ރާއްޖޭގައި މިރުހުގެ ދަނޑުވެރިކަމަށް އެންމެ މަޝްހޫރު ރަށް ކަމުގައިވާ ތ. ކަނޑޫދޫ އިން މިރުސް ކިލޯއެއްގެ އަގު 700ރ. އާއި 800ރ. އާ ދެމެދުގެ އަގުތަކަށް އުފުލިއްޖެއެވެ.
ކަނޑޫދޫގައި މިރުސް ހައްދަމުން އަންނަ ދަނޑުވެރިޔަކު "ވަގުތަށް" ބުނީ އެ ރަށުގައި މިރުސް ވިއްކަމުން އަންނަ އެންމެ ހެޔޮ އަގަކީ 700ރ. ކަމަށާއި އަދި ބައެއް މީހުން 800ރ. އަށް ކިލޯއެއް ވެސް ވިއްކަމުން އަންނަ ކަމަށެވެ. އޭނާ ބުނި ގޮތުގައި މިހާރު ދިމާވެފައިވަ އެންމެ ދަތި ކަމަކީ ބޭނުންވާ ވަރަށް މިރުސް މާލެއަށް ނުފޮނުވުމެވެ.
ކަނޑޫދޫ ދަނޑުތަކުގައި މިހާރު ވެސް މިރުސް ހުރި ކަމަށް އެ ދަނޑުވެރިޔާ ބުންޏެވެ.
''މާލެ އަށް މިރުސްކޮޅެއް މި ފޮނުވެނީ ބޮޑެތި ފިހާރަތަކުން ގުޅާފަ ފުރަން އޮންނަ އެއްޗަކަށް މިރުސް ކޮޅެއް ލައިދޭށޭ ބުނީމަ. ކިތަންމެ ޑިމާންޑު ބޮޑުވިޔަސް ތަންތަނަށް ނުފޮނުވޭ ނަމަ ކުރާނޭ ކަމެއް ނެތް،" އެ ދަނޑުވެރިޔާ ބުންޏެވެ.
އޭނާ ބުނީ ކުރިއަށް އޮތް ތަނުގައި މިރުހުގެ އަގަށް ބޮޑު ބަދަލެއް އަންނާނެ ކަމަށް ގަބޫލު ނުކުރެވޭ ކަމަށެވެ.
މާލޭގެ ފިހާރަތަކުގައި ކަނޑޫދޫ މިރުސް ވިއްކަމުން އަންނަ އަގު ބޮޑުކަން ފާހަގަ ކުރެވެއެވެ. އެގޮތުން ބައެއް ތަންތަނުގައި މިރުސް ކިލޯއެއް ވިއްކަން ހުރީ 2،500ރ. އަށެވެ.
މިއަހަރުގެ ރޯދަ މަހާއި ދިމާކޮށް ދަނޑުވެރިން ހައްދާ ބާވަތްތައް މާލެ ގެންދިއުމުގައި ދަތިވެފައި ވަނީ ކޮވިޑް-19 އާ ގުޅިގެން ރަށްރަށާއި މާލެސިޓީ އެއްކޮށް ފުރަބަންދުވެފައި އޮތުމުގެ ސަބަބުންނެވެ.
