އަގު ކޮންޓްރޯލްކޮށް ވިއްކުމަކަށް ކަނޑައަޅާފައިވާ މުދާ އަގުބޮޑުކޮށް ވިއްކާ ރިޕޯޓް ކުރުމަށް އިކޮނޮމިކް މިނިސްޓްރީން އެދިއްޖެއެވެ.

ކޮވިޑް-19 އާއި އެކު ރާއްޖޭގެ އިގްތިސާދީ ހާލަތު ދަށަށްދާން ފެށުމާއި ގުޅިގެން ފިޔައި، އަލުވި، ބިސް އަދި ރީނދޫ މުގުގެ އަގު ވަނީ ކޮންޓްރޯލް ކޮށްފައެވެ. އަދި މިބާވަތުގެ ތަކެތި ގަވައިދާ ހިލާފަށް އަގުބޮޑުކޮށް ވިއްކާނަމަ ޖޫރިމަނާ ކުރުމަށް އިކޮނޮމިކް މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.

އެ މިނިސްޓްރީން މިއަދު ވިދާޅުވީ، އަގު ބޮޑުކޮށް މުދާ ވިއްކާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމަށް ޝަކުވާ [email protected] އަށް ފޮނުވުމަށް އެދޭ ކަމަށެވެ.

އެ މިނިސްޓްރީން ވިދާޅުވީ، މުދަލެއް ވަކިވަކިން ވިއްކޭނެ އެންމެ މަތީ އަގު ކަނޑައަޅާފައިވަނިކޮށް، ކޮންޓްރޯލުކުރެވުނު އަގަށްވުރެ ބޮޑުކޮށް، މުދާ ވިއްކަމުންދާ ފަރާތްތަކާމެދު ފިޔަވަޅު އަޅާނެ ވާހަކަ ތަކުރާރުކޮށް ދަންނަވާ ކަމަށެވެ.

މިގޮތުން، އަގު ކޮންޓްރޯލްކޮށްފައިވާ މުދަލެއް، އަގުބޮޑުކޮށް ވިއްކައިފިކަމަށް މިމިނިސްޓްރީއަށް ފާހަގަކުރެވޭ ފުރަތަމަ ފަހަރު، އެ ފަރާތެއް 100,000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެއެވެ. އަދި، ކުށް ތަކުރާރުކުރާ ކޮންމެ ފަހަރަކު އެ ފަރާތް 100,000 (އެއްލައްކަ) ރުފިޔާއިން ޖޫރިމަނާކޮށް، އަދި 6 (ހައެއް) މަސް ދުވަހަށްވުރެ ދިގުނޫން މުއްދަތަށް ވިޔަފާރިކުރާ ތަން ބަންދުކުރުމަށް އެންގޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ފިލާވަޅު

    އަގު ކޮންްޓްރޯލް ކުރާއިރު ޑޮލަރުވެސް ހަމައަގުގަ ލިބޭނެ އިންތިޒާމް ސަރުކާރުން ހަމަޖައްސަންޖެހޭނެ. ސިޔާސަތު ތަކާ ގަވެިދުތައް އެކުލަވާލާއިރު ސަރުކާރުން ރޯނުއެދުރުން ކަންކުރާހެން ކަންކުރީމަ އެއްކަމެއްވެސް ނުވާނެ.. ޑޮލަރު ބެންކުރލތަކުން ނުވިއްކާ މިކަން ކިހިނެއް ކުރަނީ. ދިވެހި ފައިސާ ބޭރުން މުދާގަންނަ އިރަކު ބަލައެއް ނުގަނޭ. ހަމައަގުގަ ވިއްކިދާނެ ޑޮލަރުން ގަންނަ ނަމަ. ނުވަތަ ސަރުކާރުން ހަމަހައްސަން ޖެހެނެ ހުރިހާކަމެއް އެެއްކޮންޓްރޯލް ރޭޓޯއަކައް.