މާލޭގައި ހުރި ފިހާރައެއްގައި ބަންދު ބޯޑު އަޅުވައި، ކަޅު ފޮތިން "މުދާތައް" ފޮރުވާފައި ހުއްޓައި މެދުއުމުރުގެ މީހަކު 100ރ. ހިފައިގެން ފިހާރަ ކައިރިއަށް އައިސް ބުނީ ފެން ކޭހެއް ދިނުމަށެވެ. އޭރުގައި ފިހާރައިގެ ބޭރުގައި، އެތަނުގެ ވެރިއަކު އިށީނދެލައިގެން އިނެވެ. ވިޔަފާރި ކުރަން އައި މީހާ ބުނީ، ފުލުހުން އެމީހާ ހިފަހައްޓަފާނެތީ އަވަހަށް ފެން ކޭހެއް ދިނުމަށެވެ. ގޭގައި ތިބޭ މީހުން ރޭއްސުރެ، ތިބީ ފެން ނުބޮއެ ވަރަށް ހާލުގައި ކަމަށް އަސަރާ އެކީގައި އެމީހާ ބުންޏެވެ.

މާލެ އިން ފުރަތަމަ ފަހަރަށް ކޮވިޑް-19 ޖެހިފައި ހުރި މީހަކު ފެނުމާ އެކީގައި މާލެ، ހުޅުމާލެ އަދި ވިލިމާލެ އިއްޔެ އިން ފެށިގެން ވަނީ 24 ގަޑިއިރަށް ފުރަބަންދަކަށް ގޮސްފައެވެ. ގެއަށް ބޭނުންވާ ޒަރޫރީ ތަކެތި ގަނެވޭނެ ހަމައެކަނި މަގަކީ، ފިހާރަތަކުންދޭ ޑެލިވަރީގެ ހިދުމަތެވެ. އެކަމަކު، ހިދުމަތް ދެވެނީ މިހާރު ވަކި ގަޑިތަކެއްގައެވެ.

ފުރަބަންދުގެ ހާލަތަކަށް މާލެ ސިޓީ ގޮސްފި ނަމަ، ހިދުމަތް ދޭނެ ފިހާރަތަކުގެ މައުލޫމާތު މާލެ ސިޓީ ކައުންސިލާއި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ދުރާލާ އާންމުކުރިއެވެ. އެކަމަކު، އާންމުންގެ ޝަކުވާތައް މިހާރު ވަނީ ޑެލިވަރީ ހިދުމަތްދޭ ފިހާރަތަކަށް އަމާޒުވެފައެވެ.

ގިނަ ބަޔަކު ބުނާ ގޮތުގައި ދީފައި ހުރި ނަންބަރުތަކަށް ގުޅިޔަސް ފޯނު ނަގަނީއެއް ނޫނެވެ. އެހެން ބައެއް ފޯނުތައް އޮންނަނީ ނިއްވާލައިފައެވެ. ބައެއް ފިހާރަތަކުން އޯޑަރު ނެގުމަށް ފަހު، ހަބަރެއް ނުވެ އެތައް ގަޑިއިރެއް ވެއްޖެއެވެ. އެއް ގަޑިއިރުތެރޭގައި ޑެލިވަރީކޮށްދޭނެ ކަމަށް ބުނި ނަމަވެސް، އެ ހިދުމަތް ނުދީ އެތައް ގަޑިއިރެއްވެއްޖެއެވެ.

އާންމުން ބުނި ގޮތުގައި މާލެ ސަރަހައްދުގައި ޑެލިވަރީގެ ނިޒާމު އޮތީ ފެއިލްވެފައެވެ.

އެކަމަކު، ފިހާރަތަކުން އެކަން ގަބޫލެއް ނުކުރެއެވެ. ބައެއް ފިހާރަތަކުގެ ވެރިން ކިޔައި ދިން ގޮތުގައި ޑެލިވަރީ ކުރުން ލަސްވަނީ ގިނަ އޯޑަރުތަކެއް އެއްފަހަރާ އައިސްފައި ހުރުމުންނެވެ. އެހެންވެ، މިވަގުތަކީ ކެތްތެރިވާން ޖެހޭ ވަގުތެއް ކަމަށް ވެސް އެމީހުން ގަބޫލުކުރެއެވެ.