ބޭނުންވާ ވަރަށް މާލެ ނުފޮނުވޭއިރު ތިޔަ މިރުސްތަށް ހަލާކު ނުވަނީސް އަގުހެޔޮކޮށްލީމަ ގަންނާނެ މީހުންވެސް ވާނެ. މާތް ﷲ ދެއްވި ރިޖްޤް ބޭނުން ކުރަން ނޭންގޭނެ ހިސާބަށް ވުރެ ދަހިވީމަ
ކީއްކުރަން 800، 8000 ކީނަމަ، ތިޔަ މިރުހެއް ނުކެއިއްޔާ މަރެެއްނުވަނީ، އެހެންވީމަ 8000 ކިޔަސް ގަންނާނު ؟؟
700ރފ މާ ކުޑަ.. އަދި ބޮޑުކޮއްލާ،
ކަނޑޫދޫ މިރުސް މިހާރު ނުވޭ އެއްވެސް އެއްޗަކަށް. އައްޑޫ ހިތަދޫ ޒާހިރާ މަންޒިލް އިން އެބަވިއްކާ ރަނުން ޖަރީ ކޮށްފަ ތިބި މިރުސް. ކިލޯއެއް 2500ރ
ކެންބޯޑިއާ މިރުސްކިލޯއެއް ލިބޭނެ 45ރުފިޔާއށް ތިޔަ ކަނޑޫދޫ މިރުސް ހިލޭ ދިނަސް ނުކާނަން އިންޑިޔާ މިރުސް ކިލޯއެއްލިބޭނެ 80ރުފިޔާއަސް ކަނޑޫދޫ މިރުސް ކަނޑޫދޫ މީހުން ގަނެ ބާޒާރުން ހުސްކޮއްލާ
އެހެން ވިއްޔާ މާލޭގެ ކުއްޔައް ހުންނަ ގެތަކުގެ ކުލި ދޭނީވެސް ގޭގެ ވެރިފަޜާތުން
މާލޭ ވިޔަފާރިވެރިން އެހެންވީމަ އަލިފާ ނެއްނު ތިކަނީ. ރާއްޖޭން ބޭރުންވެސް ގެންނަ އެއްޗިއްސައް ހުންނަނީ ދެގުނައަށް ވުރެން ބޮޑުކޮށް ފައިދާލައިފަ ވިއްކަން. ވިޔަފާރިތައް ބަނގުރޫޓް ނުވިއްޔާދެރައެއްނު. ނިކަމެތިންގެ ބަދުދުއާ އަލިފާންކާ ވިޔަފާރިވެރިންނަށް ލައިގަނެ އެމީހުން ބަނގުރޫޓް ވާނެ ދުވަހެއް އަންނާނެކަން ދެނެތިބޭތި.
މަށެއް ހަނަ ޤަިމު ތިއަގަކަށް ނުގަންނާނަށް.
އަގު އަދިވެސް ބޮޑުކުރޭ ... މިފަހަރު ކަނޑޫދޫ މީހުން އަލިފާން ކައިބަލަ ނިކަން
ކޮން ތުރުތުރެއް އަޅާކަށް މާލޭ މީހުން ގެދޮރު ކުއްޔަށްދޭ އަގު ހެޔޮ އަލިފާން ފޮއްޓެއް 50000 ރުފިޔާއަށް ދިނަސް. ޢަތޮޅު ތެރޭ މީހަކު އެއްޗެއްގެ އަގު ރުފިޔާއެއް ބޮޑުކޮށްލިޔަސް އެ ނިމުނީ ކަންތައް
އިކޮނޮމިކް މިނިސްޓަރޫ، ކަނޑޫދޫ މިރުހުގެ އަގު ކޮންޓްރޯލް ކޮއްދެއްވާ، ކޮންމެ ރޯދަމަހަކު ކަނޑޫދޫމީހުން މިރުސް އަގުބޮޑުކުރަނީ، ކިހާ ވަރުގަދަ ކަމެއްދޯ، ފިޔާ އަލުވި ބިސް އަގު ކޮންޓްރޯލް ކުރިޔަކަސް އަދި ނުވާނެ، ކަނޑޫދޫ މީހުން ސައިޒައް ތިރިކުރަން ޖެހޭ
އަަހަރުންނަށް ރަނގަޅީވެސް ތި މިރުސް ނުވިކިގެން ހަލާކު ވިއްޔާ....އާނ އެހެންޏާ މި މީހުން ކޮންމެ ރޯދަމަހަކު މި ވިއްކަނީ މިރުސް ރަނުން ހަދާފަ ވިއްޔާ......ބޮޑުވަރު