މާލެ ސިޓީން ކޮވިޑް-19 ފެނުމާއި ގުޅިގެން ވީބީ ބްރަދާސްގެ ދެ ފިހާރައިގައިވެސް ކޮވިޑް-19 އާ ދެކޮޅަށް އެޅޭ ފިޔަވަޅުތައް ވަރުގަދަ ކުރަމުންދާ ކަމަށް މާލޭގައި ފުޅާ ދާއިރާއެއްގައި ވިޔަފާރިކުރާ "ވީބީ ބްރަދާސް" ގެ މެނޭޖިންގް ޑިރެކްޓަރ، ހަސަން ޝިޔާމް ވިދާޅުވެއްޖެއެވެ.

އެކަން ހާމަކޮށް ހަސަން ކުރި ޓްވީޓެއްގައި ވިދާޅުވީ، އެ ކުންފުނިން ހިންގަމުންދާ ހުރިހާ ފިހާރައެއް ޑިސިންފެކްޓްކޮށް، މުވައްޒަފުންގެ ހަށިގަނޑުގެ ފިނިހޫނުމިން ކޮންމެ ދުވަހަކު ބަލައި ރެކޯޑްކުރަން ފެށިފައިވާނެ ކަމަަށެވެ.

"އެންމެ ބޮޑު އަހައްމިއްޔަތުކަމެއް ދެނީ މުވައްޒަފުންނާއި ކަސްޓަމަރުންގެ ރައްކާތެެރިކަމަށް". އޭނާ ވިދާޅުވިއެވެ.

މާލެ ފުރަބަންދު ކުރުމާއި ގުޅިގެން ހަސަން ނެރުނު ބަޔާނެއްގައި ވިދާޅުވެފައި ވަނީ، ވީބީންވެސް ޑެލިވަރީގެ ޚިދުމަތް ފުޅާކުރުމަށް ވީބީ އިން ގިނަ ފިޔަވަޅުތަކެއް އަޅާފައިވާ ކަމާށެވެ. އަދި މި ހާލަތުގެ ނާޒުކުކަން ދަނެގަނެ، މީގެ ކުރިން ދުވަހަކު ވެސް ނުލިބޭ ވަރުގެ ގިނަ އަދި ބޮޑެތި އޯޑަރުތަކަށް އެއްފަރަހާ ޚިދުމަތް ދިނުމުގައި ވިޔަފާރިތަކަށް ކުރިމަތިވާ ގޮންޖެހުންތަކުގެ ބޮޑުކަން ތަސައްވުރުކުރުން އެއީ ހުރިހާ ފަރާތްތަކުންވެސް މިދަނޑިވަޅުގައި ކުރަންޖެހޭނެ ކަމެއް ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

ކޮވިޑް-19 އާ ދެކޮޅަށް ވީބީގެ ފިހާރައިގެ އަޅާ ފިޔަވަޅުތައް ވަނީ ވަރުގަދަކޮށްފައި - ފޮޓޯ: ވީބީ

ވިބީއިން ތަކެއްޗަށް އޯޑަރު ކުރުމުން ގެޔަށް ޑެލިވަރީ ކޮށްދެމުން ދާނެއެވެ. ވީބީގެ ފިހާރަތަކުން ވަނީ އޯޑަރު ކުރެވޭ ޚާއްސަ ވަގުތުތަކެއްވެސް ކަނޑައަޅައިފައެވެ. އެގޮތުން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން މެންދުރުފަހު 2:00 އަށް އަދި މެންދުރުފަހު 3:00 އިން އިރުއޮއްސި 6:00 އަށް އަދި ރޭގަނޑު 8:00 އިން 11:00 އާއި ހަމައަށް ވީބީގެ ކޮންމެ ފިހާރައަކުން ވެސް ތަކެއްޗަށް އޯޑަރު ކުރެވޭނެއެވެ.

ވީބީގެ ތިން ފިހާރައަކުން މި ޚިދުމަތް ދެމުން ދާނެއެވެ. އޭގެތެރޭގައި ހިމެނެނީ ވީބީ ހެންވޭރު (ހޮޓްލައިން/ވައިބާ: 9152007)، މައްޗަންގޯޅި އާއި ގަލޮޅު (ހޮޓްލައިން/ވައިބާ: 9633855) އަދި މާފަންނު (ހޮޓްލައިން/ވައިބާ: 9634745) އެވެ. މިއިން ކޮންމެ ފިހާރައަކުން ވެސް ތަކެއްޗަށް އޯޑަރުކޮށްގެން މިހާރު ވީބީ އިން ކުރިޔަށްގެންދާ ޕްރޮމޯޝަންގައި ބައިވެރިވުމުގެ ފުރުސަތު އޮންނާނެއެވެ.

ވީބީ ބްރަދާސް އިން މާލޭގައި ތިން ފިހާރަ ދަނީ ހިންގަމުންނެވެ. އެއީ ބާޒާރު ވީބީ އާއި، މާފަންނުގައި ހުންނަ ވީބީ މާޓްގެ އިތުރުން ގަލޮޅު ވީބީއެވެ. މީގެ އިތުރުން ހުޅުމާލޭގައި އާއި އައްޑޫ ސިޓީގައިވެސް ވީބީން ދަނީ ފިހާރައެއް ހިންގަމުންނެވެ.