"އަޅުގަނޑުމެންގެ ފިހާރައަށް އެއް ގަޑިއިރުގެ ތެރޭގައި އައި 50 އަށް ވުރެ ގިނަ އޯޑަރު. އެ ހުރިހާ އޯޑަރުތަކެއް ޑެލިވަރީ ކުރަން ވަގުތު ނަގާނެ. ރައްޔިތުން ވަރަށް ބޮޑަށް ކެތްތެރިކަމާއި މަޑުމައިތިރިކަމާ އެކީގައި ތިބެން ޖެހޭ އެބަ. އަޅުގަނޑުމެން މިތިބީ ގައުމީ ހިދުމަތުގައި. އެންމެން ކަހަލަ ގޮތަކަށް ހިދުމަތް ދޭން ޖެހިފައި މިތިބީ،" މާލޭގެ މަޝްހޫރު ފިހާރައަކުން "ވަގުތަށް" މައުލޫމާތު ދިން މީހަކު ބުންޏެވެ.

އެކަމަކު، ބައެއް ދިވެހިން އެކަން ގަބޫލެއް ނުކުރެއެވެ. ބައެއް ފިހާރަތަކަށް ގޮސް، ކިއޫގައި ތިބެގެން ވެސް ހިދުމަތް ހޯދޭތޯ އެބަ ބަލައެވެ. ފިހާރަތަކުގެ ކައިރިއަށް ގޮސް އާދޭސް ވެސް ކުރަނީއެވެ. އެކަމުގެ ސަބަބުން ޑެލިވަރީ ކުރުމުގައި އުޅޭ މީހުންނަށް ވެސް ބޮޑެތި އުނދަގޫތަކަކާ ވަނީ ކުރިމަތިލާން ޖެހިފައެވެ.

މާލެ ސިޓީގައި ޑެލިވަރީގެ ހިދުމަތް ދިނުމަށް ފުލުހުން ކަނޑައަޅާފައިވާ ވަގުތަކީ ހެނދުނު 9:00 އިން މެންދުރު 2:00 އަށް އަދި ހަވީރު 3:00 އިން އިރުއޮއްސި 6:00 އަށް އަދި ރޭގަނޑު 8:00 އިން 11:00 އާ ހަމައަށެވެ. ހިދުމަތް ދެވޭނީ ފުލުހުން ދޭ ހާއްސަ ހުއްދައެއް ލިބިފައިވާ ފިހާރަތަކަށާއި ކެފޭ ރެސްޓޯރެންޓު ތަކަށެވެ.

މާލޭގައި ދިރިއުޅޭ ރައްޔިތުންގެ މިވަގުތު އެންމެ ބޮޑު އެދުމަކީ ޑެލިވަރީގެ ނިޒާމް އިތުރަށް ފުރިހަމަ ވާނެ މަގެކެވެ.

ކިޔުންތެރިންގެ ހިޔާލު

37 ކޮމެންޓް

  1. އަވަސްހަބަރު

    ކުނި އުކާލަން ވެމްކޯއިން ނުކުޅެދި މާލެ މަގުމަތި ގޮޑަކަށް ވެއްޖެއް.

    34
    17
    • މަ

      ދެން އަމިއްލަ ކޮމްޕެނީ ތަކުންވެސް ކުނި އުކާލެވޭ ހުއްދަ ނެތްތަ؟

      16
      4
  2. ރައްޔިތުމީހާ

    ވެމްކޯއެއްނޫން ނުކުޅެދުނީ! ނުކުޅެދުނީ މާލޭގައި ދިރިއުޅޭ ގޮތެއް ފޮތެއްނެތް ރައޔިތުން!

    51
    11
  3. ވެރިން

    ޑެލިވަރީ ނިޒާމު އެކަންޏެއްނޫން މުޅި ސަރުކާރު އޮތީ ފެއިލްވެފަ .

