މާލެއާއި ހުޅުމާލެ އާއި ދެމެދު ކުރެވޭ އޭސީ ފެރީގެ ޚިދުމަތަށް ދެ ފެރީ އިތުރުކޮށް ދަތުރުތައް އިތުރުކޮށްފި އެވެ.
މާލެއާއި ހުޅުމާލެއާއި ދެމެދު ފެރީގެ ޚިދުމަތް ފޯރުކޮށްދެމުން އަންނަ އެމްޓީސީސީން ބުނީ އެފާރާތުން ފޯރުކޮށްދެމުން އަންނަ ފެރީ ސާވިސްގެ ޚިދުމަތް އިތުރަށް ފުޅާ ކުރުމަށް އޭސީ ދެ ފެރީ އިތުރުކޮށް ދަތުރުތައް އިތުރުކޮށްފައިވާ ކަމަށެވެ.
އެމްޓީސީސީން ބުނީ ފެރީގެ އަދަދު އިތުރުވުމާއެކު، ބައި ގަޑިން އެއްފަހަރު ބާއްވަމުން ދިޔަ ފެރީ ދަތުރުތައް ކޮންމެ 20 މިނެޓަކުން އެއްފަހަރު ބާއްވަން ފަށާފައިވާ ކަމަށެވެ.
އެމްޓީސީސީން ބުނީ އޭސި ފެރީގެ ޚިދުމަތް އިތުރުކުރަން ޖެހުނީ ފަސިންޖަރުން އިތުރުވެ އެކަމުގެ ޑިމާންޑް ބޮޑު ވުމުން ކަމަށާއި ކުރިއަށް އޮތް ރޯދަމަހާއި ދިމާކޮށް ބާރުބޮޑުވާ ގަޑިތަކުގައި ފެރީ ދަތުރުތައް އިތުރު ކުރަމުން ގެންދާނެ ކަމަށެވެ. އެގޮތުން އޮފީސްތަކަށާއި ސްކޫލްތަކަށްދާ ގަޑިތަކުގައި އަދި އެތަންތަނުން އެނބުރި އަންނަ ގަޑިތަކުގައި ފެރީ އިތުރު ކުރަމުންދާނެ ކަމަށް އެމްޓީސީސީން މައުލޫމާތު ދެއެވެ.
އެމްޓީސީސީއަށް އަލަށް އިތުރު ކުރެވުނު ދެ ފެރީއާއެކު ޕްރިމިއަމް ލިންކްގެ ފެރީގެ ގޮތުގައި 5 ފެރީ އޮންނާނެ ކަމަށް އެމްޓީސީސީން ބުނެ އެވެ.
އިސްރާފު.. ހަމަ 20 މިނެޓުން މާލެ އާދެވެނީ... ނަމުގަ އޭސީ ފެރީ އެއްވެސް ފިނިކަމެއް ނުހުރޭ..ޓިކެޓު އަގު ބޮޑުކޮށްފަ ވެސް ތަންކޮޅެއް ސްޕީޑު ރަނގަޅުކޮށްލާފަ ފިނިކޮށްލެވޭކަށް ނެތްތަ
އިސްރާފުނުކުރާނަމަ ތިޔަ ކުންފުނިއޮންނާނީ މާބޮޑުތަން ކުރީގަ...
ބަސްދަތުރު ވެސް ކަޑަ.އެމްޕީއެލް ހަމަ ޖައްސަންވީ ހުޅުމާލެގަ ބަސްދުއްވުން
ހެޔޮނުވާނެ ބަސްގަރާޖު ވެސް އެޢީ ކުޅިވަރުކުޅޭޕާކަކައް ހަދަގެން އެމީހުން. އުޅެނީ.
ހަމައެކަނި ހުޅުމާލެއަށް ފެރީތައް ވަރުގަދަ ކުރިޔަސް ވިލިމާލެއަށް ކުރާ ދަތުރުތައްވެސް އެބަޖެހޭ ފެންވަރު ރަނގަޅު ކުރަން. ރޯދަ މަސްވެސް ބޯމަތިވެއްޖެ. ޥިލިމާލެ ފެރީތަކުގެ ހާލަތު ވަރަށް ދަށުގައިހުރީ. ޕްލީޒް ހެލްޕް.
ޙުޅުމާލެ އޭސީ ފެރީތައް ވަރަށް ކޮމްފޯޓް. ވަރަށް ފިނި ހަބޭސް ހަމަ. ފިނިނުވެއޭ ބުނަނީ ހީވާގޮތުން އޭސީ ފެރީއަށް ނާރާތީ. ނުވަތަ ދޮގު ހަދަން ވެގެން
އެއްވެސް ފިންޏެއް ނުވޭ. ތެޔޮވަސްދުވާ، ނޭވާ ހާސްވޭ. ތަންކޮޅެއް ރަނގަޅަށް ބޯޓު ހަދާބަލަ. ހެޔޮނުވާނެ. ތިއިން ދަތުރުކޮށްފިއްޔާ 3-4 ދުވަސް ވަންދެން އޮންނަން ޖެހެހީ ބަލިވެފަ
ޓިކެޓް ކައުންޓަރުގަ ތިބޭ ކުދިންނަށް ކަސްޓަމަރ ރިލޭޝަން އިތުރުކުރެވޭނެ ގޮތެއް ވެސް ހޯދަބަލަ. ބައެއް ކުދިން ވަރަށް ކަޑަ. އެކަމް ރަނގަޅު ކުދިން ވެސް ތިބޭ.