ދިވެހިންގެ މެދުގައި ފަހަކަށް އައިސް މަޤްބޫލްކަން ހޯދާފައިވާ ޑްރީމްސް ޑައިނަރ އަކީ ގިނަ ދިވެހިންނަށް ކަމުދާ ރަހަތަކާއި އެކު އުފައްދާ "ޑްރީމްސް ޕިއްޒާ"އިން ބޮޑު މަޝްހޫރު ކަމެއް ހޯދާފައިވާ ކުންފުންޏެކެވެ.

ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ޑްރީމްސް ޕިއްޒާއިން އާންމުންގެ ހިތް ދަމައިގަތީ ޑެލިވަރީކުރުމުގެ އަވަސްކަމާއި، ރަހަ އާއި ކޮލިޓީއަށް ބަދަލެއް ނާންނަ، އަނގައަށް މީރު، ޕިއްޒާ "ޑްރީމްސް ޑައިނަރ" އިން ލިބޭނެ ކަން ޔަޤީންވާތީއެވެ.

ކުރިއަށް އޮތް ރަމަޟާން މަހުގެ މުބާރަކް ބާދީ އާއި ތަހުނިޔާ، ޑްރީމް ޑައިނާގެ ފަރާތުން ވަނީ ދިވެހި އެންމެހާ ރައްޔިތުންނަށް ފޮނުވާފައެވެ. އަދި ރަމަޟާން މަހާއި ދިމާކޮށް، އުފާވެރި ޚަބަރެއް އެތަނުގެ ފޭނުންނަށް އަނެއްކާވެސް މި ވަނީ ދީފައެވެ.

އެއީ ޑްރީމްސް ޕިއްޒާގެ އިތުރުން ޑްރީމްސް ޑައިނާއިން ލިބޭ ކެއިން ބުއިމުގެ އެހެން ބާވަތްތައް ވެސް ޑެލިވަރކޮށްދޭނެ ކަމުގެ އުފާވެރި ޚަބަރެވެ. މިއީ ޑްރީމްސް ޑައިނަރގެ ރަހަތަކަށް ލޯބިކުރާ އެތައް ބަޔަކަށް ލިބުނު ހިތްހަމަޖެހުމަކަށް ވާނެއެވެ.

ޑްރީމްސް ޑައިނަރއިން ޕިއްޒާގެ އިތުރުން ފޯރުކޮށްދޭ ކާނާގެ ބާވަތްތަކުގެ ތެރޭގައި، ފިޝް އެންޑް ޗިޕްސް، ފްރައިޑް ރައިސް އަދި ސްޕެގެޓީ ފަދަ ތަފާތު ރަހަ ހުންނަ، މީރު ކާނާގެ ބާވަތްތައް ހިމެނެއެވެ.

ކޮވިޑް 19 މާލެއިން ފެނުމާއި ގުޅިގެން މާލެ ސަރަހައްދު ފުރަބަންދުކޮށްފައި ވާއިރު، ޑްރީމްސް ޑައިނަރގެ ބާވަތްތަކަކީ ސުފުރާމަތި ފަޅުފިލުވާލަން އެންމެ ކަމުދާނެ އެއް ރަހައަށް ވެގެންދާނެއެވެ.

އެހެންކަމުން ޑްރީމްސް ޑައިނާގެ އުފެއްދުންތައް ބޭނުންވާ ފަރާތްތަކަށް ކުރިއެކޭވެސް އެއްގޮތަށް، ޕިއްޒާ ގަންނަން ބޭނުންވާ މީހުން 7211717 ގުޅާ އޯޑަރު ކުރަމުން ގެންދަންވީއެވެ.

މި ދުވަސްވަރަކީ މޫސުން ގޯސްވެ، ކޮންމެވެސް ވަރަކަށް ވާރޭ ވެހެމުންދާ ދުވަސްކޮޅަކަށް ވާއިރު ގިނަ ޕިއްޒާ އުފައްދާ ތަންތަނާއި ޚިލާފަށް، ވާރޭ ވެހުުނުކަމުގައިވީނަމަވެސް ޑްރީމްސް ޑައިނާގެ ޑެލިވަރީ އިތުރަށް ލަސް ނުވާނެކަން ފާހަގަކޮށްލަންޖެހެއެވެ.

ޑްރީމްސް ޑައިނާއިން ވަނީ ރަމަޟާން މަހާއި ދިމާކޮށް ވަރަށް ޚާއްސަ މެނޫއެއްވެސް ތައާރަަފްކޮށްފައެވެ.

ތިރީގައި މިވަނީ ޑްރީމްގެ މެނޫގައި ހިމެނޭ ބާވަތްތަކެވެ.