ކޮވިޑް-19 އާ ގުޅިގެން މާލެ ސަރަހައްދު ފުރަބަންދުކޮށްފައިވިޔަސް، މިރޭ 8:30 ވަންދެން މޯލްޑިވް ގޭހުން ޑެލިވަރީ ކުރަން ނިންމައިފިއެވެ.

މޯލްޑިވް ގޭހުން ކުރި އިއުލާނެއްގައި ބުނީ ކޮވިޑް-19 އިން މާލެ އިން ފެނުމާ ގުޅިގެން މިއަދު އެ ކުންފުނީގެ އިމަޖެންސީ ޑެލިވަރީގެ ހިދުމަތް ލިބޭނެ ކަމަށެވެ. އެ ކުންފުނިން ރޭ ވެސް މާލެ ސަރަހައްދުގައި ޑެލިވަރީގެ ހިދުމަތް ވަނީ ދީފައެވެ.

ލޮކްޑައުންގެ ސަބަބުން މޯލްޑިވް ގޭސްގެ ކޯލް ސެންޓަރު ބަންދެވެ.

އެކަމަކު، ންފުނިން އެންމެފަހުން ތައާރަފުކުރި އެސްއެމްއެސްގެ ހިދުމަތާއި ވެބްސައިޓު maldivegas.com/order މެދުވެރިކޮށް ހިދުމަތް ލިބޭނެއެވެ.

އެސްއެމްއެސް މެދުވެރިކޮށް އޯޑަރުދޭ ނަމަ ކަސްޓަމަރުގެ ކޯޑާއި އައިޑީކާޑު ނަންބަރު އަދި އައިޓަމް ކޯޑު ޖެހުމަށް ފަހު 7201616 އަށް މެސެޖު ކުރުމުން އޯޑަރު ދެވުނީއެވެ. އަދި އިތުރު އެހީއެއް ބޭނުންވާ ނަމަ "ހެލްޕް" ޖެހުމަށް ފަހު އެސްއެމްއެސް ކުރުމުން އެ ހިދުމަތް ވެސް ލިބޭނެއެވެ.

ރައްކާތެރިކަމާއެކު ގޭސް ޑެލިވަރީ ކުރުމުގެ ގޮތުން ޑެލިވަރީ ކޮށްދޭ ހުރިހާ މީހުން ވެސް މާސްކާއި އަންގި ބޭނުން ކުރާނެއެވެ. އަދި ޑެލިވަރި ކުރުމުން ފައިސާ ދެއްކުމުގެ ބަދަލުގައި އޮންލައިންކޮށް ފައިސާ ދެއްކޭ ޕޯޓަލެއް ވެސް އެ ކުންފުނިން ވަނީ ތައާރަފްކޮށްފައެވެ.