ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އެކައުންޓުތަކަށް ފައިސާ ޖަމާކުރެވޭ މިންވަރު އިތުރުކޮށްފިއެވެ.

ކޮވިޑް-19 އާ ގުޅިގެން މާލެ ސަރަހައްދު ފުރަބަންދަކަށް ގޮސްފައިވާ އިރު، މި މުއްދަތުގައި ބީއެމްއެލްގެ ހުރިހާ ބްރާންޗުތަކެއް ވަނީ ބަންދު ކޮށްފައެވެ. އެހެންވެ، އެ ބޭންކުން ހިދުމަތް ދެނީ ހަމައެކަނި ވެބްސައިޓުންނާއި އޭޓީއެމްތައް މެދުވެރިކޮށެވެ.

ބީއެމްއެލް އިން ބުނީ އޭޓީއެމް މެދުވެރިކޮށް ފައިސާ ޖަމާކުރެވޭ އަދަދު އިތުރުކޮށްފައިވާ އިރު، މި ބަދަލާއެކު ވިޔަފާރި އެކައުންޓަކަށް ދުވާލަކު 500،000ރ. އަދި އާންމު ފަރުދުންގެ އެކައުންޓަކަށް ދުވާލަކު 100،000ރ. ޖަމާކުރެވޭނެ ކަމަށެވެ.

ވިޔަފާރި އެކައުންޓަކަށް އޭޓީއެމް މެދުވެރިކޮށް ކުރިން ދުވާލަކު 200،000ރ. އާ ހަމައަށް ޖަމާކުރެވެއެވެ. ކުރިން އާއްމު ފަރުދުންގެ އެކައުންޓަކަށް ދުވާލަކު ޖަމާކުރެވޭނީ 50،000ރ. އެވެެ.

ބީއެމްއެލުން ބުނީ އޭޓީއެމަށް ފައިސާ ޖަމާ ކުރެވޭ އަދަދު އިތުރު ކުރީ ލޮކްޑައުންއާ ގުޅިގެން އާއްމުންނަށާއި ވިޔަފާރިތަކަށް ފައިސާ ޖަމާކުރުމުގައި ދިމާވާ ދަތިތަކަށް ހައްލެއް ހޯދައި ދިނުމުގެ ގޮތުން ކަމަށެވެ.

ބީއެމްއެލް އިން ވަނީ ކޮވިޑް-19 ގެ ސަބަބުން ލުއިތަކެއް ހޯދައި ދިނުމުގެ ގޮތުން އޭޓީއެމުން ފައިސާ ނެގޭ އަދަދު އިތުރުކޮށްފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މަހާސީން

    ފައިސާ ޖަމާކިރެވޭ މިންވަރު އިތުރު ކުރުމުން ސަރުކާރަށް ފައިދާ ވާނީ. ޜައްޔިތުންނަށް ފައިދާ އެއް ކޮށްދޭނަމަ ނިކަން ފައިސާ ނެގޭ މިންވަރު ވެސް އިތުރު ކޮށްދީބަލަ