ދިވެހިރާއްޖޭގެ ފަތުރުވެރިކަން ކުރިއަރުވާ ފަތުރުވެރިކަމުގައި ހުރި ގޮންޖެހުންތަކާއި ބެހޭ ގޮތުން މަޝްވަރާކުރުމަށް ޓްރެވެލް ޓްރޭޑް މޯލްޑިވްސް (ޓީޓީއެމް) އިން އިންތިޒާމުކޮށްގެން ބާއްވާ ހޮޓެލިއާ ސަމިޓް ފަށައިފިއެވެ.

ބަނޑޮސް އައިލެންޑް ރިސޯޓްގައި ކުރިއަށް ގެންދާ ސަމިޓް ޝަރަފްވެރިކޮށްދެއްވީ އިކޮނަމިކް މިނިސްޓަރ މުހައްމަދު ސައީދެވެ.

ފަތުރުވެރިކަމުގައި ހަރަކާތްތެރިވާ ގިނަ ފަރާތްތަކާއި އެކު ފެށި މި ސަމިޓްގައި ވާހަކަފުޅު ދައްކަވަމުން އިކޮޮނޮމިކް މިނިސްޓްރ މުހައްމަދު ސައީދު ވިދާޅުވީ ރާއްޖެގެ ފަތުރުވެރިކަން ދުވަހަކަށްވުރެއް ދުވަހެއް ދަނީ ކުރިއަރަމުން ކަމަށެވެ. އަދި ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށާއި ފަތުރުވެރިކަމަށް ދިމާވެފައިވާ ގޮންޖެހުންތަށް ދިރާސާކޮށް އެކަންކަމަށް އެދެވޭ ހައްެލެއް ހޯދުމަށް "ހޮޓެލިއާ ސަމިޓް" ފަދަ ސަމިޓްތަށް ބޭއްވުމަކީ މުހިންމު ކަމެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ހޮޓެލިއާ ސަމިޓް ފެށުމުގެ ރަސްމިއްޔާތު – ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް
ހޮޓެލިއާ ސަމިޓް ފެށުމުގެ ރަސްމިއްޔާތު – ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް

"ރާއްޖޭގެ ފަތުރުވެރިކަން މިދަނީ ދުވަހަކަށް ވުރެއް ދުވަހެއް ކުރިއަށް. އަދި ރާއްޖޭގެ އިންތިސާދު މައިގަނޑު ގޮތެއްގައި ބިނާވެފައި މިއޮތީ ފަތުރުވެރިކަމުގެ މަށްޗަށް. އެހެންކަމުން މިފަދަ ސަމިޓްތަށް ބޭއްވުމަކީ ވަރަށް މުހިންމު ކަމެއް. އެއީ މިފަދަ ސަމިޓްތަކުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިމަކުގެ ސިނާއަތުގައި ހުރި ގޮން ޖެހުންތަށް ދެނެގަނެވި އެކަންކަން ހައްލުކުރުމަށް ކުރެވެން ހުރި މަސައްކަތްތަށް އެނގިގެންދާނެތީ" މިނިސްޓަރ ޝައީދު ވިދާޅުވިއެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ރައީސް ޔާމީންގެ ސަރުކާރުން ހާއްސަ އިސްކަމެއް ދެމުން އަންނަ ކަމުގައިވެސް މިނިސްޓަރ ސައީދު ވިދާޅުވިއެވެ.

ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވަމުން އަންނަ 100 އަށް ވުރެެއް ގިނަ ފަރާތާއި އެކު އެއް ދުވަހުގެ ނިޔަލަށް ކުރިއަންގެންދާ ސަމިޓް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މޯލްޑިވްސް އެސޯޝިއޭޝަން އޮފް ޓްއަރިޒަމް އިންޑަސްޓްރީ މަޓީ) ގެ ސެކެރެޓަރީ ޖެނެނަލް އަހުމަދު ނަޒީހް ވިދާޅުވީ ހޮޓެލިއާ ސަމިޓްގެ ސަބަބުން ފަތުރުވެރިކަމުގެ ޝިނާއަތުގައި ހުރި ކަންބޮޑުވުންތަކަށް ހައްލެއް ހޯދުމަށް ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ފުންނާބު އުސް ފަރާތްތަކާއި އެކު މަޝްވަރާކޮށް އެ ކަންބޮޑުވުންތަކަށް އެދެވޭ ހައްލެއް ހޯދިގެންދާނެކަމުގައެވެ.

ހޮޓެލިއާ ސަމިޓް ފެށުމުގެ ރަސްމިއްޔާތު – ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް

އަދި ހޮޓެލިއާ ސަމިޓަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ޝިނާއަތުގައި ހަރަކާތްތެރިވާ ގިނަ ފަރާތެއް އެއް ތަނަކުން ބައްދަލުވެ ހިޔާލު ބަދަލުކުރެވިގެންދާނެ ސަމިޓެއް ކަމުގައިވެސް ނަޒީހް ވިދާޅުވިއެވެ.

"ރާއްޖޭގެ ފަތުރުވެރިކަމުގެ މުސްތަގުބަލު އޮތީ ވަރަށްވެސް އުޖާލާކޮށް. މި ފަދަ ސަމިޓްތަށް ރާއްޖޭގައި ބޭއްވުމަކީ ފަތުރުވެރިމުގެ ސިނާއަތަށް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމެއް. އެއީ މި ސަމިޓަކީ ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ފުންނާބު އުސް އެތަކެއް ފަރާތެއް ބައިވެރިވާ ސަމިޓެއް. އެހެންކަމުން އެފަރާތްތަކާއި އެކު މަޝްވަރާކޮށް ރާއްޖޭގެ ފަތުރުވެރިކަމަށް މިހާރު ދިމާވެފަވަނީ ކޮންކޮން ގޮންޖެހުންތަކެއް ތޯ ބަލާ އެ ގޮން ޖެހުންތަކަށް ހައްލެއް ހޯދޭނެ ގޮތް އެނގިގެންދާނެ" އަހުމަދު ނަޒީހް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޖައްސާތި

    ރާއްޖޭގެ ގިނަ ރިސޯރޓް ތަކުގައި ބޮޑެތި މަގާމް ތަކުގައި ބޭރުމީހުން ތިބެނީ ސީދާ އެކަމަކީ ދިވެހިންނަށް ފުރުސަތު ހަނި ކުރުމަށް ޓަކައި މަޓީން ކުރާ ކަމެކެވެ. އެކަން އެބަޖެހޭ ހައްލުވާން ކޮންމެ އަގެއްދީގެން ނަމަވެސް..