ރާއްޖޭގައި ބަނދެފައިވާ ލޯންޗެއް ފުރަތަމަ ފަހަރަށް ރާއްޖެ އިން ބޭރަށް އެކްސްޕޯޓް ކޮށްފިއެވެ.
ރާއްޖެ އިން ބޭރަށް އެކްސްޕޯޓް ކޮށްފައި ވަނީ ޔުނިވާސަލް އެންޓަޕްރައިސްގެ ބޯޓުޔާޑުގައި ބަނދެފައިވާ ހައިސްޕީޑް ލޯންޗެކެވެ.
މިލޯންޗު މިދިޔަ ހޮނިހިރު ދުވަހު އެކްސްޕޯޓުކޮށްފައި ވަނީ ސީޝެލްސް އަށެވެ. ރާއްޖޭގައި ބަނދެ ރާއްޖެ އިން ބޭރަށް އެކްސްޕޯޓް ކުރި ފުރަތަމަ ލޯންޗަށް ކިޔާފައިވަނީ "ލުގަނޯ 45"އެވެ.
މިލޯންޗަކީ އަމިއްލަ ބޭނުންތަކާއި ރިސޯޓުތަކަށް ބޭނުންކުރެވޭނެހެން ފަރުމާކޮށްފައިވާ ލޯންޗެކެވެ.
މިލޯންޗް ބަނުމަށް ފަސް މަސް ދުވަސް ހޭދަވި ކަމަށް މައުލޫމާތު ލިެއެވެ. ބާރު ސްޕީޑެއްގައި ދަތުރުކުރެވޭނެހެން ލޯންޗުގައި ވަނީ 450 ހޯސްޕަވަރުގެ ދެ އިންޖީނު އަޅާފައެވެ. މިއީ 20 މީހުންގެ ޖާގައިގެ ލޯންޗެކެވެ.
ކޮލި ތާކުން ބަނދެ ކޮލި ރިސޯޓަކައް ދެން ފަާޑެއްގެ އެކުސްޕޯޓެއް
900 ހޮސްޕަވަރގެ 2 އިންޖީނު. އެކުޑަލޯންޗްގަ...
ޜާއްޖެ އިން ބޭރައް ފޮނުވި ފުރަތަމަ ލޯންޗެއް ނުޫންހެން މަށައްހީވަނި މީގެ ކުރިންވެސް ކިތަމެއެއްޗެއް ބަނދެފަ ފޮނުވާފަ ވޭ
މިއީ ދިވެހީންނަށް ޔުނިވެރސަލް ގްރޫޕް އިން ހޯދަ ދިން ބޮޑުޝަރަފެކެވެ. ތިޔަބޯޓު ސީޝެލްސް އަށް ގެންދާނީ ޔުނިވެރސަލް ފެމިލީ އިން ސީޝަލްސް ގަ ހިންގާ ރެސޯޓުގެ ބޭނުމަށް ފެނެއެވެ. ފުރަތަމަ އެކްސްޕޯޓް ކުރެވޭނީ އެކަހަލަ ގޮތަކަށެވެ.ދުވަސްކޮޅަކުން ސީޝެލްސް މީހުންނަށް އެ ލޯންޗް ކަމުގޮސްގެން އޭގެ ބޯޓް ގަންނަން ބޭނުން ވާނެ އެވެ.