75 ރުފިޔާ އަށް ތިން ޖީބީ ޑޭޓާ ލިބޭ ޕެކޭޖެއް ދިރާގުން ތައާރަފްކޮށްފިއެވެ.

ދިރާގުން ބުނީ ރަމަޟާން މަހަށް ހާއްސަކޮށްގެން ތައާރަފް ކުރި މި ޕެކޭޖަކީ މިހާރު ދިމާވެފައިވާ ކޮވިޑް-19 އާއި ގުޅިގެން ކަސްޓަމަރުންނަށް ލުއި ގޮތްތަކެއް ހަދައިދިނުމަށް ތައާރަފް ކުރި ޕެކޭޖެއް ކަމަށެވެ.

ދިރާގު އެޕްލިކޭޝަން ބޭނުން ކޮށްގެން މި ޕެކޭޖް އެކްޓިވޭޓް ކުރެވޭނެއެވެ. ޕެކޭޖްގެ މުއްދަތަކީ އެކްޓިވޭޓް ކުރާ ދުވަހުން ފެށިގެން ހަތް ދުވަހެވެ. މެއި މަސް ނިމެންދެން މި ޕެކޭޖް ނެގޭނެ ކަމަށް ދިރާގުން ބުނެއެވެ.

ކޮވިޑް-19 އާއި ގުޅިގެން ގިނަ ބަޔަކު މިހާރު ގޭގައި މަޑުކުރަން ޖެހުމުން ޑޭޓާ ބޭނުން ކުރާ މިންވަރު ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށް ދިރާހުން ބުނެއެވެ.

ކުރިމަތިވެފައި މިވާ އުނދަގޫ ވަގުތު ކަސްޓަމަރުންނަށް ލުއި ގޮތްތަކެއް ހަމަޖައްސައި ދިނުމަށް ޕްރީޕެއިޑް ކަސްޓަމަރުންނަށް 50 އިންސައްތަ އިތުރު ޑޭޓާ ލިބޭނެ ގޮތް ހަމަޖައްސާފައިވާ ކަން ދިރާގުން ފާހަގަ ކުރެއެވެ.

ކޮވިޑް-19 ފެތުރެން ފެށުމުން ރާއްޖޭގެ އިތުރުން ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް އިންޓަނެޓް ބޭނުން ކުރާ މިންވަރު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އިންޓަނެޓް އަގުހެޔޮ ކުރަން ގިނަ ބަޔަކު ގޮވާލަމުން ދިއުމާއި ގުޅިގެން ސަރުކާރުގެ ބާރުއެޅުމާއި އެކު ރާއްޖޭގެ ކުންފުނިތަކުން ވެސް ވަނީ މީގެ ކުރިން އިންޓަނެޓް ޕެކޭޖްތަކަށް ބައެއް ބަދަލުތައް ގެނެސްފައެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ދިރާގު ކަސްޓަމަރެއް

    ތިވަރު ސަޅި ޕެކޭޖެއް ދެން ބަޔަކު ތަޢާރަފްކުރާނީ........؟؟؟؟؟

  2. ސިޒޫ

    އެންނެ ހަފްތާ އަކައްތަ އަޅެ...

  3. ސަމީރު

    ދިރާގާ،އުރީދޫން ކިހިނެއްވެގެންތޯ މިއުޅެނީ. 7 ދުވަހަށް ޕެ ކޭޖް ހަދާފަ.މާލީ ގޮތުން ދަތިތަ ކެއް މެދުވެރިވެގެން އުޅޭ އިރު ތިޔަ ޕެ ކޭޖް ހަދަން ޖެހޭނީ މަސް ދުވަހަށް.

    15
  4. ޢަހަރެން?

    ދިރާގު ކަޑަ!!!
    ޥަރަށް ސުލޯ...?

    15
  5. ހަތްދިހަ ފަހެއް

    7 ދުވަސް ގުނަކުރަން 4 އެއްވަރޭ 28 ދުވަސް.
    ވީމާ ރަމަޟާން މަހަށް ވާނީ ތީގެ 4 ޕެކޭޖުން.
    4 ގުނަކުރަން 75 ރުފިޔާ އެއްވަރޭ 300 ރުފިޔާ.
    ހެޔޮފުޅުކަމުން ތިޔަ ކޮށްދެވި ލުއިން އިންޓަރނެޓް ބޭނުންކޮށްލުމަށް މުޅި މަހަށް 300 ރުފިޔާ ހޭދަވާނެ.
    މީ މިފަދަ ދަތިޙާލެއްގައި ރައްޔިތުން ތިއްބާ ކޮށްދެން ހެޔޮވާވަރު ކަމެއްތޯ؟

    22
  6. ށަވިޔަނި

    އެޖެންޑާ19ޥޯޓް ދޭވަރައް ހެޔޮ ކޮއްފި ދިވެހިން ގައިން ލޭބޯ އުސޫލުން

  7. ޓެކްސީ

    އައްދޭ... މި މީހުން އަޅެ ކުރާ ޖެއްސުމެއްތަ މީ..

  8. ފެލާލާ

    އޮޅުވައި ލުމާއި މަ ކަރާއި ހީލަތުގެ ބައިވެރިޔާ " ދިރާގު " މި ޕެ ކޭޖަށް ރަނގަޅަށް ވިސްނާލަ ބަލަ ކިހާބޮޑު އޮޅުވާލުމެއް ، ހެޔޮނުވާނެ މިހާ ނި ކަމެތި ވެފައި ރައްޔިތުން ތިއްބާ ، މިހެން ހަދާ ކަށް މިޔަށް މި ކިޔަނީ ފެލުމޭ ފެލާ ދިރާގު

  9. ޢިޔާބު

    ފަހަރަކު ކުންފުންޏެއް 1 މަހަށް ބޮއޮކޮޓް ކުރަންވީ.