނެއްކޮޅުން ވަކިބަޔަކު ނުދެއްކިޔަސް ވަރިހަމަވެފަ މީރާއަށް މިހާރު އޮންނަނީ.. މި ގައުމުގަ ހަމަ އެކަނި ހުރި ކޮރަޕްޓް ނުވެ ހުރި ތަނުގެ ހާލތުވެސް މިއަދު މިވަނީ ބަދަލު ވެފައި....މީ ހިތާމަ ހުރި ކަމެއް.

  5. އަންވަރު

    ތިޔަކަން ތިހެން އޮތަސް މިފަދަ ދަނޑިވަޅެއްގަ މުވައްޒަފުންގެ ސަލާމަތާ ރައްކާތެރިކަން ނަގާލާ އެ މުވައްޒަފުން ގަދަކަމުން ނެރެގެން ލާރި ހޯދަން މަސައްކަތް ކުރުމަކީ ހަމަ އަޅުން ގެންގުޅޭހެން ގެންގުޅުން.. މީކީ ގަބޫލުކުރެވޭނެ ކަންތައްތަކެއްނޫން. ވެރިން ބަދަލު ކުރި މަގްސަދު ހާސިލުނުވެ ގޯހުން ގޯހަށް މިދަނީ..

  6. ނުއުމާނު

    ފަތުހުއްﷲ އާއި އަސްމާގެ މަގްބޫލުކަން ކުރިން ވެސް އޮތީ ނެގެޓިވް ކޮށް.. މިހާރު އިތުރު %26 އަށް ނެގެޓިވެ ވީ ތި.

  7. ގަރީބު

    ތީ ދައުލަތް ހިންގަން ތިބި މީހުންނަށް ވަރަށް ދެރަ ކަމެއް. އެކަމަކު މި ފަދަ ނާޒުކު ދަނޑިވަޅެއްގައި ވަކި ބަޔަކު ރުއްސަން ތަނުގެ މުވައްޒަފުން މަސައްކަތަށް ނެރެ އެތަށް ނޭގޭ މީހުންނާ ދިމާކުރުވާ ރިސްކުގެ ތެރެއަށް ވައްޓާލަން ހެޔޮނުވާނެ...