    56
    26
    • Anonymous

      ވަރަށް ބޮޑު ތެދެއް.

      2
      2
  4. ޫުުގގގ

    ޙަވީރު ހަ އެއއ އއް ޖެހި އިރު ގުޅީމަ ބުނީ 7 ގެ ފަހުން ދާނޭ. 8.30 ވި އިރުވެސް ހަބަރެެ އް ނުވެގެން ގުޅީމަ ބުނީ މިހާރުވީ ގޮހޭ. ނިދާފަ އޮ އްވާ 12.10 ގަ ގުޅީ މިދަނީ އޯ. މީ ހުޅުމާލޭގަ. ގަ އިމު މިތާ މަގުތަކު ދު އްވާކަށް އުނދަގުލެ އްވެސް ނުވާނެ. ޙަމަ އެހާ އިރުވާނެބާ!

    23
    2
  5. ޙައްވަ

    ދިވެހިން ކެއްތެރި ކަމާއެކު ސަރުކާރުން އަންގާ އެންގުންތަކަށް ބޯލަބައިގެން ނޫނީ މިކަމުން އަޅުގަނޑުމެން ދިވެހިން އަރައި ނުގަންނާނެ! އަޅުގަނޑުމެން ލަންކާގަ ތިއަށްވުރެން ހާލުގައި އެއްމަސް ދުވަސް ވެގެން މިދަނީ! ފުރަތަމަ ކޮޅު އޯޑަރ ކުރާާނެ ތަންތަނުގެ ނަމްބަރ އެއްވެސް ނެތް އެމްބަސީ އިން ފޮނުވި ނަމްބަރ ތަކަކުން ނުއެއްގުޅޭ ! މިހާރުވެސް އޯޑަރު މިއަދު ދިނިއްޔާ މާދަމާ ގިނަ ތަންތަނުން ޑެލިވަރީ ކޮއްދެެެނީ އަދި އެވެސް ލިބޭއިރު އޯޑަރު ކުރި ހުރިހާއެއްޗެއް ނުލިބޭ އައުޓް އޮފް ސްޓޮކް އޭ މިބުނަނީ ހިފައިގެން އައިސް އެކަމަކު އަޅުގަނޑު މެނަށް ވިސްނޭ އެންމެެ މީހެއް ނޫންކަން އެެތަނަށް އޯޑަރ ދޭނީ!

    33
    3
    • ޭރަފީ

      ލަންކާއާ
      ފެންވަރަށް
      މިތަން
      ޥެއްޓެން
      ޖެހޭތަ

      5
      2
    • ބުރޯ

      ސަރުކާރުން ބުނީ އެއްވެސް ކަމަކަށް ދައްޗެއް ނުވާނޭ. މެދުކެނޑުމެއްނެތި ދޮރަށް ކާބޯތަކެތި ޑެލިވަރީ ކޮށް ދޭނޭ. ކީބޫ ވައުދު. މީ ލަންކާ އެއް ނޫނޭ. މީ ކުޑަކުޑަ ރަށެއް ލައްކަ އެއް ހަމަނުވާ...

  6. ޙަހަހަަހަހާ

    އެހެންވީމާ އަހަރެމެންގެ ހެލްތު މިނިސްޓަރ ވަރެއް ނެތެއްނު. ކުރިޔާލާ ވަގުތު ލިބުނީމަވެސް ޑެލިވަރީ ކުރުން ގޮވީ ހަމަ އަތަށް. މިއޮއްބޮޑު ހުޅުމާލޭ އެންމެންނަށް ޑެލިވަރީ ކޮށްދެން އެންމެ 3 ފިހާރަ. ހިންގަންތިބޭވެރިންގެ ފެންވަރު މިފަހަރު އެނގިގެންދާނެ.

