މާލެއިން ކޮވިޑް-19 ފެނުމާއި ގުޅިގެން މުޅި މާލެ ސިޓީ ފުރަބަންދު (ލޮކްޑައުން) ކޮށްފައިވާ މި ދަނޑިވަޅުގައި ފަތަހައިން ޑެލިވަރީ ހިދުމަތް ދެމުން ދާނެ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

ފަތަހައަކީ ގޭތެރެއަށް ބޭނުންވާ ހުރިހާ ސާމާނެއް ވިއްކަމުން އަންނަ ބައެކެވެ.

ފަތަހަ އިން ޑެލިވަރީ ހިދުމަތް ދެމުންގެންދާނީ 50 ރުފިޔާއަށްވުރެ މަތިން އޯޑަރު ކުރާ ތަކެއްޗެވެ.

ފަތަހައިން ބުނީ، ފަތަހަ މޯލް ފޭސްބުކް ޕޭޖަށްމެސެޖްކޮށްގެންނާއި، އެ ފިހާރައިގެ ހޮޓްލައިން 9446609 އަށް ޑެލިވަރީއަށް ބޭނުންވާ އައިޓަމެެއް ނޫނީ އައިޓަމްތަކެއްގެ ނަންތައް ޖެހުމަށްފަހު ފޮނުވާލުމުން މާލެ ނޫނީ ފެރީ އާއި ބޯޓު ފަހަރުތަކަށް ޑެލިވަރީ ކޮށްދެމުން ދާނެ ކަމަށެވެ.

އަދި ޑެލިވަރީގެ ހިދުމަތް ބޭނުންވާ ފަރާތުގެ މައުލޫމާތު، (ނަން، ފޯން ނަމްބަރު، ޑެލިވަރީކޮށްދޭންވީ ތަނުގެ މައުލޫމާތު، ފައިސާ ދައްކަން ބޭނުންވާ ގޮތް) ލިޔުމަށްފަހުފޭސްބުކް ޕޭޖަށްމެސެޖްކޮށްގެންނާއި، އަދި 9446609 އަށް މެސެޖް/ވައިބާކޮށްގެން ވެސް ޑެލިވަރީ ހިދުމަތް ލިބިގެން ދާނެ ކަމަށް ފަތަހަ ކުންފުނިން މައުލޫމާތު ދެއެވެ.

ފަތަހައިން ބުނީ، އެތަނުން ވިއްކާ ތަކެތީގެ ފޮޓޯތައް ކަސްޓަމަރުންގެ އެދިއްޖެ ހާލަތެއްގައި ވެރިފައި ކުރުމަށް ފޮނުވާ ދޭނެ ކަމަށެވެ.

ފަތަހަ ކުންފުނިން ކޮންމެ ދުވަހެއްގެެވެސް ހެނދުނު 9:00 އިން ރޭގަނޑު 11:00 އާއި ހަމައަށް ޑެލިވަރީ ހިދުމަތް ދެމުން ދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

 1. ބާރީ

  "ހަމަކަށަވަރުން ތިމަންރަސްކަލާނގެ ތިއަބައިމީހުން އިމްތިޙާން ކުރައްވާހުށީމެވެ. (އެއީ) ބިރުވެރިކަމާއި ބަނޑުހައިހޫނުކަމުގެ ތެރެއިން ކަމެއް މެދުވެރިކުރެއްވުމުންނެވެ. އަދި މުދާތަކާއި ފުރާނަތަކާއި މޭވާތައް އުނިކުރެއްވުމުންނެވެ. އަދި ކެތްތެރިންނަށް އުފާވެރިކަމުގެ ޚަބަރު، ކަލޭގެފާނު ދެއްވާށެވެ!"

  "އެއުރެންނީ އެއުރެންނަށް މުޞީބާތެއް ޖެހިއްޖެނަމަ، ހަމަކަށަވަރުން ތިމަންމެންނީ، ﷲ އަށް މިލްކުވެވޮޑިގެންވާ ބައެކޭ، އަދި ހަމަކަށަވަރުން ތިމަންމެންނީ، އެކަލާނގެ ޙަޟްރަތަށް އެނބުރިދާނޭ ބައެކޭ ބުނާ މީހުންނެވެ."

  (އަލްބަޤަރާ: 155،156)

 2. ޖޯން

  ފުރަބަންދުގައި ތިބެގެން އަހަރުމެންމިއުޅެނީ ތެލި ސަމުސާ ނުކެވިގެންތަ؟

  1
  1