ކޮވިޑް-19 އާއި ގުޅިގެން ގިނަ ބަޔަކު ގޭގައި މަޑުކުރަން ޖެހިފައި ވާއިރު އެތައް މިލިއަން ދަރިވަރުންނެއް ދަނީ އޮންލައިން ސްކޫލިން ބޭނުން ކޮށްގެން ކިޔަވަމުންނެވެ. އެހެންކަމުން އޮންލައިންކޮށް ކިޔަވައިދޭނެ ޓީޗަރުންނަށް މުޅި ދުނިޔެ ވަނީ ބޭނުން ވެފައެވެ. އޮންލައިންކޮށް ދަރިވަރުންނަށް ކިޔަވައިދެވޭނެ ތަފާތު ޕްރޮގްރާމްތައް މިހާރު އިންޓަނެޓްގައި އެބަހުއްޓެވެ. އޭގެތެރެއިން އެންމެ މަގުބޫލް އެއް ޕްރޮގްރާމަކީ ޓިއުޓޯ ޖޮބްސް އޮންލައިން އެވެ.

މި ޕްރޮގްރާމް ބޭނުންކޮށްގެން ދަރިވަރުންނަށް ކިޔަވައިދޭ ބައެއް މީހުން ބުނާ ގޮތުގައި މަހަކު 5000 އެމެރިކާ ޑޮލަރުގެ އާމްދަނީއެއް ވެސް މި ވެބްސައިޓް ބޭނުން ކޮށްގެން ޓީޗަރަކަށް ހޯދިދާނެއެވެ. ގަޑިއަކު 30 އެމެރިކާ ޑޮލަރާއި 50 އެމެރިކާ ޑޮލަރާއި ދެމެދުގެ އާމްދަނީއެއް ވެބްސައިޓް މެދުވެރިކޮށް ހޯދިދާނެއެވެ. ކޮންމެ ދަރިވަރެއްގެ އަތުން 500 ޑޮލަރުގެ ފީއެއް ޓީޗަރުންނަށް މި ވެބްސައިޓުން ލިބޭނެއެވެ.

ކިޔަވައި ދެވިދާނެ އެތައް މާއްދާއެއް ވެބްސައިޓްގައި އެބަހުއްޓެވެ. އިނގިރޭސި، އެކައުންޓިން، އިކޮނަމިކްސް، ބައިލޮޖީ، ކެމިސްޓްރީ ފަދަ އާއްމު މާއްދާތަކުގެ އިތުރުން ޔޯގާ، އޮފީސް ސްކިލްސް، ޓައިޕިން ފަދަ މާއްދާތައް ވެސް މި ވެބްސައިޓުން ކިޔަވައި ދެވެއެވެ. އޭގެ އިތުރުން ލޯ، ހިއުމަން ރިސޯސް މެނޭޖްމަންޓް އާއި އިތުރު އެހެން ބަސްތައް ވެސް ކިޔަވައި ދެވިދާނެއެވެ.

މި ވެބްސައިޓްގައި ރަޖިސްޓްރީ ވުމުން ހަތް ދުވަހުގެ ޓްރިއަލްއެއް ލިބޭނެއެވެ. ފުރަތަމަ ހަތް ދުވަހަށް އެއް ޑޮލަރުގެ ފީއެއް ޓީޗަރުން ދައްކަން ޖެހޭނެއެވެ. އަދި އޭގެ އިތުރުން ދެން ކޮންމެ މަހަކު 27 ޑޮލަރުގެ ފީއެއް ޓީޗަރުން ދައްކަން ޖެހޭނެއެވެ.

ވެބްސައިޓްގެ ލިންކް

ގޭގައި ތިބެގެން މަސައްކަތް ކުރަން ބޭނުންވާ ފަރާތްތަކަށް މިއީ ރަނގަޅު އާމްދަނީއެއް ހޯދިދާނެ ޕްލެޓްފޯމަކަށް ވާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ކާފަރ

    ކުރިންވެސް މިފުރުސަތު އޮތޭ. އެކަމަކު ޓީޗަރުންނަކީ އެންމެ ޖާހިލުން ވީމަ ނޭންގެނީ. އެމީހުން ބަލާނީ ފޮތުގަ އޮންނަ އަކުރު ބޮލަށް ވައްދައިދެވޭތޯ. އޭގެ ނަތީޖާދޯ ގްރޭޑް 10 ނިންމާފަ އޮފީހަކަށް ވަދެ ކޮމްޕިއުޓަރުން ސިޓީގަނޑެއް ލިޔަން ދަސްކުރަން އަލުން ޖެހެނީ. އޭގެ ޑްރާފްޓްވެސް އަލުން ދަސްކުރަންޖެހެނީ.

    • ޖާހިލު

      ޓީޗަރުން ނަކީ ޖާހިލުން ވީމަ ދަރިން ނުފޮނުވަން ވީނު ސްކޫލަށް. ގޭގަ ތިޔަ ކަހަލަ ތަންދޮރުފިލާ މީހުން ކިޔަވައިދޭން ވީނު؟ ޓީޗަރުން ކިޔަވައިދޭއިރު ކަވާކުރާ ވަކި ސިލަބަސް އެއް މިނިސްޓްރީން ކަނޑައަޅާފަ އޮންނަކަން ނޭނގެނީ ކީއްވެތަ ތިޔަ ތަންދޮރުފިލާ މީހައަށް؟ ޓީޗަރުތަ ކިޔަވަދޭ އެއްޗެހި ކަނޑައަޅަނީ؟

    • ޭވިސްނޭމީހާ

      ކިޔަވައިދޭން ލިބެނީ 35 މިނެޓ ކުލާހެއްގަ 29 ކުދިން އެޑިޔު ކޭޝަނުން ހަދަާ ސިލަބަސް އަހަރައް ނުގަތާ ، ދަރިވަރުންގެ ބެލެނިވެރިން ވިހަަތަނުން އެ ކުދިންނަށް ފޯނުދޭ އެފޯނު ބޭނުން ކޮށް ދަރިވަރުން ވިޔާނުދާ ކަންތައް ދަސް ކުރޭ. އެ ކަމުގެ ސަބަބުން ދަރިވަރުން މައިންބަފައިންނައް އޮންނަ ބިރު ކުޑަވެ ކުލާހުގައި ސަ ކަރާތް ޖަހާ ކިޔަވަން ދާ ކުދިންނަށް އުދަގޫވެ 35 މިނެޓް އެދަރިވަރު ކޮންޓުރޯލް ކުރުމުގަ ޓީޗާރ އުޅެންޖެހޭ.
      ކިޔަވަން މަސައް ކަތް ކުރާ ދަރިވަރުންގެ ބެލެނިވެރިން ކައިރި އެދަރިވަރޔންގެ ލެސަންތައް ގެއްލޭތީ ޝަ ކުވާ ކުރުމުން ބެލެނިވެރިން މުދައްރިސާދިމާލައް އެއްޗެހިގޮވާ ހަދާ. އެޑިއު ކޭޝަން މިނިސްޓާރ ގޯސް ކޮށްއުޅޭދަރިވަރައް ކިޔަވަދޭން އަމުރު ކުރޭ ، އެ ކަމް އަދަބެއް ދީފިނަމަ އެ ކަން ކުއްވެރި ކޮށް މުދައްރިސައް ފިޔަވަޅު އަޅާ. މުދައްރިސުން ނަށް ބާރެއްނެއް. އޮތީ ދެ ކޮޅުން ފިތިގެން ތިބުން. ވަރައްދެރަ މުދައްރިސުންނައް މިހެން ކަންތައް ކުރާތީ