    20
    8
  7. ބަނބުކެޔޮ

    ދޮންބެ ގޭގަ ނެތްތަ ވޯޓަރ ސަޕްލައި ފެން ގުޅާދަ؟ މަހަރުމެން ރާއްޖެތެރޭ މީހުން ވާރޭ ފެން ހުސްވެ ފެނަށް ޖެހުނީމަ ބޯފެން ސަޕްލައި ކުރާކަމަށް ތިޔަ ނޫސްތަކާއި ޓީވީތަކުން ގޮވަނީ ވޯޓަރ ސަޕްލައި ފެން ފޮނުވާފަ؟ ބޯން ކަމުނުދާ ފެނެއްތަ މިރަށަށް ތިޔަ ފޮނުވަނީ ކޮންމެ އަހަރަކު ފެން ހުސްވީމަ؟

    26
    2
  8. ހިޔާލު1

    ހުޅުމާލެ އިން ކުނި އެބަ ގެންދޭ ވެމްކޯއިން

    12
    1
  9. ޙުދުމަރު

    ކާންބޯން ނުދީ ގޭބަންދުގައި ހުރިހާރައްޔިތުން ބައިތިއްބާފަ މިވެރިން މިއުޅެނީ ކޮކޮކޮން ރޯގާއެއް ކޮންޓްރޯލް ކުރަންތޯ؟ މިހުރިހާ ދުވަހު ތައްޔާރުވިގޮތް ތިޔަފެންނަނީ! ކަންކުރަންއެގޭބަޔަކާ ތިކަން ހަވާލު ކޮށްބަލަ! ޥޭތުވެ ދިޔަ ގަރުނުގައި ކިތށްރޯގާ އާއި މިގައުމު ކުރިމަތި ލިތޯ؟ ޥެރިން އެކަމާކުރިމަތިލީ ސާބިތުކަމާއެކުކަން ތާރީޚު ހެކިވާނެ! ބޮދުބުޑަށް ސައިކިޔަންދެން މަގާމުގައި ތިބީމާ އެވީތޯ؟

    14
    19
  10. ޓަގޭ

    ސުނާމީ އެރި ދުވަހުވެސް އެހާލަތުގަ އި ގިނަ ދިވެހިން ބޭނުންވީ ހެނދުނު ރޮ އްޓާ އި ރިހަ ކާން. މުސީބާތުގެ ހާލަތުގަ އި ކެ އްތެރިވެ ސުކުރު ކުރަން ދަސްކުރަން ޖެހޭނެ.

    32
    3
  11. އަލްޖިބްރާ

    ގެއަށް ބޭނުންވާ ތަކެތީގެ ލިސްޓް އެސް.އެމް.އެސް ކުރީމާ ފޮނުވާދޭނެ ކަމަށް ބުނި ! ކުނިތަށް ބާލާފާ ތިރީގައި ބަހައްޓާށޭ ބުނި ! އޯޑަރު ކުރި އެއްޗިއްސެއް ނުލިބޭ ! ކުނިކޮތަޅުތަށް ތިރިއަށް ބާލާފާ ހުންނަތާ އެތައް އިރެއް! ބަލައެއްނާދޭ ! އިރުކޮޅަކުން ތަންގަޑުގާއި އުޅޭ ބުޅާތަށް ކޮތަޅުތަށް ފަޅާ ހުރިހާތަކެތި މުޅިތަނަށް ބުރުއްސީމާ ލަޑާ ވަހުން ނޯއްދަމާލަން ނުކެރޭނެ ! ނުވާވަރުން ފޮނިކަޑަނީ ކީއްކުރަންތަ ؟ އެންމެ ކުޑަމިނުން ތަކެއްޗަށް އޯޑަރުކުރީމާ އޯޑަރު ލިބުނު ކަމަށް ޖަވާބެއްވެސް ނުދޭ ! ފޯނެއް ނުނަގާ ! އަދިވެސް މަށަށް ވާނޭ ކިއާފަ ބައިސާ ކެޑޭތޯ ބަލާތި !

    21
    17
  12. ީިިގުދު

    ފިހާރަ ތަކުން ފޯނެއް ނުނަގާ ފެންކުންފުނީގެ ފެންޕިކަޕު ގެއަކަށް 2ކޭސް ވިއްކަން ނިކުންނަން ވީނޫއްތޯ ކިހިނެއް ފެންނުބޮއިތިބޭނީ

    25
    4
  13. ޢަލީ

    ޙަގީގަތް ތިޔައީ ! ވަގުތު ނޫހުން މިޚަބަރު ލިޔުނުމީހާދެން ގޯސްކުރާނީ!

    18
    3
  14. ސަން

    ޑެލިވަރީ ކުރާތަނަކުން ފޯނެއްނުނަގައޭ ނުނަގައޭ. ފޯނުނަގާފަ ވާހަކަ ދެއްކީމަދޯ ވާނީ..

    16
    4
  15. އާސް

    އަހަރުމެން އަބަދުވެސް އެއްޗެހި ގަންނަނީ ދެތިން ދުވަހަށް ވާވަރަށް. ގާތްގަނޑަކަށް އެންމެ ދުވަހެއްގެ ކާނާ ހުއްޓާ ކުއްލިއަކަށް ލޮކް ކުރީ. ފިރިމީހާ އަކީ ސިފައިންގެ މީހަކަށް ވީމަ ވަގުތުން ތާށިވެއްޖެ. ގޭގަ ކުޑަ ދެކުދިން ގޮވައިގެން އެކަނި އުޅޭތީ އެނގުނު ހިސާބުން އޮތް ވަގުތު ކޮޅުގަވެސް ކުއްލިއަކަށް ބޭރަަކަށް ނުވެސް ދެވުން. އިއްޔެ ޑެލިވެރީ އަށް ގުޅި އެއްޗެހި ލިބޭނެ އިރެއްގެ އިންތިޒާރުގަ ވަރަސް ކަންބޮޑުވެފަ މީނީ މިއަދުވެސް ލައިގެން ކާނެ އެއްޗެއް ވެސް ހެދޭނެ ގޮތެއް ނެތް. ކުޑަމީހާ ޖަހާނެ ނެޕީ ވެސް ބާކީ 2 ިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިި އިނީ ?

    17
    3
  16. ބޭޗާރާ

    ދުނިޔޭގެ ތަނެއްގައި ބަޔަކު ކަމެއް ކުރާތީ އެގޮތަށް ކަންކަން ކުރަން އުޅުނީމާ ވާނީ މިހެން. މާލެއަކީ އެއް ކަންމަތީގައި ހުރެފައި ގޮވާލީމާ އަނެއް ކައްމައްޗަށް އަޑުއިވޭގޮތަށް ގޮޅިހަދައިގެން ގޭގެ އަޅައިގެން އުޅޭ ތަނެއް. މާލޭގެ ކޮންމެ މަގެއްގައި ހައެއްކަ އަށެއްކަ ކުދި ފިހާރަ ހުންނާނެ. ގަޑިއެއް ކަނޑައަޅާފައި އެ މަގަކަށް ފުލުހުން ވަދެފައި ކޮންމެ ގެޔަކުން މީހަކު ފިހާރައަށް އައުމަށް ގޮވާލީމާ ނިމުނީ. ފުލުހަކު ހުރެފައި ބަލަހައްޓާނެ ދެތިން މީހުން ތިބެގެން އެމަގެއްގެ ވިޔަފާރި ނިމުނީމާ އަނެއް މަގަށް ދިޔައިމާ މިކަން ހަމަޖެހޭނެ. މިއީ ދިހަބާރަ މޭލަށް ދުއްވައިގެން ފިހާރަތަކަށް ގޮސްގެން ކާބޯތަކެތި ގަންނަ ރަށެއް ނޫން.

    22
    3
  17. ދަރަނި ދަންތުރަ

    މިހާލަތުގައި ، އަބަދުވެސް ގައުމީ ކަންކަމުގައި ގުރުބާންވާ ސިފައިންނާއި ފުލުހުން ދެލިވަރީ ހިދުމަތުގައި އެހީވާންޖެހޭ އެބަ ހައެއްކަ ފިހާރައިގެ މުވައްޒަފުންނަށް މިކަން ސަކޭގާނުވާނެ ސަރުކާރުން އަވަހަށް ސިފައިންނާއި ފުޅުހުން ދެލިވަރީ ހިދުމަތަށް ފިހާރަތަކަށް ފޮނުވާ ، އެލާޓުގައި ސިފައިންނާ ފުލުހުން އެބޭފުޅުންގެ މަޒުކަޒުތަކުގައި ބޭތިއްބިޔަކަސް ނުވާނެ މިއުޅެނީ މިގައުމަށް ޓެރަރިސްޓުން އަރައިގެންނެއްނޫން ވިސްނާ ވިސްނާ

  18. މަންނު

    "ހަމަކަށަވަރުން ތިމަންރަސްކަލާނގެ ތިއަބައިމީހުން އިމްތިޙާން ކުރައްވާހުށީމެވެ. (އެއީ) ބިރުވެރިކަމާއި ބަނޑުހައިހޫނުކަމުގެ ތެރެއިން ކަމެއް މެދުވެރިކުރެއްވުމުންނެވެ. އަދި މުދާތަކާއި ފުރާނަތަކާއި މޭވާތައް އުނިކުރެއްވުމުންނެވެ. އަދި ކެތްތެރިންނަށް އުފާވެރިކަމުގެ ޚަބަރު، ކަލޭގެފާނު ދެއްވާށެވެ!"

    "އެއުރެންނީ އެއުރެންނަށް މުޞީބާތެއް ޖެހިއްޖެނަމަ، ހަމަކަށަވަރުން ތިމަންމެންނީ، ﷲ އަށް މިލްކުވެވޮޑިގެންވާ ބައެކޭ، އަދި ހަމަކަށަވަރުން ތިމަންމެންނީ، އެކަލާނގެ ޙަޟްރަތަށް އެނބުރިދާނޭ ބައެކޭ ބުނާ މީހުންނެވެ."

    (އަލްބަޤަރާ: 155،156)

    17
    • Anonymous

      އަދިވެސް ﷲ ޝިރުކުރުމުގައި އެތިބީ

  19. ޯޮާއނރޑ

    Iyye mendhuru fahu lockdown kuree. Corona ge thereyga mulhi March adhi April mi heydhavee. Basic food items ekasheegenvaa minvarah geygai rakkaakuran time libunu. 24 hrs kiriyaa mi hamavee. Mihaa avahah husvee

  20. ހޮސޕިތަލް.

    ބަލިޖެހިގެން މަރު ވުމަށްވުރެން ކުރިން ބަނޑަށް ތޯއްޗެ ޖެހޭނީ

  21. ޞޮކްޗް

    ބަލިޖެހިގެން މަރު ވުމަށްވުރެން ކުރިން ބަނޑަށް ތޯއްޗެ ޖެހޭނީ.

  22. ހޫދު

    ޔޫރަޕުހެދިގެން އުޅޭކޮހުން ފެލްވީ ބަލަރޮޑާ އެސްފިޔަޖަހާ ހުޅުވާލާހާއިރަށް ގޭދޮރުމައްޗަ އެއްޗެނައަންނާނެ..

  23. ނަންނުގަތި

    ރޯދަމަސް އައުމުގެ ކުރިން މިއޮތީ ރޯދަމަސް ގެނެވިފައި. ދެން ރޯދައަށް ތިބެންޖެހޭނީ ނިކަމެތިން. އެބޭފުޅުން ތިއްބަވާނީ ކާލަކާލަ ހެވިފަ

  24. އަލީ އިމްރާން

    ގަޑިއެއްގެ ތެރޭގައި 50 އޯޑަރ ޑެލިވަރީ ލިބެންޏާ އެއީ 50 ގުނަ 20ރފ ގަޑިއަކު 1000/ފުފިޔާ މީތޯ ތިޔަ ދެއްވާ ޙިދުމަތަކީ ކޮންމެޑެލިވަރީ އަކައް 20 ރުފިޔާ ޗާޖްކުރޭ މީ ހިދުމަތެއް ނޫން ބޮޑުވިޔަފާރިއެއް މިވަރުންވެސް މިކަން ނުކޮއް ދެވުން މީ ބޮޑުމައްސަލައެއް އަދިވެސް ހައްލު ނުކުރެވި ވިވަނީ އެކަމަކު ވިދާޅުވޭ ބަރާބަރައް ތައްޔާރޭ

  25. ޢާކް

    ޑެލިވަރީ އަށް ރަޖިސްޓަރ ކޮށްފަވަނީ އަހަރެމެން ހުޅުމާލޭގަ ހިންގާ ފިހާރަ. އެޗްޑީސީން ހު އްދަ ދިނީ.
    މަހެ އްހާ ދުވަސް ކުރިން. ރޭގަ ލޮކްޑަ އުން ކުރީމަ އެޗްޑިސީން މީހުނަށް ނަންބަރ ދިނީމަ މީހުން ގުޅާ. ޢެކަމަކު އަލުން އާ ގަވާ އިދެ އް ފުލުހުން ހެދީ. ޢަދިވެސް ހު އްދަ ނުލިބޭ. ފުލުހުންނާ ގުޅަން ދީނީ އެންމެ ނަންބަރެ އް. ޢެނަންބަރަށް ނުގުޅޭ.

  26. ޜިިޔ

    ޔާ ﷲ އަޅަމެން މި މުސީބާތުން ސަލާމަތް ކުރަ އްވާނދޭވެ!

  27. ޑައެލޯގް

    ހަރުކަށިވާންވިތަނުގަ ހަރުކައްޓެއް ނުވެވޭ ނުވާންވިތާ ހަރުކަށިވަނީ މިހެންމިބުނީ އަހަރެން ގޭދޮށަށްގެނައި 30 ކޮތަޅުސިެންތި ލޮރީންބާލާފަ ގެޔަށް ވައްދަވައްދަ އޮށްވާ އެދިނީ 750ރ ގެޖޫރިމަނާ ސްލިޕް. އެކަމު އެތައްބަޔެއްގެ ފުރާނަސަލާމަތްކުރަން މަގުމައްޗަށް ނިކުތުން ހަރުކަށިކޮށް މަނާކޮށްފަ އޮއްވާ ނިކުތުމުން ނަސޭހަތްދެނީ. މިސަރުކާރަކަށް ނުވާނެމިކަމެއް މިކަންކަންވާނީ ގަޓުރައީސް ޔާމީނަށް

  28. ކާކޫ

    ރިސޯޓުތަކުގެ މުވައްޒަފުން އެމީހުންގެ އަމިއްލަ ވަޒަނަ ނުދެވި ރިސޯޓުތަކުގައި ތާށިވެފައި...މިކަމުގެ ހައްލު ނުލިބި ފެއިލް

  29. ނަސްޕާ

    އިއްޔެ 12 ޖެހިއިރު ޕްރެސް ކޮންފެރެންސް ބާއްވާފަ 2:30 ގަ ލޮކްޑައުން ފަށާނެ ވާހަކަ ބުނިނަމަ ކޮންމެވެސް ވަރަކަށް ލުއިތަކެއް ވީސް. ތިބުނާ ޑެލިވަރ ކުރާ ތަންތަން ފޯނުވެސް ނުނަގާ ވައިބަރ ކުރީމަ ޖަވާބެއް ނުދޭ. މަށަށް ހީވަނީ މާލެ ރައްޔިތުން މިފަހަރު ބަނޑަށް ޖެހިގެންގެން މަރުވާނީ
    ބޯ ހަލާކު

  30. ޒީ

    ދީފަ އިވާ އެއ އްވެސް ނަންބަރަކުން ފޯން ނުނަގާ. އިއ އްޔެ އިން ފެށިގެން ގޭގަ އި ކާ އެ އްޗެ އް ނެތް.

  31. ޟާރިޔާ

    ފެންފޮދެއް ނެތް ކާނެ އެއްޗެއްނެތް! ހުރިހާ ފިހާރައެއް ބަންދު! ސިފާ މޮޅުވާހަކަ.

  32. ހިތް

    ހުރިހާކަމެއް މިހެން މިއޮތީ ރޭގަ ދިން އޯޑީރ ގެ މުދާ އަދި ނުލިބޭ ލާރި ވެސް ދީފަ ސޮޕްސޭވް ކިޔާފިހާރައެއް